Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026 | ހޮނިހިރު 01:28

އީރާނުގެ ޚާރްގް އައިލެންޑްގައި ހުރި އަސްކަރީ އަމާޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން ރައީސް ޓްރަމްޕް ހާމަކުރައްވައިފި. މި ހަމަލާތަކުގައި ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށްފައި ނުވިނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއަޅާނަމަ އެ ނިންމުން މުރާޖައާ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި. މީގެ އިތުރުން، އެ ސަރަހައްދުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަރަށް އަވަހަށް ހިމާޔަތް ދޭން ފަށާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 01:28
އިރާނުގެ ޚާރްގް ޖަޒީރާ ގައި ހުންނަ ތެޔޮ ޓާމިނަލެއް ސެޓެލައިޓް ފޮޓޯއަކުން ފެންނަ މަންޒަރު.

އިރާނުގެ ޚާރްގް ޖަޒީރާ ގައި ހުންނަ ތެޔޮ ޓާމިނަލެއް ސެޓެލައިޓް ފޮޓޯއަކުން ފެންނަ މަންޒަރު. | އޭއެފްޕީ

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްގް ޖަޒީރާ ގައި ހުރި އަސްކަރީ އަމާޒުތަކަށް އެމެރިކާއިން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި، ވަރަށް އަވަހަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ހިމާޔަތް ދޭން ފަށާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން ބޭރުކުރާ ސާފުނުކުރާ ތެޔޮ ގާތްގަނޑަކަށް އެއްކޮށްހެން ބޭރުކުރާ ޚާރްގް ޖަޒީރާ ގައި ހުރި އަސްކަރީ އަމާޒުތައް، "މެދުއިރުމަތީގެ ތާރީޚުގައި ދެވުނު އެންމެ ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ތެރެއިން ހަމަލާއެއްގައި" މުޅިން ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

އެ ރަށުގައި ހުރި ތެޔޮ އުފައްދާ ވަސީލަތްތަކަށް މިވަގުތަށް ހަމަލާނުދިނުމަށް ނިންމަވާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު މިނިވަންކަމާއެކު ރައްކާތެރިކަމާއެކު ދަތުރުކުރުމަށް ހުރަސްއެޅުމަށް އީރާނުން ނުވަތަ އެހެން ފަރާތަކުންވެސް އެއްވެސް ކަމެއް ކޮށްފިނަމަ، ތެލުގެ ވަސީލަތްތަކަށް ހަމަލާނުދިނުމަށް ނިންމި ނިންމުން ވަގުތުން މުރާޖައާ ކުރައްވާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ގަލްފުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ހިމާޔަތް ދޭން ފަށާނީ ކޮން އިރަކުންތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، "އެކަން ވަރަށް އަވަހަށް، ވަރަށް އަވަހަށް ފެށޭނެ" ކަމަށެވެ.

ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ކަނޑުގެ ދަތުރުފަތުރުތައް، އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާރު ވަނީ ގާތްގަނޑަކަށް މުޅިން ހުއްޓިފައެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާޚާރްގް އައިލެންޑްހޯރްމޫޒް ކަނޑުއޮޅިއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2026

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި
14 މާރިޗު 2026

އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން

14 މާރިޗު 2026
އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން
14 މާރިޗު 2026

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި
13 މާރިޗު 2026

ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

13 މާރިޗު 2026
ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ
13 މާރިޗު 2026

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި
13 މާރިޗު 2026

އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

13 މާރިޗު 2026
އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި
13 މާރިޗު 2026

އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި

13 މާރިޗު 2026
އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި
13 މާރިޗު 2026

އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

13 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި
12 މާރިޗު 2026

އައު ރޫހީ ލީޑަރުގެ ފުރަތަމަ ބަޔާން ވަރުގަދަ، ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް

12 މާރިޗު 2026
އައު ރޫހީ ލީޑަރުގެ ފުރަތަމަ ބަޔާން ވަރުގަދަ، ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް
12 މާރިޗު 2026

ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ

12 މާރިޗު 2026
ހަނގުރާމައިގެ ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ކަމަށް ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް