Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންޑާރަ މިސްކިތް

ބަންޑާރަ މިސްކިތް ތަޅާނުލުމަށް ގިނަ ބަޔަކު ގޮވާލަނީ، މިނިސްޓަރ ވިދާޅުވީ އެއީ މުޤައްދަސް ތަނެއް ނޫންކަމަށް!

މިނިސްޓަރ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެތަނަށްވުރެ ދުވަސްވީ މިސްކިތްތައްވެސް ބޮޑުކޮށް، ޒަމާނީކޮށް އާކޮށްފައިވާ ކަމަށް. އަދި އެތަނުގެ އަސްލު ނުގެއްލޭނެހެން ދިވެހި ސަޤާފަތާ އެއްގޮތަށް ބޮޑު ނުކުރެވެންވީ އެއްވެސް އަސާސެއް ނެތްކަމަށް. މިނިސްޓަރ އެއްމެ ފުރަތަމަ ވިދާޅުވެފައި ވަނީ އާ މިސްކިތެއް އަޅުއްވާ ވާހަކަ. ނަމަވެސް ފާޑުކިއުން އަމާޒުވުމުން އެތަން ބޮޑުކުރާ ވާހަކަ ވިދާޅުވަނީ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 09:25
ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން | ޔުމްނާ މައުމޫން

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުންނަ ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަ ކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

އެ ތަނުގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ރޯދަމަހުގެ ފަހުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވަނީ ހާމަ ކުރައްވާފައެވެ.

އެއާއެކު ވަރަށް ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑީއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން "ސޭވް ބަންޑާރަމިސްކިތް" ނަމުގައި މީސްމީޑީއާ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.

އެކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ވިދާޅުވީ، މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އެތަނަކީ ދިވެހިރާއްޖޭގެ ޚާއްޞަ ތާރީޚީ ކަމަކާ ގުޅުން ހުރި އަދި މިހާރު 98 އަހަރުވެފައިވާ  ތަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިފަދަ ތަނެއް ނައްތާލުމަކީ ތާރީޚަށް ދެވޭނެ އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ހަދާފައިވާ ގާނޫނާ ވެސް ޚިލާފުކަމެއްކަން ފާހަގަ ކުރައްވައި އޭނާ ވަނީ އެކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލާފައެވެ.

އަދި ތަރިކައާ ބެހޭ ވުޒާރާއަށް ވެސް މިކަން ހުއްޓުވުމަށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ލިޔުއްވާފައި ވަނީ، މާލެ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެކަމަށެވެ. ނަމަވެސް ފާޑުކިއުންތައް އަމާޒުވާން ފެށުމުން ފަހުން މިނިސްޓަރ ކުރެއްވި ޕޯސްޓުގައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ އެތަނުގެ އަސްލު ނުގެއްލޭނެހެން ދިވެހި ސަޤާފަތާ އެއްގޮތަށް ބޮޑު ކުރުމަށް ކަމަށެވެ.

ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެތަނަށްވުރެ ދުވަސްވީ މިސްކިތްތައް ވެސް ބޮޑުކޮށް، ޒަމާނީކޮށް އާކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ އަސްލު ނުގެއްލޭނެހެން ދިވެހި ސަޤާފަތާ އެއްގޮތަށް ބޮޑު ނުކުރެވެންވީ އެއްވެސް އަސާސެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއީ މުޤައްދަސް ތަނެއް ނޫން ކަމަށާއި، މުޤައްދަސް ތަންތަންވެސް ބޮޑުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 ތީ މުޤައްދަސް ތަނެއް ނޫން، މުޤައްދަސް ތަންތަންވެސް އެއޮތީ ބޮޑު ކުރަނީ، އިބްރާހިމްގެފާނު ބިނާކުރި ގެފުޅުވެސް އެވަނީ ތަރައްޤީ ކޮށްފައި، މަސްޖިދުލް ޙަރަމްވެސް މަސްޖިދުލް ނަބަވީވެސް.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 

މިނިސްޓަރ ވިދާޅުވީ، އެ މިސްކިތަށް މިހާރު 98 އަހަރު ކަމަށާއި، 100 އަހަރު ފުރޭއިރު އެތަން ހުންނަންވާނީ ބޮޑުކޮށްފައި ކަމަށެވެ.

މިނިސްޓަރު ގެ އެ ނިންމެވުމަށް އެކި ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވީ، މާލޭގައި 98 އަހަރު ވެފައިވާ ތާރީޚީ މިސްކިތެއް ތަޅާލަން ސަރުކާރުން ނިންމި ނިންމުމަކީ، ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ މިސްކިތަކީ ރާއްޖޭގެ ސަގާފީ، ތާރީޚީ މުހިންމު ބިނާއެއްކަންވެސް ފައިސަލް ފާހަގަ ކުރެއްވިއެވެ.

މިފަދަ ބިނާތައް އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލު ތަކަށް ފެނިގެންދާ ގޮތަށް ބެހެއްޓުމަކީ، ޤައުމިއްޔަތު ދިރުވައި އާލާ ކުރުމާ އެކު، ޒުވާނުން ސަގާފަތާއި ތާރީޚަށް އޮންނަ ލޯބި އިތުރު ކުރުމަށް ކުރެވޭނެ މުހިއްމު މަސައްކަތަކަށް ވާނެ. ބަންޑާރަ މިސްކިތް ހުރި ބިމަކީ ޖާގަ ތަނަވަސް ބިމަކަށް ނުވާއިރު، މާލޭގެ އުތުރު ހާބަރު ރީޑިޒައިން ވެގެންދާއިރު، ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުމަށް މި ސަރަހައްދުން ޖާގަ ހޯދުމަކީ މުހިންމު ކަމެއް.
ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް

މިކަމާ ގުޅޭގޮތުން ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ ޙަސަން ޙަމީދު އޭނާ ގެ ބްލޮގްގައި ލިއުއްވާފައިވަނީ، މި މިސްކިތަކީ ދިވެހިރާއްޖޭގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މިސްކިތެއް ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހީން، ސަރުކާރުތަކުން ކުރާ ކަންތައްތަކާ މެދު ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނޭ ކަމަށާއި، ޒަމާނީ ބައެއް މިސްކިތްތަކަކީ މިސްކިތަށް ވުރެ ނައިޓްކްލަބްގެ ސިފަ ޖަހާ ތަންތަން ކަމަށެވެ.

މިކަންކަމުން އެނގެނީ، ދިވެހީން، ސަރުކާރުތަކުން ކުރާ ކަންތައްތަކާ މެދު ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނޭ ކަމެއް. ޒަމާނީ ބައެއް މިސްކިތް އަޅުގަނޑު ދެކެފީމެވެ. މިއިން ބައެއް ތަންތަނަކީ، މިސްކިތަށް ވުރެ ނައިޓްކްލަބްގެ ސިފަ ޖަހާ ތަންތަނެވެ. މަޢާފުކުރައްވާށެވެ! މިސްކިތަށް ޢާއްމުކޮށް ނާރާ ބަޔަކަށް މިސްކިތް ކުރަހަން ހަވާލުކުރީމާ ވަރަށް ޒަމާނީ ވާނެ. ވޭތިވެދިޔަ ދެ އަހަރެއްގެ ތެރޭގައި، ސަރުކާރުގެ ހާމަކޮށްފައިވާ ސިޔާސަތާ ކަނޑައެޅިގެން ޚިލާފު ކަންތައްތައް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވޭ.
ޑރ ޙަސަން ޙަމީދު

ޑރ ޙަސަން ހަމީދު ވިދާޅުވީ، ސަރުކާރުން ހާމަކޮށްފައިވާ ސިޔާސަތާ ކަނޑައެޅިގެން ޚިލާފު ކަންތައްތައް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވޭތުވެދިޔަ ދެ އަހަރެއްގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޒަކާތާ ބެހޭ އޮފީހަށް ”ޒަކާތު ހައުސް“ ކިއުމާއި، މަދަރުސާތަކުގައި އިސްލާމް މާއްދާ، އިނގިރޭސި ބަހުން ކިޔަވައިދިނުން އެންމެ ރަނގަޅު ކަމަށް ވަޒީރު ވިދާޅުވުން ހިމެނޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުންވެސް ގިނަ ބަޔަކު ގެންދަނީ ބަންޑާރަ މިސްކިތް ފަދަ އާސާރީ ބިނާއެއް ނެތިކޮށްލުމުގެ ބަދަލުގައި، ސަރުކާރުން އެކަމާ މެދު އަލުން ވިސްނުމަށް ގޮވާލަމުންނެވެ.

ހަމައެއާއެކު، ފާޑުކިޔުންތަކަށް އަމާޒުވުމުން މިނިސްޓަރު ގެ ރާގު ބަދަލުވެފައިވާތީވެސް ގިނަ  ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ރޯދަމަސް ނިންމާފައި ފަށާ ތަނެއްގެ ކުރެހުންވެސް މިހާރު އޮންނާނީ ނިމިފައިކަމަށާއި، އެ ޢާއްމުންނާ ޙިއްޞާކުރުމަށް ވެސް މިކަމުގައި ޝުއޫރު ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. 

ބަންޑާރަ މިސްކިތްޝަހީމް އަލީ ސައީދުތާރީޚުޤައުމީ ތަރިކަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވަޤުފް އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވާ ކަމަށް ޝަހީމް ވިދާޅުވިތާ އަހަރެއް ފަހުން ބިޑަކާއި ނުލާ 39 މިލިއަން ރުފިޔާ އަށް މަޝްރޫޢު އާރުސީސީ އާ ހަވާލުކޮށްފި

ވަޤުފް އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވާ ކަމަށް ޝަހީމް ވިދާޅުވިތާ އަހަރެއް ފަހުން ބިޑަކާއި ނުލާ 39 މިލިއަން ރުފިޔާ އަށް މަޝްރޫޢު އާރުސީސީ އާ ހަވާލުކޮށްފި

26 އޮކްޓޯބަރު 2025
އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

01 މެއި 2025
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު