Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާ ގައި ސިހުރުގެ ހެދި ކަމުގެ ތުހުމަތުގައި މަންމަ އާއި 10 މަހުގެ ދަރިފުޅު އަންދާލައި މަރާލައިފި

މި ހާދިސާގައި އެ އަންހެންމީހާގެ ފިރިމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ޖަރީމާ ހިންގާފައިވަނީ އަވަށުގެ މީހަކު ބަލިވެ މަރުވުމަކީ ސިހުރުގެ ސަބަބުން ވީކަމެއް ކަމަށް ބަލައި ބަދަލުހިފުމުގެ ގޮތުން. އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2000 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު ސިހުރު ހަދާކަމުގެ ތުހުމަތުގައި އެ ގައުމުގައި 2,500 އަށްވުރެ ގިނަ މީހުން މަރާލާފައިވޭ.

ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 11:18
މި މީހުން މަރާލުމުގެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޖަރްކަންދު ސްޓޭޓްގެ ކުޑްސައި އަވަށުގައި.

މި މީހުން މަރާލުމުގެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޖަރްކަންދު ސްޓޭޓްގެ ކުޑްސައި އަވަށުގައި. | ބީބީސީ

އިންޑިއާގެ އިރުމަތީ ޖަރްކަންދު ސްޓޭޓުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަންހެނަކާއި އޭނާގެ 10 މަހުގެ ފިރިހެން ދަރިފުޅު އަންދާލައި މަރާލި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި ހަމަލާގައި އެ އަންހެންމީހާގެ ފިރިމީހާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ހަށިގަނޑުގެ ބޮޑުބައެއް ފިހިގެން އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނި ގޮތުގައި މި ޖަރީމާގައި ބައިވެރިވި ކަމަށް ބެލެވޭ އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުން މިހާރު ތިބީ ބަންދުގައެވެ. 

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2000 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު ސިހުރު ހަދާކަމުގެ ތުހުމަތުގައި އެ ގައުމުގައި 2,500 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިދިޔަ އަންގާރަ ދުވަހު ޖިއޯތީ ސިންކޫ އާއި އޭނާގެ ދަރިފުޅު މަރާލާފައި މިވަނީ، އަވަށްޓެރި ބިހާރު ސްޓޭޓުގައި ވެސް ސިހުރު ހަދާކަމުގެ ތުހުމަތުގައި އެއް އާއިލާއެއްގެ ފަސް މީހަކު ރަހުމުކުޑަ ގޮތަކަށް ދިރިތިއްބާ އަންދާލިތާ މަސްތަކެއް ފަހުންނެވެ.

މިފަދަ ހާދިސާތައް އާންމުކޮށް ރިޕޯޓްކުރެވެނީ ތައުލީމާއި ވަސީލަތްތަކުން މަހުރޫމްވެފައިވާ ގަބީލާތައް ދިރިއުޅޭ ސަރަހައްދުތަކުންނެވެ. އެ ސަރަހައްދުތަކުގައި ކޮންމެ ކަމަކީ ސިހުރުގެ ސަބަބުން ވާކަމެއް ކަމަށް ގަބޫލުކުރުން އާންމުވެފައިވާއިރު، ސިއްހީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ބަލިމީހުންނަށް ފަރުވާ ހޯދުމަށް ބަރޯސާވާން ޖެހެނީ ސިއްހީ ތައުލީމެއް ލިބިފައި ނުވާ އަމިއްލައަށް ފަރުވާދޭ މީހުންނަށެވެ.

ޖަރްކަންދުގައި މި މަރުތައް ހިނގާފައިވަނީ އެ ސްޓޭޓުގެ ވެރިރަށް ރާންޗީއާ 250 ކިލޯމީޓަރު (155.3 މޭލު) ދުރުގައި އޮންނަ، ކުޑްސާއީ ނަމަކަށް ކިޔާ އެކަހެރި އަވަށެއްގައެވެ. މި އަވަށަކީ ގާތްގަނޑަކަށް މަށިން ހަދާފައިވާ 50 ވަރަކަށް ގެ ހުންނަ ފަގީރު ސަރަހައްދެކެވެ.

މި ހަމަލާ ދޭން މެދުވެރިވީ އެ އަވަށުގައި ފަހަކަށް އައިސް ހިނގި ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ގެރިތަކެއް މަރުވުމާއި، ޕުސްތުން ބިރުއާ ނަމަކަށް ކިޔާ މީހަކު ބަލިވެ މަރުވުމުން ފެތުރުނު އަޑުތައް ހިމެނެއެވެ.

ޕުސްތުން ބިރުއާގެ އަންހެނުން ޖާނޯ ބިރުއާ ބުނި ގޮތުގައި، އޭނާގެ ފިރިމީހާ ހާސްވެ، ހޭނެތޭ ބަލި ޖެހުމުން ފަރުވާ ހޯދުމަށް ދިޔައީ އަވަށުގައި އުޅޭ ފަރުވާދޭ މީހެއްގެ ގާތަށެވެ. އެއީ އެ ސަރަހައްދުގައި ޑޮކްޓަރުން ނުތިބޭތީއެވެ. އެ މީހާ ވަނީ ޕުސްތުން ބިރުއާ ބަލިވީ އެއްވެސް ޖިސްމާނީ ބައްޔެއްގެ ސަބަބުން ނޫން ކަމަށް ބުނެފައެވެ.

ފިރިމީހާ ހޮސްޕިޓަލަކަށް ނުގެންދިޔައީ ކީއްވެތޯ ސުވާލުކުރުމުން ޖާނޯ ބުނީ، އެމީހުންނަކީ ވަރަށް ފަގީރު ބައެއް ކަމަށާއި، އެހާ ދުރަށް ފިރިމީހާ ގެންދެވޭނެ ފޯރުންތެރިކަމެއް ނެތް ކަމަށެވެ.

މި ދަނޑިވަޅުގައި، ޕުސްތުން ބިރުއާ ބަލިވީ ޖިއޯތީ ސިންކޫ ސިހުރު ހެދުމުން ކަމަށް ބުނެ އަވަށު ތެރޭގައި އަޑުތައް ފެތުރުނެވެ.

ޕުސްތުން ބިރުއާ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު މަރުވުމާއެކު، އެ ރޭގެ ވަގުތެއްގައި 12 ވަރަކަށް މީހުންގެ ގްރޫޕަކުން ޖިއޯތީގެ ގެއަށް ވަދެގަތެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ޖިއޯތީގެ ފިރިމީހާ ކޮލްހާން ސިންކޫ ބުނި ގޮތުގައި، އެ ގްރޫޕުގައި ފަސް އަންހެނުން ވެސް ހިމެނެއެވެ. އެމީހުން ވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ގައިގައި އަލިފާން ޖަހާފައެވެ.

ހޮސްޕިޓަލުގެ އެނދުގައި އޮވެ އެ ބިރުވެރި ހާދިސާ ކިޔައިދެމުން ކޮލްހާން ބުނީ، މި މައްސަލަ އަވަށު ކައުންސިލް މެދުވެރިކޮށް ހައްލުކުރުމަށް އާދޭސްކުރި ނަމަވެސް، ހަމަލާދިން މީހުން އެ އަޑު ނޭހި ކަމަށެވެ.

ކޮލްހާން ސިންކޫ އާއި އެ އާއިލާގެ އިތުރު މެންބަރަކު ދިން ބަޔާނަށް ބިނާކޮށް، ޑިސްޓްރިކްޓް ފުލުހުން މިހާރު ވަނީ މީހަކު މެރުމާއި ޖިނާއީ ރޭވުމެއް ރޭވިކަމުގެ މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ.

ފުލުހުން ބުނީ މިހާތަނަށް ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި ހަމަލާގައި ބައިވެރިވި އެހެން މީހުން ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، މިފަދަ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށާއި، ކޮންމެ ކަމަކީ ސިހުރުގެ ސަބަބުން ވާކަމެއް ކަމަށް ގަބޫލުކުރާ ކުރުން ހުއްޓުވުމަށް ރަށްފުށުގެ ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްދަރު: ބީބީސީ

އިންޑިއާސިހުރު

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟

21 ފެބުރުއަރީ 2026
އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟
26 ޖެނުއަރީ 2026

ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި

26 ޖެނުއަރީ 2026
ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި
13 ޖެނުއަރީ 2026

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

13 ޖެނުއަރީ 2026
މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ
15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު