Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯމް މިނިސްޓްރީ ޕްރެސް

ޖެނުއަރީ މަހުގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުނި ހޯޕް އައިލެންޑް އޮތީ އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކޮށް

ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކުރުމަށް އުތުރުތިލަފަޅުގައި ގާއިމުކުރާ "ހޯޕް އައިލެންޑް" ގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކޮންޓްރެކްޓަރުން ހޯދުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ. ނަމަވެސް މި ޖެނުއަރީގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ކުރިން ވިދާޅުވި. ސެންޓްރަލް ޖަލާއެކު ތަރައްގީކުރާ މި މަރުކަޒަކީ 400 ކުދިންގެ ޖާގަ ހިމެނޭހެން، އެ ކުދިން މުޖުތަމައުން އެކަހެރިކޮށް ރީހެބިލިޓޭޓް ކުރުމަށް ހަދާ ތަނެއް. މި މަޝްރޫއު ނިންމައި 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ސަރުކާރުން ލަފާކުރޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 10:26
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން | ރާއްޖެއެމްވީ

މިދިޔަ ޖެނުއަރީ މަހުގައި "ހޯޕް އައިލެންޑް" ގެ އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވި ނަމަވެސް އެ މަސައްކަތް އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކުރާ ކަމަށް އިހުސާން ވިދާޅުވެއްޖެ އެވެ. 

ހޯޕް އައިލެންޑް ކުރިން ހަދަން ނިންމީ ދ. ވާނީ ގަ އެވެ. ނަމަވެސް މިހާރު އެތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގަ އެވެ. ހޯމްލޭންޑް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިދިިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު މިނިސްޓަރ އިހުސާން ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ނުކުރެ އެވެ. 

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ސެންޓަރަލް ޖަލާއި ހޯޕް އައިލެންޑް، ދެ ޕްރޮޖެކްޓް މިއީ އެކީގައި ކުރިއަށް ގެންދާނެ ދެ ޕްރޮޖެކްޓް ކަމަށެވެ. އަދި މިވަގުތު އުތުރުތިލަފަޅަކީ ޑެޒިގިނޭޓެޑް އޭރިއާ ކަމަށާއި، އެކަމަށްޓަކައި ތައްޔާރުކުރެވެންޖެހޭ ޕްލޭންތައް ނިމި، ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތަށް ދެން ކުރިއަށްދާނެ ކަމަށެވެ. 

މަސައްކަތް ކުރީގައިވެސް ދެންނެވިހެން، ހޯޕް އައިލެންޑް ވާނީ ކޮންޓްރެކްޓް ކުރެވޭ ހިސާބަށް ގޮއްސަ. ހަމަ އެއީ، ސެންޓަރަށް ޖަލު މިހާރު ދަނީ އެވޯޑިންގ ސްޓޭޖްގެ އިވެލުއޭޝަންގެ މަރުޙަލާގައި. މި ދެ މަސައްކަތް ވެސް އެއްކޮށް ނިންމައި، މި ތަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި 2028 ގެ ފުރަތަމަ ކުއާޓަރތެރޭގައި ޚިދުމަތަށް ނެރެވޭނެ. އެހެންނަމަވެސް، ސެންޓަރަލް ޖަލު އަޅުގަނޑުމެންނަށް ބޮޑަށް ބެލެވޭ، 2027 ވަނަ އަހަރުގެ އޭގެ ބައެއް ކޮމްޕޯނަންޓުތައް ޚިދުމަތަށް އަޅުގަނޑުމެންނަށް ނެރެވިދާނެ ކަމަށް މިހާރު މި ކުރެވޭ މަސައްކަތް މި ސްޕީޑުގައި ގެންދެވޭ ކަމަށް ވެއްޖެއްޔާ އިނގޭތޯ. 
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން 

މިނިސްޓަރ ވިދާޅުވީ ހޯޕް އައިލެންޑް ކޮންސެޕްޓްގެ ތެރެއިން އެފަދަ ކުދިން އަޅުގަނޑުމެން ގާނޫނުގައި މިހާރު ދީފައިވާ ޕްރޮވިޝަންތަކުގެ އަލީގައި އެ ކުދިން މުޖުތަމަޢުން އެކަހެރިކޮށް، އެ ކުދިންނަށް މިހާރު މި އުފެދިފައި އޮތް އުނދަގޫ ނުވަތަ ހިރާސްތަކުން ފުރިގެންވާ މާޙައުލުން އެ ކުދިން ނަގާ ސޭފް މާޙައުލަކަށް ލާފައި އެ ކުދިންނަށް ބޭނުންވާ ފުރުޞަތުތައް އެ އުންމީދުތައް އަޅުގަނޑުމެން އެ ކުދިންނަށް ހޯދައިދޭނެ ކަމަށެވެ.

އަދި އެ ކުދިންނަކީ މިވަގުތު އަދި ކުށުގެ މާޙައުލުގައި އުޅުނަސް ނުވަތަ ކުށެއް ކުރެވިފައި އޮތަސް، ނުވަތަ ކުށަށް އަރައިގަތުމުގެ ރިސްކުގައި ތިއްބަސް. އެ ކަންކަމުން އެ ކުދިން ނެއްޓޭނެ މަގު ދައްކާ، ރީހެބިލިޓޭޓްކޮށް، އެކުދިންނަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ، އަދި އެކުދިންގެ މައިންބަފައިން ވެސް ފަޚުރުވެރިވެފައިވާ ގޮތަށް ކުދިންނަށް ހެދުމަށްޓަކައި ގެންދަންޖެހޭ ޕްރޮގްރާމުތައް އެ ސެންޓަރުގެ ގެންދާނެ ކަމަށް މިިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

އެހެންވީމާ، މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ، މިފަދަ ސެންޓަރެއް ގާއިމުކޮށް، ގާތްގަނޑަކަށް 400 ވަރަކަށް ކުދިންނަށް އެއް ފަހަރަށް ޚިދުމަތްދެވޭ މިފަދަ ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރުން ޚިދުމަތްދޭން ފެށުން. އަޅުގަނޑުމެންނަށް މިހާރު ކުރެވުނު މަސައްކަތުގައި ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ ކުށަށް ތަޙުޤީޤުކޮށް، މި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމާއި، އަދި މި ވަގުތު މި ކަންކަމުގެ ތެރޭގައި ތާށިވެފައި ތިބި ކުދިންނަށް އެހީވެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއި، އަދި ޖުމުލަކޮށް އިޖުތިމާޢީ ގޮތުން މިހިރަ މައްސަލަތައް ޙައްލުކުރުން. މިއީ އަޅުގަނޑުމެންގެ ތަފާތު މައިގަނޑު ތިން ސިޔާސަތު މިހާރު ކުރިއަށް އެނގޭތޯ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން 

 މިިސްޓަރ މިފަދައިން ވިދާޅުވި ނަމަވެސް ކުރިން ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. 

މީގެ ކުރިން މެއި 2024 ގައި ވެސް މިނިސްޓަރު އިހުސާން ވަނީ ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ގެ މަސައްކަތް ފެށި ކަމަށް ވިދާޅުވެފަ އެވެ. އެއިރު ވިދާޅުވީ ހޯޕް އައިލެންޑް ހެދުމަށްޓަކައި މިހާރު ކުރަމުންދަނީ އެތަނުގެ ޕްލޭނިންގެ މަސައްކަތް ކަމަށެވެ.

ހޯޕް އައިލެންޑްއުތުރު ތިލަފަޅުދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

05 މާރިޗު 2026
ރާއްޖޭ ގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން މުއިއްޒު ސަރުކާރުން ހުށަހެޅުމުން އދ ގައި ހޫނު ބަހުސެއް ހިނގައިފި

ރާއްޖޭ ގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން މުއިއްޒު ސަރުކާރުން ހުށަހެޅުމުން އދ ގައި ހޫނު ބަހުސެއް ހިނގައިފި

28 ޖެނުއަރީ 2026
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ހާމަކުރަން ބުނި އުތުރު ތިލަފަޅު އެގްރީމެންޓް ވެސް ހާމަނުކުރި، އެ އެއްބަސްވުމަށް ބަދަލެއް ވެސް ނާދޭ

ހާމަކުރަން ބުނި އުތުރު ތިލަފަޅު އެގްރީމެންޓް ވެސް ހާމަނުކުރި، އެ އެއްބަސްވުމަށް ބަދަލެއް ވެސް ނާދޭ

06 މެއި 2025
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކޮށް ޖަވާބުދާރީވުމަށް ޖުމްލަ ދޮޅުގަޑިއިރު

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު