Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާލު ހޯދުމުގެ ވޯޓު

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ނަގަން އުޅޭ ޚިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނީ އޮނިގަނޑުގެ ބޭރުން ކުރިއަށްގެންދާ ކަމެއް ކަމަށް ވިދާޅުވެ، އެ ވޯޓުގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް ރައްޔިތުންނަށް ގޮވާލައްވައި. ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއްގައި އެމްޑީޕީން ބައިވެރިނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ސަލީމް ވިދާޅުވީ ގަދަކަމުން ވޯޓުލާން ޖެއްސި ކަމުގައި ވިޔަސް ގައުމުގެ މުސްތަގުބަލަށްޓަކައި މިކަމާ މެދު ރައްޔިތުން ހޭލުންތެރިވާންޖެހޭ ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 14:39
ހިޔާލުހޯދުމުގެ ވޯޓާ ގުޅިގެން ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) ވާހަކަ ދައްކަވަނީ

ހިޔާލުހޯދުމުގެ ވޯޓާ ގުޅިގެން ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައި، ދައުރަށް ބަދަލު ގެނައުމަށް ސަރުކާރުން އަންގައިގެން އިލެކްޝަންސް ކޮމިޝަނުން ނަގަން އުޅޭ ޚިޔާލު ހޯދުމުގެ ވޯޓަކީ ގާނޫނާ ޚިލާފަށް ކުރިއަށްގެންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ސަރުކާރުގެ އަތުގައި ބާރުތައް އޮތުމުން ރައްޔިތުން ގަދަކަމުން ވޯޓަކާ ހަމައަށް ގެންދެވިދާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންކަން ކުރި ނަމަވެސް، މިކަމުގައި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިންތިޚާބުތައް އެއްކޮށްލުމާއި ދައުރަށް ބަދަލު ގެނައުމަކީ ގާނޫނީ އޮނިގަނޑުގެ ބޭރުން ކުރަން އުޅޭ ކަމެއްކަން ފާހަގަކުރައްވައި، ސަލީމް ވިދާޅުވީ ގަދަކަމުން ވޯޓުލާން ޖެއްސި ކަމުގައި ވިޔަސް މި ވޯޓުގައި ރައްޔިތުން ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. 

އިންތިހާބުތައް އެއްކޮށްލަން ސަރުކާރުން އަންގައިގެން އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް މިގެންދާ ފެންނަ ނުފެންނަ ވޯޓަކީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ ގާނުނާ ހިލާފަށް ކުރިޔަށް ގެންދާ ވޯޓަކަށް ވުމާ އެކު އެކަން ބާތިލު ކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ހަމަ އެއްގޮތަކަަށް ވެސް ކޯޓުން އެކަން ބަލައިނުގަނެ އަދި މައްސަލައިގެ އަޑުއެހުމެެއް ނުބާއްވާ ގޮތެއް ނުނިންމާ ކުރިޔަށް ދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންނާ ހިއްސާ ކުރީ. ކޮންމެ ގޮތެއްގަ ވިޔަސް ބާރުތައް އޮތީތީ ވޯޓަކާ ހަމައަށް ގެންދެވިދާނެ ރައްޔިތުން ގަދަކަމުން. އެގޮތަށް ގެންދިޔަ ކަމުގަ ވީނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މިކަމަށް ވިސްނަން އެބަޖެހޭ. މިޔަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ. ނޫނެކޭ ބުނުމުގެ ގޮތުން ނޫނެކޭ އިންނަ ގޮޅީގަ އަޅުގަނޑުމެން ފާހަގަ ޖަހަން ޖެހޭ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ)

ސަލީމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ދެރަވާނެ ނުވަތަ ގެއްލުންވާނެ އެއްވެސް ކަމެއްގައި އެމްޑީޕީން ބައިވެރިނުވާނެ ކަމަށާއި، އެފަދަ ކަމަކަށް އެ ޕާޓީން ތެދުވެ މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެހެންކަމުން މިކަމާ މެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެ، ސަމާލުކަން ދިނުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އިންތިޚާބުތައް އެއްކޮށްލުމަށް ނަގާ ވޯޓަކީ ގާނޫނާ ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ސަލީމް ތަކުރާރުކޮށް ވިދާޅުވީ ރައްޔިތުންނަށް މަޖުބޫރުކޮށްގެން ވޯޓުލާން ޖެއްސި ނަމަވެސް، ގައުމުގެ މުސްތަގުބަލަށްޓަކައި މިކަމަށް ނޫނެކޭ ބުނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މި ވޯޓަކީ ސަރުކާރުން ބޭނުންވާ ވަކި މަގްސަދުތަކެއް ހާސިލުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އަހުމަދު ސަލީމްއިލެކްޝަންސް ކޮމިޝަންރައްޔިތުންގެ މަޖިލިސްއެމްޑީޕީރިޔާސީ އިންތިޚާބުޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރެފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

13 މާރިޗު 2026
މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

13 މާރިޗު 2026
ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

13 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތާއި ވޯޓުލާންޖެހޭ ސަބަބު އާންމުންނަށް ކިޔައި ދޭން ޖެހޭނެ ކަމަށް އިލެކްޝަނުން ގަބޫލެއް ނުކުރޭ: ނިޔާޒު

13 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ރައީސް ނަޝީދު ގޮވާލައްވައިފި

12 މާރިޗު 2026

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު