Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޭންގް ޤާނޫނު

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލައިގެ އަޑުއެހުން މިރޭ

މިހާރު މި އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 21:15 އަށް. މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން, އަދި ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:55
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް - މި މައްސަލައަކީ ފުލުހުން ހުށަހެޅި ހުށަހެޅުމާއި ހެކިތައް ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލައެއް.

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް - މި މައްސަލައަކީ ފުލުހުން ހުށަހެޅި ހުށަހެޅުމާއި ހެކިތައް ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލައެއް. | ހައި ކޯޓް

އައްޑޫ ސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހުގެ ރޭ ފެށުމަށް ތާވަލުކޮށްފި އެވެ.

ޕީޖީ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ފެބްރުއަރީ މަހުގެ ތެރޭގައި ތާވަލުކުރިނަމަވެސް ފަހުން އަޑުއެހުން ވަނީ ކެންސަލްވެފަ އެވެ.

މިހާރު މި އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 21:15 އަށެވެ. މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން, އަދި ފަނޑިޔާރު އަލްއުސްތާޛު އިބްރާހީމް މާހިރު އެވެ. 

މި މައްސަލައަކީ ފުލުހުން ހުށަހެޅި ހުށަހެޅުމާއި ހެކިތައް ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ޕީޖީ އޮފީހުން ވިދާޅުވީ "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް" ގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ގްރޫޕެއް ކަމަށެވެ. އަދި އެ ގްރޫޕަކީ މިހާރުވެސް ކުށްކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ބައެއް ކަމަށް ފެންނަ ކަމަށްވެސް ޕީޖީން ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ގްރޫޕަށް ނިސްބަތްވާ މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 9 މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ. މިއީ ގޭންގުތަކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ވަކި ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި ދެވަނަ މައްސަލަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުގޭންގް ކްރައިމް އެންފޯސްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް، އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން: ފުލުހުން

ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް، އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން: ފުލުހުން

30 ޑިސެމްބަރު 2025
ކުށްކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކަށް އިސްކަންދީގެން ޕެޓްރޯލް ކުރަނީ

ކުށްކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކަށް އިސްކަންދީގެން ޕެޓްރޯލް ކުރަނީ

01 އޮކްޓޯބަރު 2025
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު