Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރަށް ނޫނެކޭ ބުނުން

ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތައް މި ސަރުކާރުން އަތުނުލެވޭނެ ކަމަށާއި، އެ ޙައްޤުތައް ހޯދައިދިނުމަށް ސަރުކާރު ޒިންމާދާރުކުރުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އާޒިމް ފާހަގަކުރެއްވީ، މި ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ ކަމަށާއި ކުރިއަށް އޮތް އިންތިޚާބަކީ ސަރުކާރުގެ ނުފޫޒު ކުޑަކޮށް ރައްޔިތުންގެ ބަސް އިއްވާނެ ފުރުޞަތެއް ކަމަށް. އަދި ސަރުކާރުން ކަންކަން ނިންމަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ދަތިވާ ގޮތަށް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 21:13
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެމްޑީޕީ ޖަލްސާގައި ވާހަކަ ދައްކަވަނީ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެމްޑީޕީ ޖަލްސާގައި ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ކުރިއަށް އޮތް އިންތިޚާބަކީ މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނާނެ ރިފަރަންޑަމްއެއް ކަމަށާއި، ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މި ސަރުކާރު "މައިތިރިވާން" ޖެހޭނެ ކަމަށް ބުނާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ މަންޒަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ޙާލަތު ގާތުން ބަލައި، ރައްޔިތުންނަށް އިއްޒަތާއި އަރާމުގައި އުޅެވޭނެ މަގު ފަހިކޮށްދޭން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. ރާއްޖޭގެ ރައްޔިތުން 10 ފޫޓު 10 ފޫޓުގެ ކުދި ކޮޓަރިތަކުގައި އުޅެމުންދިޔަ ދަތި ޙާލަތު ފެނުނީ އެމްޑީޕީގެ ސަރުކާރުތަކަށް ކަމަށާއި، އެކަން ހައްލުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭގެ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ނިންމެވީ އެއީ އެންމެންގެ ޙައްޤަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، ކުރީގެ ސަރުކާރުން ރައްޔިތުންނަށް ގޯއްޗާއި ފްލެޓްގެ ލިޔުން ހަވާލުކުރީ މި ސަރުކާރުން އެކަން ހުއްޓުވާފާނެތީ ކަމަށެވެ. އެމްޑީޕީން އެ ލިޔުންތައް ހަވާލުނުކުރި ނަމަ، މިއަދު މި ސަރުކާރުން ރައްޔިތުންނަށް އެ ގޯއްޗާއި ފްލެޓްތައް ނުދީ ހިފަހައްޓާނެ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ކަނޑުއަޑިން ވިޔަސް އަދި އުޑުން ވިޔަސް، އެމްޑީޕީން ދީފައިވާ އެއްޗެއް އަތުނުލެވޭނެ ކަމަށާއި، ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވައިގެން އެކަން ހުއްޓުވަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑު ރައީސަށް ދަންނަވަން ބޭނުންވަނީ، ރައީސް މުޢިއްޒަށް ދަންނަވަން ބޭނުންވަނީ، ތި ބޭފުޅުންނަކަށް އަޅުގަނޑުމެން ދީފައި އެއްޗެއް ނުދީ ނުވެސް ހުއްޓުވޭނޭ. އަޅުގަނޑުމެން އެމް.ޑީ.ޕީގެ ކައުންސިލަށް އައިސް ތި ބޭފުޅާ ނިދިޔ އެވަރު އަޅުގަނޑުމެން ކޮށްލާނަން. އެހެންނޫނީ މިހާރު ދޭންފަރާތް އަޅުގަނޑުމެންނަށް ރައްޔިތުން އިރާދަކުރެއްވިއްޔާ އެމް.ޑީ.ޕީގެ މެންބަރުން މިފަހަރު ހޮވާނެ. ހޮވަނީ އެ މީހުންނަށް ކަންތައް ކޮށްދޭނީ އެމް.ޑީ.ޕީ ކަމަށް ވާތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޮޑުތަނުން އިންތިޚާބު ކާމިޔާބުކޮށް، ރައީސް މުޢިއްޒު ނިދިޔަ ވެސް ނުދޭނަން. މާލޭގެ ރައްޔިތުންނަށް އެމް.ޑީ.ޕީ ސަރުކާރުން ދޭން ބުނެފައި ހުރި ބިންތަކާއި، ފުދެޓްތަކާއި، އޮތް ތާކުން އޮތް ގޮތަކަށް ނުދޭންޖެހޭނެ. އާދެ! އަޅުގަނޑު ހަމަ ދޭންތިޚާބާ ހަދަން ބޭނުންވޭ. 
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ސަރުކާރު ހިންގާ ޕީއެންސީއަށް ފާޑުވިދާޅުވަމުން މޭޔަރު ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލީ ޚަރަދު ކުޑަކުރަން ކަމަށް ބުނި ނަމަވެސް، އެއީ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަން ކުރި ކަމެއް ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ބޭފުޅުންނަށް ރައްޔިތުންގެ ގާތަށް ދާން ނުކެރޭ ކަމަށާއި، ކެމްޕޭން ކުރަން ގޭގެއަށް ވަންނަނީ ވެސް މީހުން ގޭގައި ނޫޅޭ ގަޑިތައް ބަލައިގެން ވަރަށް ސިއްރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރާއި ބައި ނުވަތަ ތިން އަހަރު ވެގެންދާއިރު ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި، ފެންނަން އޮތީ ހަމައެކަނި ވައްކަން ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ހޯދާނެ ކަމަށާއި، ރައްޔިތުންނަށް ދޭން ބުނެފައިވާ ބިންތަކާއި ފްލެޓްތައް ހޯދައިދިނުމަށް ސަރުކާރަށް ނިދިޔަނުދީ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އާޒިމް ދެއްވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ތިބީ މި ސަރުކާރަށް "ނޫނެކޭ" ބުނަން ކެތްމަދުވެފައި ކަމަށެވެ.

އާދަމް އާޒިމްމާލެ ސިޓީއެމްޑީޕީޕީއެންސީރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

24 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

24 ފެބުރުއަރީ 2026
ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

24 ފެބުރުއަރީ 2026
މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026
5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު