Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗާގޯސް މައްސަލަ

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލައި، އެމެރިކާއާއެކު މަޝްވަރާ ފަށައިފި

ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުން އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއެޅުއްވުމާ ގުޅިގެން، މޮރިޝަސް އާ އެކު ސޮއިކުރި މުއާހަދާގެ ގާނޫނީ މަސައްކަތްތައް އިނގިރޭސި ސަރުކާރުން މިހާރު ވަނީ މެދުކަނޑާލާފައި. އެމެރިކާގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ގައުމާއެކު އިތުރު މަޝްވަރާތައް ކުރަމުންދާ ކަމަށާއި، މި މައްސަލަ އަލުން ޕާލަމަންޓަށް ހުށަހަޅާނީ އެންމެ މުނާސަބު ވަގުތެއްގައި ކަމަށް އިނގިރޭސި ފޮރިން އޮފީހުން ބުނޭ.

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 18:49
ޗާގޯސް ބީޗް

ޗާގޯސް ބީޗް | އައިސްޓޮކް

ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ގާނޫނީ ގޮތުން ކަށަވަރުކުރުމުގެ މަސައްކަތް، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކަށްޓަކައި "މެދުކަނޑާލާފައިވާ" ކަމަށް އިނގިރޭސި ސަރުކާރުގެ ވަޒީރަކު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުން މި ފިޔަވަޅު އަޅާފައިވަނީ، ޗާގޯސް ހަވާލުކުރުމުގެ އެއްބަސްވުމަށް ކުރިން ތާއީދުކުރެއްވުމަށްފަހު، އެ އެއްބަސްވުން އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރަށް ބާރުއެޅުއްވުމާ ގުޅިގެންނެވެ.

މި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އަދި އެ ޖަޒީރާތަކުގެ ތެރެއިން އެންމެ ބޮޑު ރަށުގައި ގާއިމުކޮށްފައިވާ އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް، އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑް މޮރިޝަސްއަށް ދެއްކުމަށް ވެސް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ.

އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ހާމިޝް ފޯކްނަރ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން، އެމެރިކާ އާ އެކު ސީދާ ގޮތެއްގައި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު މި މުއާހަދާގައި ސޮއިކުރިއިރު އެމެރިކާއިން އެކަމަށް ތާއީދުކުރި ނަމަވެސް، ދާދި ފަހުން އެމެރިކާގެ ރައީސް ދެއްވި ބަޔާނަކީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ބަޔާނެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މި މުއާހަދާއާ ގުޅޭ ގާނޫނީ މަރުހަލާތައް ޕާލަމަންޓުގައި ކުރިއަށްދާ ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްދާ މަޝްވަރާތަކަށްޓަކައި މިވަގުތު އެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށާއި، އެންމެ މުނާސަބު ވަގުތެއްގައި އެ މައްސަލަ އަލުން ޕާލަމަންޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްދަރު: ބީބީސީ

ޗާގޯސްއިނގިރޭސިވިލާތު-މޮރިޝަސް

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅަން ރާއްޖެ އިން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް އިނގިރޭސި ޕާލިމެންޓުގައި ވިދާޅުވެއްޖެ

25 ފެބުރުއަރީ 2026
ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅަން ރާއްޖެ އިން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް އިނގިރޭސި ޕާލިމެންޓުގައި ވިދާޅުވެއްޖެ
23 ފެބުރުއަރީ 2026

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

23 ފެބުރުއަރީ 2026
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި
22 ފެބުރުއަރީ 2026

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި

22 ފެބުރުއަރީ 2026
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި
20 ފެބުރުއަރީ 2026

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ
20 ފެބުރުއަރީ 2026

އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

20 ފެބުރުއަރީ 2026
އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު