Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އާމިރު

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ ބޫގާ ތަހުގީގަށް ހާޒިރެއް ނުވި

އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން އެންގި ބޫގާ ފުލުހަށް ހާޒިރުވެފައެއް ނުވޭ. އޭނާ އުޅޭ ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ހަވާލުނުކުރެވިފައިވާއިރު، އޭނާއަކީ ޖަޕާނުގައި ދިރިއުޅޭ މީހެއް ކަމަށް މައުލޫމާތު ލިބޭ. މީގެ އިތުރުން، ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ނ. ކުޑަފަރީ މީހަކު ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާން ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2026 | ބުދަ 09:08
އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ އަހުމަދު އާމިރު ނުވަތަ ބޫގާ. އޭނާ ހޯދަން އިއުލާން ކުރީ މިދިޔަ މަހުގެ 24 ގައި.

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ އަހުމަދު އާމިރު ނުވަތަ ބޫގާ. އޭނާ ހޯދަން އިއުލާން ކުރީ މިދިޔަ މަހުގެ 24 ގައި. | މޯލްޑިވްސް ޕޮލިސް

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހޯދަމުންދާ އަހުމަދު އާމިރު ނުވަތަ ބޫގާ ތަހުގީގަށް ހާޒިރުނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކަމުގެ ތުހުމަތުގެ ތަހުގީގަށް ސުވާލު ކުރުމަށްޓަކައި ހ.ފިލިކުރިގެ، ކ.މާލެ، 51 އަހަރުގެ އަހުމަދު އާމިރު 10 މާރިޗު 2026 ވަނަ ދުވަހުގެ 16:00ށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް ހާޒިރުވާން ފުލުހުން ވަނީ އަންގާފަ އެވެ. 

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އޭނާ ހޯދަން އިއުލާންކޮށް ފުލުހުން ބުނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އިސްލާމް ދީނަށް ފުރައްސަރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބޫރު އަރާ ފަދަ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި، އިސްލާމިކް މިނިސްޓްރީ ނައްތާލުމަށް އޭނާ ގޮވާލާފައިވާ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުވާން އެންގުމަށް އުޅޭ ވަކި ތަނެއް ނޭނގޭތީ ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް ހާޒިރުވާން އެންގި ނަމަވެސް ހާޒިރުވެފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އާމިރު ހަދާފައިވާ ޓިކްޓޮކް ތަކުން އެނގޭ ގޮތުގައި އޭނާއަކީ ޖަޕާން މީހަކާ ކައިވެނި ކޮށްގެން އެ ގައުމުގައި ދިރިއުޅޭ މީހެކެވެ. އަދި ބައެއް ފަހަރު ރާއްޖެއަށް އަންނަ ކަމަށް ޓިކްޓޮކްގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން 6 މަރޗް 2026 ވަނަ ދުވަހު ފުލުހުން ވަނީ އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ނ.ކުޑަފަރި އަށް ނިސްބަތްވާ، އެރަށުގެ ހިޔަލީގެ، 44 އަހަރުގެ ޙުސައިން ޔޫސުފް ހޯދުމަށް ވެސް އިއުލާން ކޮށްފަ އެވެ. މިމަހުގެ 18 ވަނަ ދުވަހުގެ 12:00ށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާފައިވެ އެވެ. 

ދޭތެރެދޭތެރެއިން އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ފެންމަތިވެގެންދެ އެވެ. އަދި މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.

އަހުމަދު އާމިރުއިސްލާމް ދީން ހުސައިން ޔޫސުފްނ.ކުޑަފަރި

އިތުރަށް ކިޔާލަން

06 މާރިޗު 2026

އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

06 މާރިޗު 2026
އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި
17 ފެބުރުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

17 ފެބުރުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ
19 ޑިސެމްބަރު 2025

މަގުން ހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާން ޖެހޭ : ހުތުބާ

19 ޑިސެމްބަރު 2025
މަގުން ހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާން ޖެހޭ : ހުތުބާ
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
10 އޮކްޓޯބަރު 2025

އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް: ހުތުބާ

10 އޮކްޓޯބަރު 2025
އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް: ހުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު