Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާ ގުޅޭ މައްސަލައެއް އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

އެޗްއާރުސީއެމް އިން ތަހުގީގެއް ފަށާފައި ވަނީ، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ވެސް، ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ފަހުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 20:50
ވެމްކޯ ގެ އެމްޑީ މުޖުތަބާ ޖަލީލް

ވެމްކޯ ގެ އެމްޑީ މުޖުތަބާ ޖަލީލް | ރާއްޖެއެމްވީ ގްރެފިކްސް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ތަކުރާރުކޮށް އަނިޔާލިބި، ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާތީ، އެ ކުންފުނީގެ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުން މި މައްސަލަ ބަލަން ފަށާފައިވަނީ ވެމްކޯގެ މަސައްކަތު މާހައުލުގައި ހުރި ނުރައްކާތަކާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެންނެވެ.

އެޗްއާރްސީއެމް އިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވެމްކޯގައި ކުނި އުކާލުމާއި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މިފަދަ ހާދިސާތައް ހިނގަމުންދާތީ، އެ ކުންފުނީގައި މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އެކަށީގެންވާ ކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

މި ތަހުގީގުގެ ތެރެއިން، "މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން މުވައްޒަފުންނަށް ލިބިދޭންޖެހޭ ހިމާޔަތް ކަށަވަރު ކޮށްދީފައިވޭތޯ އެޗްއާރްސީއެމް އިން ބަލާނެ އެވެ. މީގެ އިތުރުން، މަސައްކަތްތެރިންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ފޯރުކޮށްދިނުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަމަލީގޮތުން ތަންފީޒުކުރާ މިންވަރުގެ އިތުރުން، ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ތަމްރީނުތައް މުވައްޒަފުންނަށް ދީފައިވޭތޯވެސް އެ ކޮމިޝަނުން ތަހުގީގު ކުރާނެ އެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނި ގޮތުގައި، މުވައްޒަފުންނަށް އެއްވެސް ބިރުވެރިކަމެއް ނުވަތަ ބަދަލުހިފުމުގެ އަމަލެއް ކުރިމަތިވެދާނެ ކަމުގެ ބިރެއް ނެތި، މަސައްކަތުގެ މާހައުލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އޮތްތޯ ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ އެވެ. އެހެންކަމުން، މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވެމްކޯގެ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް އެޗްއާރްސީއެމް އިން ވަނީ ދީފަ އެވެ.

ވެމްކޯގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ތިލަފުށީގައި ހިނގި ހާދިސާ އެވެ. އެ ދުވަހު ކުނި ނަގަން އުޅުމުގެ ތެރޭގައި ހައިމާކެއްގެ ދަތްގަނޑުން ޖެހި، ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ އަމީން މިއާ ވަނީ މަރުވެފަ އެވެ. 

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަންހިޔުމަން ރައިޓްސް ކޮމިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ؟

ކޮންމެ ކަމެއް ވެސް ހައްލުކޮށްދެއްވާނީ މީޑިއާ އަށް ތިލަވެ، ނުކަތާ ވަރުވީމަތޯ؟

20 ފެބުރުއަރީ 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

05 ފެބުރުއަރީ 2026
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

13 ޖެނުއަރީ 2026
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން އެޕާޓީން ކުށްވެރިކޮށްފި

އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން އެޕާޓީން ކުށްވެރިކޮށްފި

30 އެޕްރީލު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު