Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަހީމް އަލީ ސައީދު

ވަޤުފް އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވާ ކަމަށް ޝަހީމް ވިދާޅުވިތާ އަހަރެއް ފަހުން ބިޑަކާއި ނުލާ 39 މިލިއަން ރުފިޔާ އަށް މަޝްރޫޢު އާރުސީސީ އާ ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީން ދާރުލްއަރުގަމް ވަޤުފު އިމާރާތް އެޅުމުގެ މަސައްކަތް އާރުސީސީ އާ ހަވާލު ކުރީ 39.4 މިލިއަން ރުފިޔާ އަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2025 | އާދީއްތަ 16:18
މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކުރުން

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކުރުން

ވަޤުފް އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވާ ކަމަށް ޝަހީމް ވިދާޅުވިތާ އަހަރެއް ފަހުން ބިޑަކާއި ނުލާ މަޝްރޫޢު އާރުސީސީ އާ ހަވާލުކޮށްފި އެވެ.

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް، ސަރުކާރުގެ ގިނަ މަޝްރޫއުތައް ދެމުންދާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލު ކުރީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދިޔަ މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އޭރު ވަގުފު އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަަމަށް ފާހަގަކުރައްވާފައެވެ.

އޭގެ ފަހުން މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަވެފައެވެ. އާދިއްތަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތް އާރުސީސީ އާ ހަވާލު ކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ބީއެމްއެލްގެ އިސްލާމިކް ފައިނޭސް އިން ހަރަދު ކުރާ ގޮތަށެވެ. މަޝްރޫއުގެ އަގަކީ 39،462،545.08ރ. އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އާރްސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަދައްކަވަމުން، ޝަހީމް ވަނީ މި އިމާރާތުން 100 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވެފައެެވެ. ކުރިން އެ ވުޒާރާ އިން ބުނިގޮތުގައި އެ ތަނުން އަހަރަކު މަދުވެގެން 10 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަަމަށް އަންދާޒާކުރެވެއެވެ.

12 ފްލޯ ހިމެނޭ އެ އިމާރާތުގައި ޒަމާނީ ވަސީލަތްތައް އެކުލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ. އަދި އެ އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ވާއިރު އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ޚާއްސަކުރުމަށް ހަމަޖެހިފައި ވަނީ ރިސެޕްޝަންގެ ގޮތުގައެވެ.

މީގެ އިތުރުން އެ ތަނުގެ ދެ ވަނަ ފަންގިފިލާ އިން ފެށިގެން 12 ވަނަ ފަންގިފިލާ އާއި ހަމައަށް އޮފީސް ހިންގުމަށާއި އަދި ބައްދަލުވުންތަކަށް ބޭނުން ކުރެވޭނެ އެކި ބައިތައް ހިމެނޭހެން ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިމާރާތުގެ ދެވަނަ ފްލޯގައި ކޮންފަރެންސް ހޯލެއް އަދި ފުރަތަމަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯ އަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތައް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޝަހީމް އަލީ ސައީދުވަޤުފު އިމާރާތްއާރުސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާއްމު މީހެއް ގެ ޝަކުވާ: އާރުސީސީ ގެ ސަބަބުން ގެއެއް ގަނބައިގެން ބޮޑެތި އެތައް ގެއްލުމެއް

އާއްމު މީހެއް ގެ ޝަކުވާ: އާރުސީސީ ގެ ސަބަބުން ގެއެއް ގަނބައިގެން ބޮޑެތި އެތައް ގެއްލުމެއް

06 ޑިސެމްބަރު 2025
ރައްޔިތުންނަށް އޮރެންޖެއް، ވެރިންނަށް އެތައް ސަތޭކަ މިލިއަން ރުފިޔާ!

ރައްޔިތުންނަށް އޮރެންޖެއް، ވެރިންނަށް އެތައް ސަތޭކަ މިލިއަން ރުފިޔާ!

10 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު