Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

5 ފެބުރުއަރީ 2026 | ބުރާސްފަތި 16:12

ޖެނުއަރީ މަހުގެ މުސާރަ ބައެއް މުވައްޒަފުންނަށް ލިބިފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުން ކަމަށާއި، ފެބްރުއަރީ 5 ވަނަ ދުވަހާ ހަމައަށް ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ފެބުރުއަރީ 2026 | ބުރާސްފަތި 16:12
ވެމްކޯ ކުނި އުކާލުން

ވެމްކޯ ކުނި އުކާލުން | ރާއްޖެއެމްވީ

ޖެނުއަރީ މަސް ނިމުނު އިރު ވެސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނެފި އެވެ.

މި ނޫހާއި ވާހަކަދެއްކި މުވައްޒަފުން ބުނީ ބައެއް މުވައްޒަފުންނަށް މުސާރަ ލިބިފައި ވަނީ މި މަސް ފެށުނު ފަހުންނެވެ. އަދި ފެބްރުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައި ނުވާ ކަމަށް މުވައްޒަފުންނާއި ހަވާލާދީ މި ނޫހާއި ވާހަކަ ދެއްކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅޭ ގޮތުން ވެމްކޯގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާރަ ޖަމާކުރަން ފެށީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ބައެއް މުވައްޒަފުންނަށް 15 އިގައި މުސާރަ ލިބޭނެ ކަމަށް އަންގާފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. މިކަމާއި ގުޅިގެން ވެމްކޯ ގެ ކަމާއި ގުޅުން ހުރި ފަރާތަކުން ކޮމެންޓް ކޮށްފައި ނުވާތީ މުސާރަ ލަސްވި ސަބަބާއި، މުސާރަ ނުލިބެނީ ކިހާ އަދަދެއްގެ ބަޔަކަށް ކަން ސާފެއް ނުވެ އެވެ.

މަސް ނިމޭ ދުވަހަށް ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުލިބުމުގެ މައްސަލަ މީގެ ކުރިން ކުރިމަތިވެފައި ނުވާކަން ފާހަގަ ކުރެވޭ އިރު، ވެމްކޯ ހިމެނޭ ގޮތައް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ވެސް ގަވައިދުން ޖަމާ ނުވުމުގެ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަންވެމްކޯރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާ ނުވޭ

28 ޖެނުއަރީ 2026
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާ ނުވޭ
28 ޖެނުއަރީ 2026

ސައީދުގެ ގަލަމުން: ވަގުތީ ބާރުވެރިކަމަށްޓަކައި ޝަރުޢީ ނިޒާމް ގަޑުބަޑުކޮށް، ނުރުހޭ މީހާ އަށް އަނިޔާވެރިވުމުގެ ބިރުވެރި ސަގާފަތް، މިއަދު އިޙުސާސް މި ކުރަނީ ލާ އިންސާނީ އަނިޔާވެރިކަމުގެ ދިރިހުރި މިސާލެއް

23 ޖެނުއަރީ 2026

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

23 ޖެނުއަރީ 2026
ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި
18 ޖެނުއަރީ 2026

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު
14 ޖެނުއަރީ 2026

ވެމްކޯ އަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ޕެންޝަން ފައިސާ ނުދައްކަންޏާ، ސަރުކާރުން އަމިއްލަ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދެންޏާ ޖީއެސްޓީ ދައްކަން ޖެހެންވީ ކީއްވެ؟

14 ޖެނުއަރީ 2026
ވެމްކޯ އަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ޕެންޝަން ފައިސާ ނުދައްކަންޏާ، ސަރުކާރުން އަމިއްލަ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދެންޏާ ޖީއެސްޓީ ދައްކަން ޖެހެންވީ ކީއްވެ؟
13 ޖެނުއަރީ 2026

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

13 ޖެނުއަރީ 2026
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި
28 ޑިސެމްބަރު 2025

ސަޢީދުގެ ގަލަމުން: އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށް ހުކުމް ކުރިތާ 3 މަސް!

28 ޑިސެމްބަރު 2025
ސަޢީދުގެ ގަލަމުން: އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށް ހުކުމް ކުރިތާ 3 މަސް!
21 ޑިސެމްބަރު 2025

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

21 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު
12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް