Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާޒީ އަލީ އާދަމް

ބޮޑެތި މައްސަލަ ތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވުމުން، ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހަޅައިފި

މަރުގެ މައްސަލައެއްގެ ހުކުމުގައި ދިފާއީ ވަކީލުން ހެކިންނަށް ބިރުދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ލިޔުއްވުމާ ގުޅިގެން، އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި. ހެކިންނަށް ބިރުދެއްކުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ދިމާވެފައިވާ އެއް ބޮޑު ގޮންޖެހުމެއް ކަމަށް އެކި ފަރާތްތަކުން ފާހަގަކުރޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 13:19
ހެކިންނަށް ވަކީލުން ބިރުދައްކާ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި މައްސަލަ ޖޭއެސްސީ އަށް ވަނީ ހުށަހަޅާފަ

ހެކިންނަށް ވަކީލުން ބިރުދައްކާ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި މައްސަލަ ޖޭއެސްސީ އަށް ވަނީ ހުށަހަޅާފަ

މީހުން މެރުން ފަދަ ބޮޑެތި މައްސަލަތަކުގައި ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ހުކުމެއްގައި ލިޔުއްވި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ދިފާއީ ވަކީލެކެވެ. ނަމަވެސް އެ މައްސަލަ ބެލުމާ މެދު ޖޭއެސްސީ އިން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

Advertisement - newsAdvertisement

ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި މަރުގެ ހުކުމުގައި ގާޒީ އަލީ އާދަމް ވަނީ އެކި ފަރާތްތަކުން ހެކިންނަށް ބިރު ދައްކާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން  މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލާތުކުރާ ވަކީލުން އެކި ގޮތްގޮތަށް ހެކިންނަށް ބިރު ދައްކާކަން އެނގޭއިރު، އެއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ގާޒީ އަލީ އާދަމް ވަނީ ވިދާޅުވެފަ އެވެ.

ގާޒީ ހުކުމްގައި މިކަން ފާހަގަކުރުން ކުށްވެރިކޮށް، ވަކީލުންގެ ކަންކަން ބަލަހައްޓާ ބާރ ކައުންސިލުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ބާރ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ އެ ހުކުމާ ގުޅިގެންނާއި އެ ހުކުމުގެ ހަބަރުތަކުގެ ސަބަބުން ދިފާއީ ވަކީލުންނާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެއީ ދިފާއި ވަކީލުންނަކީ ކުށް ކުރާ ބައެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއް ކަމަށް ބާ ކައުންސިލަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުކުމްގައި ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި ސިއްރު ހެކިވެރިންގެ ސިއްރުވެރިކަން ހިފެހެއްޓޭނެ، މިހާރަށް ވުރެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހެ އެވެ. ހެކިންނަށް ރައްކާތެރިކަން ކަށަވަރުވާން ޖެހެ އެވެ. ޝަރީއަތްތައް އަވަސް ކުރުމަށްޓަކައި ގުޅިގެން ހުރިހާ މުއައްސަސާތަކެއް މަސައްކަތް ކުރަން ވެސް ޖެހޭ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

ބޮޑެތި މައްސަލަތަކުގައި ހެކީންނަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާ ބިރު ދެއްކުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ދިމާވެފައިވާ އެއްމެ ބޮޑު އެއް ގޮންޖެހުން ކަމުގައި މީގެ ކުރީން ވެސް އެކި ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ. ޖިނާއީ މައްސަލަތަކުގައި ހެކިންނަށް ރައްކާތެރިކަން ދިނުމާއި ހެކިންގެ ސިއްރުވެރިކަން ހިފެހެއްޓުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި އަބަދުވެސް ހުރި ބޮޑު ގޮންޖެހުމެކެވެ. މި ކަމުގެ ސަބަބުން ގިނަ މައްސަލަތަކުގައި ހެކިން ހެކިބަސް ދިނުމަށް ފަސްޖެހުމާއި ހެކިން ބިރުގަތުމުގެ ޝަކުވާތައް އަބަދުވެސް ގިނަ ބަޔަކު ކުރެ އެވެ. 

ގާޒީ އަލީ އާދަމްހެކިންނަށް ބިރުދެއްކުންޖޭއެސްސީ

އިތުރަށް ކިޔާލަން

14 މެއި 2025

ޤާނޫނުތަކާއި ޚިލާފަށް ދެ ފަނޑިޔާރުން ވަކިކުރުން އެމްޑީޕީން ކުށްވެރިކޮށްފި

14 މެއި 2025
ޤާނޫނުތަކާއި ޚިލާފަށް ދެ ފަނޑިޔާރުން ވަކިކުރުން އެމްޑީޕީން ކުށްވެރިކޮށްފި
14 މެއި 2025

ރާއްޖެ މިއަދު މިއޮތް އަނދިރިކަމުން އަރަގައިތުމަށް ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ގައުމީ ވާޖިބެއް: ބިގޭ

14 މެއި 2025
ރާއްޖެ މިއަދު މިއޮތް އަނދިރިކަމުން އަރަގައިތުމަށް ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ގައުމީ ވާޖިބެއް: ބިގޭ
14 މެއި 2025

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސާލަން ނޭޕާލުގެ ބާ ކައުންސިލުން ވެސް ގޮވާލައިފި

14 މެއި 2025
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސާލަން ނޭޕާލުގެ ބާ ކައުންސިލުން ވެސް ގޮވާލައިފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
03 މެއި 2025

ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްފައި އޮތް ނަމަވެސް ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

03 މެއި 2025
ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްފައި އޮތް ނަމަވެސް ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު