Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބު އެއްކޮށްލުން

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ޚަލީލް އެއްގޮތް ކުރެއްވީ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބާ!

ޚަލީލް ވިދާޅުވީ، ރައްޔިތުންނާއި ހަމައަށް ނުގޮސް ޤާނޫނުއަސާސީއަށް އިސްލާޙު ގެނެސްގެންވެސް އެކަން ކުރެވެން އެބައޮތް ކަމަށް، ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ސަރުކާރުން ނިންމީ މި ސަރުކާރުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މާރިޗު 2026 | ބުދަ 07:13
ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބު

ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބު | ރާއްޖެއެމްވީ

 

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތް ދިފާއު ކުރައްވައި، އެއީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ އެއްފަދަ ކަމެއްގެ ގޮތުގައި މި ސަރުކާރުގެ ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ޚަލީލް ސިފަ ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު މުއްދަތެއް ހޭދަވުމުން އެ އިރެއްގައި އޮންނަ ސަރުކާރެއް ވަޒަން ކޮށްލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބޭކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ޕީއެންސީގެ ކެމްޕޭން ޙަރަކާތެއްގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޚަލީލް ވިދާޅުވީ، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަކީ ދެ އިންތިޚާބެއް ކަމަށާއި، ވޯޓުލާ މީހުންގެ އަތަށް ލިބެނީވެސް ދެ ކަރުދާސްކޮޅު ކަމަށެވެ.

އެހެންކަމުން އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވައިގެން މިހާހިސާބަށް މި ޤައުމުގައި މައްސަލައެއް ނުޖެހޭކަން އެކަމުންވެސް އެނގިގެންދާކަމަށް ޚަލީލް ވިދާޅުވިއެވެ.

ގައިމުވެސް މިއީ ދެ އިންތިޚާބެއް. ދެ އިންތިޚާބެއް ދެ ކަރުދާސްކޮޅެއް ތިބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގަންނަވާނީ. އެހެންވީމަ މި ބޭފުޅުންނަށް މިހާރު ވިސްނިވަޑައިގަންނަވަން ވާނެ އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވައިގެން މިހާހިސާބަށް މި ޤައުމުގައި މައްސަލައެއް ނުޖެހޭކަން.
ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ޚަލީލް 

މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް އޮތްކަން ފާހަގަ ކުރައްވައި ޚަލީލް އިތުރަށް ވިދާޅުވީ، ރައްޔިތުންނާއި ހަމައަށް ނުގޮސް ޤާނޫނުއަސާސީއަށް އިސްލާޙު ގެނެސްގެންވެސް އެކަން ކުރެވެން އެބައޮތް ކަމަށާއި، ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ސަރުކާރުން ނިންމީ މި ސަރުކާރުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ސަބަބުން ކަމަށެވެ.

 

ޑރ. އަބްދުﷲ ޚަލީލްއިންތިޚާބުތައްނޫނެކޭ ބުނުން

އިތުރަށް ކިޔާލަން

09 މާރިޗު 2026

ހަރަދު ކުޑަ ކުރުމުގެ ނިވަލުގައި ތިބެ ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގައިތަ؟

09 މާރިޗު 2026
ހަރަދު ކުޑަ ކުރުމުގެ ނިވަލުގައި ތިބެ ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރަނީ ހީލަތްތެރި ރޭވުމެއްގައިތަ؟
09 މާރިޗު 2026

އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް. އިންތިޚާބު އެއް ކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

09 މާރިޗު 2026
އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް. އިންތިޚާބު އެއް ކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
09 މާރިޗު 2026

ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ

09 މާރިޗު 2026
 ނަމެއްގައި މަޖިލިސް މެމްބަރުންތަކެއް ތިބުމުގެ ބަދަލުގައި ރައީސް ނުވަތަ ޕީއެންސީގެ ރެޕެއް އިންނެވިޔަސް މާ ރަނގަޅުވާނެ: މާރިޔާ
08 މާރިޗު 2026

ދެ އިންތިޚާބު އެއް ކުރަނީ އެއްފަހަރާ ދެ ބާރު، އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން ނަގަން ފަސޭހަ ކުރަން: އީވާ

08 މާރިޗު 2026
ދެ އިންތިޚާބު އެއް ކުރަނީ އެއްފަހަރާ ދެ ބާރު، އެއް ކެމްޕެއިނަކަށް ޚަރަދު ކޮށްގެން ނަގަން ފަސޭހަ ކުރަން: އީވާ
07 މާރިޗު 2026

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް

07 މާރިޗު 2026
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަމުގައި ނަގަން އުޅޭ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް ރައްޔިތުންނަށް ނުލިބޭ: ނިޔާޒް
28 ފެބުރުއަރީ 2026

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

28 ފެބުރުއަރީ 2026
އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް
16 ފެބުރުއަރީ 2026

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

16 ފެބުރުއަރީ 2026
ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ
13 ޖެނުއަރީ 2026

މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!

13 ޖެނުއަރީ 2026
މަސްއޫދު އިމާދު ލަންކާ އަށް އިންޒާރު ދެއްވުމާ ގުޅިގެން މުއިއްޒުގެ ފޮރިން މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ!
05 ޖެނުއަރީ 2026

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

05 ޖެނުއަރީ 2026
ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި
24 ޑިސެމްބަރު 2025

ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

24 ޑިސެމްބަރު 2025
ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު