Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދީނީ މިނިވަންކަންދޭ ގަރާރު

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

މި ގަރާރުގައި ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އެޕްރީލު 2025 | ހޯމަ 03:32
ދީނީ މިނިވަންކަމާއި އިސްލާމްދީނުގެ ހުކުމްތަކާއި ހިލާފުވާ ގަރާރު ބަލައިގަނެ އާންމު މަޖިލީހަށް ފޮނުވަން ރާއްޖެއިން ވަނީ ވޯޓު ދީފައި

ދީނީ މިނިވަންކަމާއި އިސްލާމްދީނުގެ ހުކުމްތަކާއި ހިލާފުވާ ގަރާރު ބަލައިގަނެ އާންމު މަޖިލީހަށް ފޮނުވަން ރާއްޖެއިން ވަނީ ވޯޓު ދީފައި

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ވޯޓު ދީފިއެވެ.

"ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" ނުވަތަ އދ އާއި ކައުންސިލް އޮފް ޔޫރަޕްގެ މެދުގައި އެއްބާރުލުން ދިނުމާއި ގުޅޭ ގަރާރަށް ރާއްޖެއިން "އާނ" ބަސް ބުނެ ވޯޓު ދިނީ މިދިޔަ ބުދަ ދުވަހުއެވެ. ބުދަ ދުވަހު އޮތީ މި ގަަރާރު އދ. ގެ 81 ވަނަ އާންމު މަޖިލީހަށް ގަރާރު ފާސްކުރުމެވެ. ރާއްޖެއިން ވަނީ ފާސްކުރަން ވޯޓު ދީފައެވެ.

މި ގަރާރުގައި ވަނީ "ހުރިހާ އިންސާނީ ހައްގުތަކެއް" ހިމާޔަތްކޮށް އދ އިން ޔޫރަޕުގެ ކައުންސިލް އާއި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

މި ގަރާރުގައި ބުނެފައިވަނީ އދ އާއި ކައުންސިލް އޮފް ޔުރަޕް ގުޅިގެން "މިނިވަންކަން ކުރިއެރުވުމާއި، ޚިޔާލުފާޅުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ވިސްނުމާއި، ދީން ނުވަތަ ޢަޤީދާގެ މިނިވަންކަން، އެއްވެސް ތަފާތުކުރުމެއް ނެތި މުޖުތަމަޢުގެ އެންމެހާ މެންބަރުންގެ ޙައްޤުތަކާއި ކަރާމާތް ހިމާޔަތްކުރުމުގެ ވާހަކައެވެ.

މީގެ އިތުރުން މި ގަރާރުގައި ވަނީ ޑިމޮކްރަސީ ކުރިއެރުވުމާއި، ވެރިކަން ކުރުމާއި، ޤާނޫނާއި ހެޔޮވެރިކަމާއި، ކޮންމެ ފެންވަރެއްގައިވެސް އަނިޔާކުރުން ހުއްޓުވުމާއި، ލާއިންސާނީ ނުވަތަ ނިކަމެތި ޢަމަލެއް ނުވަތަ އަދަބެއް ދިނުން ހުއްޓުވުމާއި. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވާހަކައެވެ.

ދީނީ މިނިވަންކަމާއި އިސްލާމްދީނުގެ ހުކުމްތަކާއި ހިލާފުވާ ގަރާރު ބަލައިގަނެ އާންމު މަޖިލީހަށް ފޮނުވަން ރާއްޖެއިން ވަނީ ވޯޓު ދީފައި

ދީނީ މިނިވަންކަމާއި އިސްލާމްދީނުގެ ހުކުމްތަކާއި ހިލާފުވާ ގަރާރު ބަލައިގަނެ އާންމު މަޖިލީހަށް ފޮނުވަން ރާއްޖެއިން ވަނީ ވޯޓު ދީފައި

އެ ގަރާރު ފާސްކޮށްފައިވަނީ 105 ގައުމެއްގެ ވޯޓާއެކުއެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރާއްޖެއިން މި ގަރާރަށް ވޯޓު ދިން އިރު، މި ގަރާރުގައި އިސްލާމްދީނުގެ ހުކުމްތަކަށް ފުށުއަރާ ކަންކަން ހިމެނެއެވެ. އޭގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ލާ-އިންސާނީ އަނިޔާ ނުވަތަ އަދަބުތައް ހިމެނެއެވެ. އެއީ އިސްލާމްދީނުގައި ހުކުމް ކަނޑައަޅާފައިވާ ކަންކަމެވެ. މި ގަރާރުގައި ލާއިންސާނީ ނުވަތަ ނިކަމެތި އަމަލެއް ނުވަތަ އަދަބެއްގެ ގޮތުގައި ބުނެފައިވަނީ ޒިޏޭ ކުރުމުން ކަނޑައަޅާފައިވާ ހައްދު ޖެހުމުގެ އަދަބާއި، މަރަށް މަރު ހިފުމާއި، ދީނީ މިނިވަންކަމާއި، ބޭނުން ހިޔާލެއް ބޭނުން ގޮތަކަށް ފާޅުކުރުމުގެ ވާހަކަތެކެވެ.

މި ގަރާރަށް އިސްލާމީ ބޮޑެތި ގައުމުތަކުން ބައިވެރި ނުވެއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، އޮމާން، ޕާކިސްތާން ކުވައިތު، ޔަމަން އަދި މިސްރު ހިމެނެއެވެ. މީގެ އިތުރުން އިންޑިއާ ސްރީލަންކާ އަދި ޗާއިނާ އިންވެސް ވޯޓުގައި ބައިވެރިނުވެއެވެ.

އެޑޯޔޫރަޕް ކައުންސިލްއިންސާނީ ހައްޤުތައްދީނީ މިނިވަންކަންޓެރަރިޒަމްއިސްލާމް ދީން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
28 ނޮވެމްބަރު 2025

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

25 ނޮވެމްބަރު 2025
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް
11 ނޮވެމްބަރު 2025

އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

11 ނޮވެމްބަރު 2025
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި
05 ނޮވެމްބަރު 2025

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި

05 ނޮވެމްބަރު 2025
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ހެކި ހިމެނޭ 700 ވީޑިއޯ ޔޫޓިއުބް އިން ސިއްރުން ޑިލީޓުކޮށްފި
04 ނޮވެމްބަރު 2025

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް

04 ނޮވެމްބަރު 2025
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ރެކޯޑުތައް އދ އިން ބަލަނީ، ޖަވާބުދާރީ ވުމަށް އޭޖީ އުޝާމް ޖެނީވާ އަށް
11 އޮކްޓޯބަރު 2025

ޓެރަރިސްޓް ހަމަލާ އެއް ރާއްޖޭގައި ދީފާނެ ކަމުގެ ޚަބަރު ދުނިޔޭގެ މީޑިއާ ގައި، ދިވެހި ސަރުކާރު ހަނު!

11 އޮކްޓޯބަރު 2025
ޓެރަރިސްޓް ހަމަލާ އެއް ރާއްޖޭގައި ދީފާނެ ކަމުގެ ޚަބަރު ދުނިޔޭގެ މީޑިއާ ގައި، ދިވެހި ސަރުކާރު ހަނު!
10 އޮކްޓޯބަރު 2025

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

10 އޮކްޓޯބަރު 2025
ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު