Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ

ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި، އެ ބިދޭސީން ތިބި ތަނުގެ 100 އިންސައްތަ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކުރެވޭނެ - އިހުސާން

ވޯރކް ޕަރމިޓްގައި ތިބި މީހުން ފުރައިގެން ދިޔަ ނަމަވެސް އެކަން ކަމާއި ގުޅުން ހުރި އިދާރާތަކަށް ނޭނގި ހުރި ކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޖޫން 2024 | އަންގާރަ 08:20
ރާއްޖޭގައި ތިބި ބައެއް ބިދޭސީން ފުރަން ގޮސް ތިއްބާ ނަގާފައިވާ ފޮޓޯ އެއް

ރާއްޖޭގައި ތިބި ބައެއް ބިދޭސީން ފުރަން ގޮސް ތިއްބާ ނަގާފައިވާ ފޮޓޯ އެއް

ރާއްޖޭގައި ތިބި ބިދޭސީންނާއި އެ ބިދޭސީން ތިބި ތަނުގެ 100 އިންސައްތަ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޤަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބެލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޭޓާ ބަލަހަައްޓަމުންދާ ނިޒާމް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބަލާއިރު މި ވަގުތު އެ ނިޒާމްގެ ތެރެއިން އެނގެން އޮތީ ރާއްޖޭގައި ތިބި ބިދޭސީން ތިބި އަދަދަށް ވުރެ ބޮޑަށް ރާއްޖެ އަށް މީހުން ގެނެވިފައި ހުރި އެކްޓިވް ވޯރކް ޕަރމިޓުގެ އަަދަދު ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވޯރކް ޕަރމިޓްގައި ތިބި މީހުން ފުރައިގެން ދިޔަ ނަމަވެސް އެކަން ކަމާއި ގުޅުން ހުރި އިދާރާތަކަށް ނޭނގި ހުރި ކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. އިހުސާން ވަނީ ރާއްޖެގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ހިމެނޭހެން، އެ މީހުން އެނގޭނެ ގޮތަށް އެ މީހުންގެ އިނގިލީގެ ނިޝާން ނަގާ، އެ މީހުންގެ ފޮޓޯ ނެގުމަށް ފަހު ރާއްޖޭގައި ލިބެން ހުރި ޑާޓާ ބޭސް އާއި އަޅާ ކިޔުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. މިހާރު އެ މަރުހަލާގެ ތެރެއިން ޑާޓާ އެއްކުރުމަށް ފުރަތަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެ މަސައްކަތް ކުރިއަށް ދިޔައީ ހިންމަފުށީގައި ކަަމަށް ފާހަގަކުރައްވާ އިހުސާން ވަނީ އެ ރަށުގެ ބިދޭސީންގެ ހާލަތު އެ ޑާޓާ އިން ދެނެގަނެވުނު ގޮތް ކޮމިޓީ އާއި ހިއްސާކުރައްވާފައެވެ. އެ ރަށުގެ ކުރީގެ ޑާޓާތަކުން އެނގޭ ގޮތުން އެ ރަށުގައި ތިބި ކަމަށް އެނގެން އޮތީ 600 އެއްހާ ބިދޭސީން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންނަމަވެސް ފަހުން ކުރި މަސައްކަތުން އެ ރަށުގައި 800 އެއްހާ ބިދޭސީން ތިބިކަން އެނގިފައިވާ ކަމަށާއި، ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާ އިރު މުޅި ރާއްޖޭގެ ހާލަތު އޮތީ އެހެންކަމަށް ވުން އެކަށީގެންވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ކުރީގެ ޑާޓާ އާއި ފަހުގެ ޑާޓާ އަޅާ ކިޔުމަށް ބޭނުންވާ ސޮފްޓްވެއަރގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތް މުޅި ރާއްޖޭގައި އެއް ފަހަރާ ކުރިއަށް ގެންދިއުމަށްޓަކާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރަން ނިންމަވާފައިވާ ކަަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އިހުސާން އިތުރަށް ވިދާޅުވީ އެ ޑާޓާ ބޭސް އެކުލަވާލުމުން، ޑާޓާ ހިމެނޭ ސޮފްޓްވެއަރ އަށް ފުލުހުންނާއި ކައުންސިލަށް އެކްސެސް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަަމަށެވެ. އެ މަރުހަލާ ނިމުމުން ރިއިންޓްރެގްރޭޝަންގެ މަރުހަލާ ފަށާނެ ކަމަށާއި، ފަސޭހަ ކަމާއި އެކު މަސައްކަތަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށާއި އެކަން ކުރާނީ ޤަވައިދަށް ބަދަލު ގެނެސްގެން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންބިދޭސީން

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު