Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓް ލިސްޓު މައްސަލަ

ފްލެޓް މައްސަލައަށް ހައްލުނުލިބި އާންމުން އަނެއްކާ ވެސް ހައުސިންގ މިނިސްޓްރީ ދޮށަށް އެއްވެ އަޑުއުފުލައިފި

ކުރީ ސަރުކާރުން އެގްރިމެންޓް ދީފައިވާ މީހުންނަށް ފްލެޓް ނުދީ ހިފަހައްޓަމުންދާތީ އާއްމުން ދަނީ ހައުސިންގ މިނިސްޓްރީ ދޮށަށް އެއް އަޑުއުފުލަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 12:05
ކުރީ ސަރުކާރުން އެގްރިމެންޓް ދީފައިވާ މީހުންނަށް ފްލެޓް ނުދީ ހިފަހައްޓަމުންދާތީ އަނެއްކާ ވެސް އާއްމުން ހައުސިންގމިނިސްޓްރީ ދޮށަށް އެއްވުން: ގިނަ މީހުންގެ ކަންބޮޑުވުމަކީ ފްލެޓް މައްސަލައިގެ އެވެސް އަޕްޑޭޓެއް ނުލިބުން

ކުރީ ސަރުކާރުން އެގްރިމެންޓް ދީފައިވާ މީހުންނަށް ފްލެޓް ނުދީ ހިފަހައްޓަމުންދާތީ އަނެއްކާ ވެސް އާއްމުން ހައުސިންގމިނިސްޓްރީ ދޮށަށް އެއްވެއްޖެ އެވެ.

އާއްމުން ހައުސިން މިނިސްޓްރީ ދޮށަށް އެއްވެފައި މިވަނީ ބުދަ ދުވަހު ހެނދުނު 10 ޖަހާކަންހާއިރުގަ އެވެ. އެގޮތުން ގިނަ އަދަދެއްގެ އާއްމުން ހައުސިން މިނިސްޓްރީ ކައިރިއަށް ޖަމާވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދިން 4000 ފުލެޓް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހަވާލުކޮށް ނިންމާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހު 6 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރުން އެގްރިމެންޓް ދީފައިވާ މީހުންނަށް ފުލެޓު ނުދީ ހިފަހައްޓާކަމަށް ބުނެ ގިނަ ބަޔަކު ހައުސިންގ މިނިސްޓްރީއަށް ދޮށަށް ވަނީ އެއްވެ ފައެވެ.

ހައުސިން މިނިސްޓީ ދޮށަށް އާންމުން އެއްވެ ޝަކުވާ އުފުލަމުން ގެންދިޔަ އިރު، އެ ފަރާތްތަކުން ބުނީ ދިޔަ ސަރުކާރުން ފްލެޓް ލިބޭ މީހުންނަށް އެއްބަސްވުންތަކެއް ހަވާލުކޮށްފައި އެބަ ހުރި ކަމަށާއި އެގޮތުން އޭގެތެރެއިން 75 މާކްސް ލިބިފައި ތިބި ފަރާތްތަކަށް މިވަގުތަށް މަޑުޖައްސާލެވިފައި ހުރި ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ހައުސިންގް މިނިސްޓްރީން އެފަދައިން ބުނެފައިވީ ނަމަވެސް އޭގެ ފަހުން މިއަދާއި ހަމައަށް ވެސް އެކަމުގެ އެއްވެސް އަޕްޑޭޓެއް އެ ފަރާތްކަކަށް ލިބިފައިނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ ދިމާވެގެން މިއުޅޭ މައްސަލަކީ، ނިމިދިޔަ ސަރުކާރުން އެގްރީމެންޓް ތަކެއް ހަވާލުކުރެވިފަ އެބަ ހުރި. އޭގެ ތެރޭގައި 75 އިން މި އެގްރީމެންޓް ދީފައި ހުރި ފަރާތްތައް މިވަގުތަށް މަޑުޖައްސާލެވިފައި އޮތްކަމަށް ހައުސިންގ މިނިސްޓްރީން ބުނެފަ ވަނީ. އެހެން ނަމަވެސް މީގެ އަޕްޑޭޓް އެއް މިއަދާއި ހަމައަށް ވެސް، ފްލެޓް ތަކަށް ހަދަނީ ކިހިނެއްކަން، ނޫނީ އެ އެގްރީމެންޓްތައް ދެން ކޮންއިރަކުންތޯ އެ އަށް އމަލުކުރަން ފައޓާނީ، މީގެ އަޕްޑޭޓެއް ލިބޭނީ ކޮންއިރަކުންތޯ، މީގެ އެއްވެސް ޖަވާބެއް އެއްވެސް ފަރާތަކުން ދީފައެއް ނުވޭ. މިއަދު ވެސް ހެނދުނު 10 ޖެހިއިރުން ފެށިގެން އެކިފަހަރުމަތިން ތަކުރާރުކޮށް، އެކިފަރާތްތަކުން، ރައްޔިތުން އައިސް އެދެމުން މިދަނީ ޕީއެސް އާ ބައްދަލުކޮށްލަން.
ހައުސިންގ މިނިސްޓްރީ ދޮށަށް ދިޔަ އާންމު ރައްޔިތެއް

ހައުސިންގް މިނިސްޓްރީ ދޮށަށް އެއްވި އާންމު ރައްޔިތުން ތަކުރާރުކޮށް އެދެމުން ދިޔައީ ފްލެޓް ކަންތަކާއި މިވަގުތު ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއި ބައަދަލުކުރެއްވުމަށް ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅާ އާއި ބައްދަލުވާ ގޮތް ނުވިކަމަށް އެ ފަރާތަތްތަކުން ބުނެފައިވެ އެވެ.

ހައުސިންގް މިނިސްޓްރީ ދޮށަށް އެއްވެފައި ތިބި މީހުން ބުނަމުންގެންދިޔައީ ފްލެޓް ގެ ކަންތައް އެ މިނިސްޓްރީން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭނޭ ގޮތް ހަދައިދިނުމަށެވެ. އެހެން ނަމަވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ހައުސިންގ މިނިސްޓްރީން ދެމުން ނުދާތީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމށް ވެސް އާންމުން ދިޔައީ ބުނަމުންނެވެ.

ފްލެޓް މައްސަލަައަށް އަދިވެސް ހައްލެއް ލިބިފައިނުވާއިރު، އާންމުން ދަނީ އެކިފަހަރު މަތިން ހައުސިންގ މިނިސްޓްރީ ދޮށަށް އެއްވެ އެ ފަރާތްތަކުގެ ޗަކުވާތައް ބަންޑުން ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ފްލެޓް މައްސަލައިގައި އޮޅުން ބޮޅުން ބޮޑުވެ އާއްމުން ހައުސިންގ މިނިސްޓްރީ އަށް ގޮސް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެދުވަހު މުޒާހަރާ އަށް 70 އެއްހާ މީހުން ވަނީ ހައުސިންގް މިނިސްޓްރީ އަށް ގޮސްފައި ވެ އެވެ.

ހައުސިންގް މިނިސްޓްރީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުފްލެޓުތައްއެއްބަސްވުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު