Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޕާން

މެދުއިރުމަތީގައި ތިބި ޖަޕާނުގެ މީހުން ސަލާމަތްކުރުމަށް އެހީވުމަށް އެޤައުމުގެ އަސްކަރީ ބޯޓެއް ރާއްޖެއަށް ދަތުރުފަށައިފި

މެދުއިރުމަތީގައި ތިބި ޖަޕާނުގެ ރައްޔިތުން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ޖަޕާނުގެ އެއަރ ސެލްފް ޑިފެންސް ފޯސް (އޭއެސްޑީއެފް) ގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް އާދީއްތަ ދުވަހު ރާއްޖެއަށް ފުރައިފި.

އަލް - ހުރަވީ
އަލް - ހުރަވީ | 9 މާރިޗު 2026 | ހޯމަ 09:17
ޖަޕާނުގެ އެއަރ ސެލްފް ޑިފެންސް ފޯސްގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް ދިވެހިރާއްޖެއަށް ފުރުމަށްޓަކައި ބޯޓަށް އަރަނީ

ޖަޕާނުގެ އެއަރ ސެލްފް ޑިފެންސް ފޯސްގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް ދިވެހިރާއްޖެއަށް ފުރުމަށްޓަކައި ބޯޓަށް އަރަނީ | ޖިޖި ޕްރެސް

އެމެރިކާ އާއި، އިސްރާއީލު އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގައި ތިބި ޖަޕާނުގެ ރައްޔިތުން ސަލާމަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ޖަޕާނުގެ އެއަރ ސެލްފް ޑިފެންސް ފޯސް (އޭއެސްޑީއެފް) ގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް އާދީއްތަ ދުވަހު ރާއްޖެއަށް ފުރައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ބޯޓު ރާއްޖޭގެ އެއަރޕޯޓެއްގައި ކުއްލި ހާލަތަކަށް ތައްޔާރުވެ އޮންނާނެއެވެ. އެގޮތުން، ޖަޕާނުގެ ރައްޔިތުން މެދުއިރުމަތިން ބޭލުމަށް ޖަޕާނު ސަރުކާރުން ހަމަޖައްސާފައިވާ ޗާޓަރު ފްލައިޓްތަކަށް ދިމާވެދާނެ ކުއްލި މައްސަލައެއްގައި މި ބޯޓުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އާދީއްތަ ދުވަހުގެ ފަތިހު 2:55 ހާއިރު، އައިޗީ ޕްރިފެކްޗަރގައި ހުންނަ އޭއެސްޑީއެފް ކޮމާކީ އެއަރ ބޭސް އިން ފުރާފައިވަނީ "ކޭސީ-767" މަރުކާގެ މަތިންދާބޯޓެކެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖެއަކީ މެދުއިރުމައްޗަށާއި ޔޫރަޕަށް ދަތުރުކުރާ ޖަޕާނުގެ އަސްކަރީ ބޯޓުތަކަށް ތެޔޮ އެޅުމަށާއި އެހެނިހެން ބޭނުންތަކަށް މަޑުކުރާ މުހިންމު މަންޒިލެކެވެ.

ގާތްގަނޑަކަށް 200 މީހުންގެ ޖާގައިގެ މި ބޯޓުގައި 30 އެއްހާ ސިފައިން ހަރަކާތްތެރިވާނެއެވެ. މި އޮޕަރޭޝަން ކުރިއަށްދާނީ ޖަޕާނުގެ އަސްކަރިއްޔާގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުގެ އިސްވެރިޔާ ލެފްޓިނެންޓް ޖެނެރަލް ކެނިޗީރޯ ނަގުމޯގެ ބެލުމުގެ ދަށުންނެވެ.

މިދިޔަ ހުކުރު ދުވަހު ޖަޕާނުގެ ފޮރިން މިނިސްޓަރ ތޯޝިމިޓްސޫ މޮޓެގީ ވަނީ، ޤައުމުން ބޭރުގައި ތިބި ޖަޕާނުގެ ރައްޔިތުން ގެނައުމަށް ބޭނުންވާ ތައްޔާރީތައް ވުމަށް ޑިފެންސް މިނިސްޓަރ ޝިންޖީރޯ ކޮއިޒުމީގެ ކިބައިން އެދިވަޑައިގެންފައެވެ. އެއާއެކު ޑިފެންސް މިނިސްޓަރު ވަނީ މި އޮޕަރޭޝަނަށް ރަސްމީކޮށް އަމުރުކުރައްވާފައެވެ.

ޖަޕާން ސެލްފް-ޑިފެންސް ފޯސްމެދުއިރުމަތީގެ ހަމަނުޖެހުން

އިތުރަށް ކިޔާލަން

08 މާރިޗު 2026

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ

08 މާރިޗު 2026
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ
16 ސެޕްޓެމްބަރު 2025

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅޭ ގޮތުން ހަ ޤައުމެއްގެ އިސްވެރިން މަޝްވަރާ ކުރައްވައިފި

16 ސެޕްޓެމްބަރު 2025
މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅޭ ގޮތުން ހަ ޤައުމެއްގެ އިސްވެރިން މަޝްވަރާ ކުރައްވައިފި
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
18 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު