Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ ހައްގުތައް

ރާއްޖޭ ގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން މުއިއްޒު ސަރުކާރުން ހުށަހެޅުމުން އދ ގައި ހޫނު ބަހުސެއް ހިނގައިފި

މުއިއްޒު ސަރުކާރުން ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރަން ހުށަހަޅާފައިވާއިރު އދ އިން ވަނީ މި އިސްލާހު ގެންނަންޖެހޭ ސަބަބުތައް ސާފުކޮށްދިނުމަށް ސަރުކާރުގެ ކިބައިން އެދި، މިކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 10:38
ދިވެހި ކުޑަކުދިންތަކެއް ތޮށިގަނޑުމަތީގައި އިށީނދެގެން.

ދިވެހި ކުޑަކުދިންތަކެއް ތޮށިގަނޑުމަތީގައި އިށީނދެގެން. | ޔުނިސެފް

ދިވެހިރާއްޖޭ ގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް މުއިއްޒު ސަރުކާރުން ރާވާފައިވާ ކަމަށް އދ. އަށް ހުށަހަޅައިފި އެވެ.

އދ. އިން ކުރިއަށް ގެންދިޔަ ޕީރިއޮޑިކް ރިވިއު ގެ ތެރެއިން، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ދިފާއުކޮށް، އެއީ ކުޑަކުދިން ކުށްކުރާ ގްރޫޕްތަކަށް ރެކްރޫޓްކުރުން ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

ނަމަވެސް، އދ. ގެ މާހިރުންނާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މިކަމުގެ ސަބަބުން ކުޑަކުދިން ކުށްވެރިވުމުގެ ފުރުސަތު ބޮޑުވެ، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރު.ސީ) އިން ކުރިއަށްގެންދިޔަ އެންމެ ފަހުގެ މުރާޖައާ ގައި ވަނީ ބޮޑެތި ހޫނު  ބަހުސްތަކެއް ކުރެވިފަ އެވެ. މި ބައްދަލުވުމުގައި ކޮމިޓީން ވަނީ މި އިސްލާހު ގެންނަންޖެހޭ ސަބަބުތައް ސާފުކޮށްދިނުމަށް ސަރުކާރުގެ ކިބައިން އެދި، މިކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ރިވިއު އަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ސީ.އާރު.ސީ) މެންބަރު ގައުމުތަކުން ތަންފީޒުކުރާ މިންވަރު ބެލުމަށް ކޮމިޓީން ގަވައިދުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.

ރާއްޖެ އާ ގުޅޭގޮތުން ބޭއްވި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމުން ރައްކާތެރިކުރުމާއި، އާންމު ރައްކާތެރިކަމާއި އަސާސީ ހައްގުތަކާ ގުޅޭ ގޮތުން އެންމެންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމުގެ މައްޗަށެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ 150 އަށް ވުރެ ގިނަ ކުޑަކުދިން ޖިނާއީ އެކި ހަރަކާތްތަކުގައި ބައިވެރިވެފައިވެ އެވެ.

މިހާރު އޮތް ގާނޫނީ އޮނިގަނޑުގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ވުމުން، އެ ކުދިންނަށް ލިބިދޭ ފުޅާ ރައްކާތެރިކަމުގެ ސަބަބުން، ކުށްތަކުން އެކުދިން ދުރުކުރުމަށާއި އިސްލާހުކުރުމަށް ދައުލަތުން އެކަމުގެ ތެރެއަށް ވަނުމަށް ވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ބުނެފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޖިނާއީ ގޮތުން ޒިންމާ އުފުލަން ނުޖެހޭތީ، ކުށްކުރާ ގްރޫޕްތަކުން އެ ކުދިންގެ ނާޖާއިޒު ފައިދާ ނަގައި، ކުށްތައް ކުރުމުގައި އެކުދިން ބޭނުން ކުރުން އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން މިކަމާ ދެކޮޅު ހަދަމުން ބުނެފައި ވަނީ، ޖިނާއީ މަސްއޫލިއްޔަތުގެ އުމުރު ދަށްކުރުމުން ކުޑަކުދިންނަށް އާ ބާވަތްތަކުގެ އަނިޔާތަކާއި، ކުށްވެރިވުމުގެ ބިރު ބޮޑުވެގެންދާނެ ކަމަށެވެ.

ސީ.އާރު.ސީގެ މާހިރުން ވެސް ވަނީ މި ފިޔަވަޅުގެ ނަތީޖާ އާ މެދު ސުވާލު އުފައްދައި، އިޖުތިމާއީ، ތައުލީމީ އަދި އާއިލީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އެހެން ތަފާތު ގޮތްތަކެއް ހުރިތޯ ސަރުކާރުގެ މަންދޫބުންނާ ސުވާލުކުރައްވާފަ އެވެ.

ސަރުކާރުގެ ފަރާތުން މިނިސްޓަރ އިހުސާން މި އިސްލާހު ދިފާއުކުރައްވަމުން ވިދާޅުވީ، އަމާޒަކީ ބެލުމެއް ނެތި ވަކި ބަޔަކަށް އަދަބު ދިނުން ނޫން ކަމަށާއި، ނަމަވެސް އަނިޔާވެރި ބޮޑެތި ކުށްތައް މިހާރު ވެސް ކޮށްފައިވާ 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުން ކަމަށެވެ.

މި މޭރުމުން، 2025 ވަނަ އަހަރު އަމަލުކުރަން ފެށި ގޭންގު ކުށްތަކާ ބެހޭ އާ ގާނޫނަށް ސަރުކާރުން ރިއާޔަތްކުރަމުން ބުނެފައި ވަނީ މި ގާނޫނުގެ ދަށުން ކުޑަކުދިންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން 25 އަހަރުގެ ޖަލު ހުކުމަކާއި 10 މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މަޝްވަރާތަކުގެ ތެރޭގައި ސީ.އާރު.ސީގެ އޮފިޝަލުން ވަނީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި އެހެނިހެން މައްސަލަތަކަށް ވެސް އަލިއަޅުވާލާފަ އެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ހިމެނެ އެވެ.

އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ދަށުން، މަރުގެ އަދަބު ދިނުމަކީ ކުށުގެ ޝިކާރައަކަށްވި މީހާގެ ވާރިސުންނަށް ލިބިގެންވާ ހައްގަކަށްވާއިރު، ކުޑަކުދިން ކުރާ ކުށްތަކުގައި މަރުގެ އަދަބު ދިނުމާ މެދު މާހިރުން ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން، ޖިސްމާނީ އަދަބު ދިނުމާ މެދު ވެސް މާހިރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ގިނަ ބާވަތްތަކުގެ ޖިސްމާނީ އަދަބު ދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ނަމަވެސް، ބައިނަލްއަގުވާމީ މިންގަނޑުތަކާ ނުގުޅޭ ބައެއް ކަންކަން އަދިވެސް ރާއްޖޭގައި ހުރިކަން ފާހަގަކުރެއްވި އެވެ.

އަދި ކޯޓު މަރުހަލާތަކުގައި ބޭނުންކުރާ ބަސްމަގު އުނދަގޫވުމާއި ގާނޫނީ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން، އަދުލުގެ ނިޒާމުގައި ބައިވެރިވުމަށް ކުޑަކުދިންނަށް ހުރި ދަތިތައް ވެސް މަޝްވަރާތަކުގައި ފާހަގަ ކުރެވުނެވެ.

ކުދިން އާއިލާ އާ ވަކިކުރުމުގެ މައްސަލަ އަށް ވެސް އަލިއަޅުވާލެވުނެވެ. ގާނޫނު ބާރުއަޅަނީ އާއިލީ މާހައުލެއްގައި ކުދިން ބެލެހެއްޓުމަށް ނަމަވެސް، ގިނަ ކުދިން އަދިވެސް ދިގު މުއްދަތަކަށް ދައުލަތުގެ މަރުކަޒުތަކުގައި ތިބެންޖެހޭކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހިދުމަތްތައް، ހާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އެޗް.އާރު.ސީ.އެމް އިން ފާހަގަކުރި އެވެ.

މި އިސްލާހާ އެކު، ސަރުކާރުން ވަނީ ހާއްސަ ސިޔާސަތެއް ވެސް ކޮމިޓީއަށް ހުށަހަޅާފަ އެވެ. އެއީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން "ހޯޕް އައިލެންޑް" ގެ ނަމުގައި ހާއްސަކުރެވޭ ރަށެއްގައި ހުންނަ ރިހެބިލިޓޭޝަން މަރުކަޒަކަށް ބަދަލުކުރުމެވެ.

މި މަޝްވަރާތަކަށް ފަހު، މިނިވަން 18 މާހިރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އަކުން ދިވެހި ސަރުކާރުން ހުށަހެޅި ލިޔެކިޔުންތަކަށާއި މަދަނީ ޖަމިއްޔާތަކުގެ ރިޕޯޓްތަކަށް ބިނާކޮށް، ކުރިއަށް އޮތް ހަފުތާތަކުގައި ރަސްމީ ލަފަ އެއް ދޭނެ އެވެ.

ދިވެހި ވަފުދުގެ އިސްވެރިޔަކަށް ހުންނެވި، އެޓާނީ ޖެނެރަލް އަލްއުސްތާޒް. އަހުމަދު އުޝާމް ވިދާޅުވީ، ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.

ޔޫއެން ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްހޯޕް އައިލެންޑްޖިނާއީ ކުށުގެ ޒިންމާއެޗްއާރްސީއެމްކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޗްއާރްސީއެމްގެ ރައީސް އަކަށް ރަމީލާ އައްޔަނު ކުރުމަށް ފަހު 15 މިނެޓުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި

އެޗްއާރްސީއެމްގެ ރައީސް އަކަށް ރަމީލާ އައްޔަނު ކުރުމަށް ފަހު 15 މިނެޓުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި

06 ޖެނުއަރީ 2026
އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

05 ޖެނުއަރީ 2026
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

11 އޮކްޓޯބަރު 2025
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު