Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާން

ޖަޕާނުގެ އިންތިޚާބުގައި ބޮޑު ވަޒީރު ޓަކައިޗީގެ ޕާޓީ އިން ސުޕަ މެޖޯރިޓީ ހޯދައިފި

އާންމު ކޮށްފައިވާ ރަސްމީ ނަތީޖާ ތަކަށް ބަލާއިރު، ތިރިގޭގައި ހިމެނޭ 465 ގޮނޑީގެ ތެރެއިން، ޓަކައިޗީގެ އެލްޑީޕީ އިން ވަނީ 316 ގޮނޑި ކާމިޔާބު ކޮށްފައި. މިއީ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 233 ގޮނޑިއަށް ވުރެ މާ ގިނަ އަދަދެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 08:03
ޖަޕާންގެ ބޮޑު ވަޒީރު ސަނައޭ ޓަކައިޗީ.

ޖަޕާންގެ ބޮޑު ވަޒީރު ސަނައޭ ޓަކައިޗީ. | ރޮއިޓާސް

ޖަޕާނުގައި ކުރިއަށް ދިޔަ އާންމު އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔަބުކޮށް، އެ ޤައުމުގެ ބޮޑު ވަޒީރު ސަނައޭ ޓަކައިޗީގެ ލިބަރަލް ޑިިމޮކްރަޓީކް ޕާޓީ (އެލްޑީޕީ) އިން ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ޑައެޓްގެ ސުޕަ މެޖޯރިޓީ ހޯދައިފި އެވެ. 

އާންމު ކޮށްފައިވާ ރަސްމީ ނަތީޖާ ތަކަށް ބަލާއިރު، ތިރިގޭގައި ހިމެނޭ 465 ގޮނޑީގެ ތެރެއިން، ޓަކައިޗީގެ އެލްޑީޕީ އިން ވަނީ 316 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. މިއީ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 233 ގޮނޑިއަށް ވުރެ މާ ގިނަ އަދަދެކެވެ. 

އިންތިޚާބުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ޓަކައިޗީ ވިދާޅުވީ، އެކަމަނާގެ ސަރުކާރުން އަބަދު ވެސް އިސްކަން ދޭނީ ޒިންމާދާރު، އަދި ޚަރުދަނާ މާލީ ސިޔާސަތު ތަކެއް ކުރިއަށް ނެރުމަށް ކަމަށެވެ. އަދި ޤައުމުގެ މާލީ ކަންކަން ދެމެހެއްޓުމަށް އިސްކަންދީ، ޤައުމަށް ބޭނުންވާ މުހިންމު އިންވެސްޓްމަންޓުތައް ކަށަވަރު ކޮށްދެއްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. 

ފާއިތުވި ހަތް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި، ގިނަ ދުވަސް ތަކެއް ވަންދެން ޖަޕާނުގައި ވެރިކަން ކުރަމުން އަންނަ އެލްޑީޕީ އަށް، ފހަކަށް އައިސް ވަނީ ފައިސާގެ މައްސަލަ ތަކާއި، ދީނީ ޖަމާއަތްތަކާ ގުޅުން ހުރި ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ބޮޑު ވަޒީރު ކަމާ ހަވާލުވެ ވަޑައިގަތްތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ޓަކައިޗީ ވަނީ ކުއްލި އިންތިޚާބެއް އިއުލާން ކުރައްވައިފަ އެވެ. އެއީ ޕާޓީ އަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމާއި، ސިޔާސީ މަޝްރަހު ބަދަލު ކޮށްލުމުގެ މަޤުސަދުގަ އެވެ. 

މި އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޓަކައިޗީ އެންމެ ބޮޑަށް ވެވަޑައިގެންނެވި އެއް ވައުދަކީ، ތަކެތީޣެ އަގު އުފުލުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައިވާ ދަތި ތަކަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން، ކާބޯ ތަކެތިން ނަގާ އަށް އިންސައްތައިގެ ސޭލްސް ޓެކްސް ކަނޑާލުމެވެ. ނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމު ތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު ޤައުމުގެ ގޮތުގައި އޮތް ޖަޕާން އިން މިފަދަ ފިޔަވަޅެއް އެޅުމުން، އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. 

އާންމު އިންތިޚާބު ބޭއްވި ދުވަސްވަރަކީ ޖަޕާންގެ ބައެއް ސަރަހައްދު ތަަކަށް ރެކޯޑު މިންވަރަކަށް ސްނޯ ފޭބި ދުވަހެއް ކަމަށް ވިޔަސް، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވޯޓުލާާން ނިކުމެފަ އެވެ. ބައެއް ސަަރަހައްދު ތަކުގައި ދަތުރުފަތުރަށް ހުރަސް އެޅި، ވޯޓުލާ މަރުކަޒުތައް މާ އަވަހަށް ބަންދު ކުރަން ޖެހުނު ނަމަވެސް، އާންމުންގެ ތަރުހީބު ވަނީ އިންތިޚާބަށް ލިބިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ބައެއް އާންމުން ބުނެފައި ވަނީ، ބޮޑު ވަޒީރު ޓަކައިޗީ ޤައުމަށް ދައްކުވައި ދެއްވަނީ އުންމީދީ މިސްރާބެއް ކަމަށެވެ. 

އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން ހޯސެއި ޔުނިވާސިޓީގެ ލެކްޗަރާ ކްރެއިގް މާކް ވިދާޅުވީ، މި ކާމިޔާބީ އަކީ އިދިކޮޅު ޕާޓީ ތަކުގެ އެއްވެސް ދައުރެއް އަދި ބޭނުމެއް ނެތި، ބޭނުންވާ ކޮންމެ ޤާނޫނެއް ފާސް ކުރުމުގެ ބާރު ބޮޑު ވަޒީރު ޓަކައިޗީ އަށް ލިބިފައިވާ ކާމިޔާބެއް ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

ޖަޕާންސަނައޭ ޓަކައިޗީލިބަރަލް ޑިމޮކްރެޓިކް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނުގެ ބޮޑުވަޒީރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފި

ޖަޕާނުގެ ބޮޑުވަޒީރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފި

23 ޖެނުއަރީ 2026
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މީހާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މީހާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

21 ޖެނުއަރީ 2026
ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓުގައި ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލައިފި

ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓުގައި ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލައިފި

05 ޖެނުއަރީ 2026
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއް ގައި އެ ގައުމުގެ ބޮޑުވަޒީރު ސޮއި ކުރައްވައިފި

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއް ގައި އެ ގައުމުގެ ބޮޑުވަޒީރު ސޮއި ކުރައްވައިފި

02 ޖެނުއަރީ 2026
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

31 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު