Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިކޯޓް ފަނޑިޔާރުން

ހައިކޯޓް ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފައްޓަވައިފި

17 ސެޕްޓެމްބަރު 2017 | އާދީއްތަ 04:30

ފަނޑިޔާރުން ވަގުތީ ގޮތުން މާލެ ބަދަލުކުރީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 04:30
ދިވެހިރާއްޖޭގެ ހައިކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.

ހައިކޯޓުން ބުނީ އާދިއްތަ ދުވަހުން ފެށިގެން އެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބާއްވާ ޝަރީއަތްތައް އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މާލެ ވަޑައިގެން ހައިކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ ފަނޑިޔާރު ޢަބްދުލްޢަނީ މުހައްމަދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ހައިކޯޓުގެ ދެކުނު ގޮފި ގާއިމްކޮށް އެ ކޯޓަށް ކަނޑައަޅާފައި ވަނީ ފަނޑިޔާރު ޢަބްދުލްޢަނީ މުހައްމަދާއި، ފަނޑިޔާރު ޝުއައިބުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. އަޒްމިރަލްދާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓަށް ޝުޖާއު އުސްމާން ކަނޑައެޅީ 2016 ވަނަ އަހަރުގެ މެއި މަހުގަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން ވަގުތީ ގޮތުން މާލެއަށް ބަދަލުކުރުމަށް ނިންމެވީ ގިނަ ދުވަސްތަކެއް ވެފައިވާ 500 އަށް ވުރެ ގިނަ މައްސަލަ ހައިކޯޓުގައި ފުނިޖެހިފައިވުމުން، ކޯޓުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

އަމުރުގައި ބުނެފައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެއަށް ބަދަލުކުރައްވަނީ، އެ ފަނޑިޔާރުން ހަމަޖައްސާފައިވާ ހައިކޯޓުގެ ގޮތްޕަށް ހުށަހެޅި، ހިނގަމުންދާ މައްސަލަތައް ބަލައި ނިންމުމަށް ހުރަސްނޭޅޭނޭ ގޮތެއްގެމަތިން ކަމަށެވެ. އަދި ފަނޑިޔާރުން މާލެއަށް ބަދަލު ކުރެވުމުން، މާލޭގައި ފުނިޖެހިފައިވާ މައްސަލަތައް މި ހިނގާ 2017 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ވަގުތީ ގޮތުން މާލެއަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ދާދިފަހުން ވަނީ ޤާނޫނަށް ވެސް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު، އިސް ފަނޑިޔާރާ އެކު 11 އަށް އިތުރުވެގެން ދާއިރު، އެ 11 ފަނޑިޔާރުންގެ ތެރޭގައި ހައިކޯޓުގެ ދެކުނު ގޮތްޕަށް އައްޔަން ކުރާ ތިން ފަނޑިޔާރުންނާއި، ހައިކޯޓުގެ އުތުރު ގޮތްޕަށް އައްޔަން ކުރާ ތިން ފަނޑިޔާރުން ތިބެން ވާނެ ކަމަށް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް