Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުށްކުރާ ސަރަހައްދުތައް ބެލުން

ކުށްކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކަށް އިސްކަންދީގެން ޕެޓްރޯލް ކުރަނީ

ކުށުގެ ވެށީގައި އުޅޭ ފަރާތްތައް ހުއްޓުވައި ސުވާލުކުރުމުގެ މަސައްކަތް ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އޮކްޓޯބަރު 2025 | ބުދަ 13:59
ކުށްކުރާ ކަމަށް ބެލެވޭ ސަރަހައްދެން ފުލުހުން ބަލައި ދެމީހަކު ޗެކްކުރަނީ

ކުށްކުރާ ކަމަށް ބެލެވޭ ސަރަހައްދެން ފުލުހުން ބަލައި ދެމީހަކު ޗެކްކުރަނީ

ކުށް ކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކަށް އިސްކަންދީގެން ޕެޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކުށް ހިނގާ ކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކުށުގެ ވެށީގައި އުޅޭ ފަރާތްތައް ހުއްޓުވައި ސުވާލުކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

މީގެއިތުރުން، ވަގަށްނަގާފައިވާ ތަކެތި ހޯދުމާއި ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ކޯލްތަކަށް އެޓެންޑްވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށާއި މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްތަކުގައިވެސް މާލެ ފްރަންޓްލައިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ހަރަކާތެރިވެފައިވާކަން ފުލުހުން ފާހަގަކުރެ އެވެ.

އަދި ފުލުހުންގެ ކޮންމެ ދުވަހެއްގެ މަސައްކަތުގެ ތެރެއިން ކުރެވޭ މިފަދަ ކޮންމެ ކަމަކުންވެސް މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ދެކެއެވެ.

ގޭންގު ކުށްމަދުކުރުމަށްޓަކައި ޚާއްސަ ވިންގެއް އުފައްދާފައިވާއިރު، ގޭންގެއްގެ ގޮތުގައި ބަލަނީ، މަގުމަތީގައި ނުވަތަ އެކިތަންތަނުގައި އެއްވެގެން ތިބެ ޖިނާއީ އެކިއެކި ކުށްތައްކުރަމުންދާ، އަދި އާންމުންގެ ހިތްތަކުގައި ބިރުވެރި އުފެދޭފަދަ އަމަލުތައް ކުރަމުންދާ، ވަކި ނަމެއްދީގެން ވަކި ބައެއްގެ ގޮތުގައި ދައްކުވައިގެން ހަރަކާތްތެރިވާ މީހުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި އަލަށް ޤާއިމުކުރި، ގޭންގް ކްރައިމް އެންފޯސްމަންޓާއި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަނީ މިމަހުގެ ފުރަތަމަދުވަހުން ފެށިގެން ބަދަލުތަކެއް ގެނެސްފައެވެ.

ކުށް ކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކަށް އިސްކަންދީގެން ޕެޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވަނީ، އެމްޑީޕީ އިން މި މަހުގެ 3 ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ. އަދި ފުލުހުން ވަނީ ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، މި ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފުލުހުން މިފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް އެމްޑީޕީ އިން ވަނީ މި އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ބުނެފައެވެ. އަދި މި އެއްވުމާއި ގުޅޭގޮތުން އެމްޑީޕީ އިން އިސްވެ ފުލުހުންނާއި ބައްދަލުކޮށް އެއްވުމުގެ ތަފްސީލު ހިއްސާކޮށް އެއްބާރުލުން ހޯދުމަށް އެދުނެވެ. އަދި ފުލުހުން މި އެއްވުމަށް ހުއްދަވެސް އޮތީ ދީފައެވެ.

ޕޮލިސްމާލެގެންގު ޖިނާޔަތްޕެޓްރޯލްމާލެ ފްރަންޓްލައިން ޕޮލިސްގޭންގް ކްރައިމް އެންފޯސްމަންޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް