Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވީއައިއޭ އިން ފޭރުނު ފައިސާގެ މައްސަލަ

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

ބީއެމްއެލްގެ މުވައްޒަފުންގެ އަތުން ފޭރުނު ސޫޓް ކޭސް ގައި 130،000 ޑޮލަރު ހުރި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 03:19
ހޯމް މިނިސްޓަރު އަލީ އިޙުސާންގެ އަރިހުގައި ސީޕީ ނަވީން

ހޯމް މިނިސްޓަރު އަލީ އިޙުސާންގެ އަރިހުގައި ސީޕީ ނަވީން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލް ގެ މުވައްޒަފުން އަތުން ގިނަ އަދަދެއް ގެ ޑޮލަރު ތަކެއް ފޭރުނު މައްސަލާގައި ޑޮލަރުތައް ފެނިފައިވޭތޯ ސުވާލުކުރުމުން އެކަމުގެ އަޕްޑޭޓެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މި ދިޔަ އޮކްޓޫބަރު މަހު ގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އެމީހުންނަށް ބިރު ދައްކައި، ފައިސާ ހުރި ސޫޓް ކޭސް ފޭރިގަނެފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ.

ފޭރިގަނެފައިވާ ސޫޓްކޭސް ގައި 130،000 ޑޮލަރު ހުރިކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ ފައިސާ އަކީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން އެ ދުވަހު ދޫކުރަން ހަމަޖެހިފައިވާ ޑޮލަރެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 4 މީހަކު ވެސް ހައްޔަރު ކޮށްފަ އެވެ. އެ މީހުންނަކީ ލ. މާވަށް / ރޭޝަމް، މާޒިން މޫސާ (25އ) އާއި މާލެ / މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)، ކ. ގުރައިދޫ / އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ) އަދި ކ. ގުރައިދޫ / އަޅިވިލާގެ، ޙުސައިން ޝަހުދު (30އ) އެވެ.

ފޭރުނު ސޫޓޫ ކޭހުގައި ހުރި ޑޮލަރުގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. މިހާތަނަށް އައި އިރު ގެއްލިފައިވާ ފައިސާއާ ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައި ނުވެ އެވެ. މީގެ ކުރިން އެކި ފަހަރު މަތިން އެހުމުން ވެސް ފުލުހުން ބުނީ އަދި މީޑިއާ އާ މިވަގުތު ހިއްސާ ކުރާނެ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ.

އޭގެ ފަހުން ގާތްގަނޑަކަށް މަސް ދުވަސް ފާއިތުވެފައިވާއިރު ރާއްޖެއެމްވީ އިން އެ ފައިސާ ފެނިފައިވޭތޯ ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ "އަޕްޑޭޓެއް ނެތް" ކަމަށެވެ.

މިފަދަ މައްސަލަތަކުގައި ފުލުހުން ކުރަންޖެހޭ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ހުރި ލަސްކަމާއި، ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އިންސާފު ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުން ފާޅު ކުރަމުންނެވެ.

އެއާއެކު ފުލުހުން ވަނީ އެ މުއައްސަސާގެ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ފުލުހުންގެ ބަޔާންތަކުގައި ފާހަގަ ކުރާ ކަންކަމާ ރައްޔިތުންނަށް ދޭ ޔަގީން ކަމަށް މިހާރު އެއްވެސް ރައްޔިތަކު އިތުބާރު ނުކުރާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްޕޮލިސްޑޮލަރު ފޭރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު