Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސް މައްސަލަ

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅަން ރާއްޖެ އިން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް އިނގިރޭސި ޕާލިމެންޓުގައި ވިދާޅުވެއްޖެ

އިނގިރޭސި ޕާލަމެންޓުގައި ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވީ ޗާގޯސްއަކީ ތާރީޚީ އަދި ސަގާފީ ގޮތުން ރާއްޖެއާ ގުޅުން އޮތް ތަނެއް ކަމަށާއި، އެހެންކަމުން މޮރިޝަސް އާ އެތަން ހަވާލު ކުރަން މިހާރު ކުރިއަށްދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ ކަމަށް. މީގެ އިތުރުން، އޭނާ ޗާގޯސްއަށް ކުރަން އުޅުނު ދަތުރަށް ހުރަސްއެޅުމަށް އިނގިރޭސި ސަރުކާރުން ރާއްޖެއަށް ޕްރެޝަރު ކުރި ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައި.

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 18:38
ރާއްޖޭގައި ހުންނަވައި ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖް ނަގާފައިވާ ވީޑިއޯގެ ސްކްރީން އިމޭޖެއް.

ރާއްޖޭގައި ހުންނަވައި ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖް ނަގާފައިވާ ވީޑިއޯގެ ސްކްރީން އިމޭޖެއް. | ސޯޝަލް މީޑިއާ

ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން ރާއްޖޭގެ ފަރާތުން "މި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި" ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރައްދު ދައުވާއެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު، މިދިޔަ ހަފުތާ ބަންދުގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށްފަހު، އެކްސް (ކުރީގެ ޓްވިޓާ) ގައި އާންމުކުރެއްވި ވީޑިއޯއެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، އޭނާ ޗާގޯސް ޖަޒީރާތަކަށް ދިއުމަށް އިނގިރޭސި ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ބޭއްވި ހައުސް އޮފް ކޮމަންސްގެ ޖަލްސާގައި ފަރާޖް އިތުރަށް ވިދާޅުވީ، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ދިވެހިރާއްޖެއިން "ހިތްހަމަނުޖެހުން" ފާޅުކުރަމުންދާ ކަމަށެވެ. އިނގިރޭސި ސަރުކާރުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ މަގްސަދަކީ، ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒު މަދުވެގެން 99 އަހަރަށް ހިންގޭނެކަން ކަށަވަރުކުރުމާއި، ޗާގޯސްގެ ރައްޔިތުން އެ އަތޮޅުގެ އެހެން ރަށްތަކަށް އަނބުރާ ދިއުމަށް މަގުފަހިކޮށްދިނުމެވެ.

ފަރާޖް ވިދާޅުވީ، "މިދިޔަ ހަފުތާ ބަންދުގައި އަޅުގަނޑު ރާއްޖެއަށް ކުރި ދަތުރުން އެނގުނު ކަމެއް ހިއްސާކޮށްލާނަން. މިއީ އަޅުގަނޑަށް ކުރިން އެނގިފައިވާ ކަމެއް ނޫން، އަދި އިނގިރޭސި ސަރުކާރަށް މިކަން އެނގޭ ކަމެއްވެސް އަޅުގަނޑަކަށް ނޭނގެ.

"ޗާގޯސް ޖަޒީރާތަކާ ތާރީޚީ ގޮތުން ގުޅުން އޮތީ ރާއްޖެއާ. އެއީ ވިޔަފާރީގެ ގޮތުންނާއި އާސާރީ ގޮތުން ބެލިޔަސްމެ. ހަގީގަތުގައި ފަރަންސޭސިން ކޮށްފައިވާ ކަމަކީ، ދިވެހި ބަހުން އެ ރަށްތަކަށް ކިޔާފައިވާ ނަންތައް ބަދަލުކޮށްލުން އެކަނި.

"ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުން ނުވަތަ އެހެން އެއްވެސް ގޮތަކުން ބެލިޔަސް، އެ ރަށްތަކުގެ މައްޗަށް ދައުވާ ކުރުމުގެ އެއްވެސް އަސާސެއް މޮރިޝަސްއަކަށް ނެތް.

"އަދި އަޅުގަނޑު ސަރުކާރަށް މައުލޫމާތު ދޭން ބޭނުންވަނީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއިން އައިސީޖޭއަށް ރައްދު ދައުވާއެއް ހުށަހަޅާނެ. އެ ދައުވާގައި ބުނާނީ އެ ރަށްތަކުގެ ސިޔާދަތީ ބާރުގެ ހައްގުވެރިއަކީ މޮރިޝަސް ނޫން ކަމަށާއި، އެއީ ރާއްޖެ ކަމަށް.

"އެހެންކަމުން މިހާރު ކުރިއަށްދާ ހުރިހާ ކަމެއް މަޑުޖައްސާލުމަށް އަޅުގަނޑު އިލްތިމާސް ކުރަން."

ރިފޯމް ޕާޓީގެ ލީޑަރު ހޮނިހިރު ދުވަހު ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ ޗާގޯސްގެ ރަށެއްގައި ވަޒަންވެރިވާން މަސައްކަތްކުރާ އެ ތަނުގެ ރައްޔިތުންނަށް "އިންސާނީ އެހީ" ފޯރުކޮށްދިނުމަށް ދިޔަ ވަފުދަކާ ގުޅުމަށް ކަމަށެވެ. އޭނާ އެކްސްގައި ލިޔުއްވާފައިވަނީ، "އިނގިރޭސި ސަރުކާރުން ވަނީ އަޅުގަނޑު ޗާގޯސް ޖަޒީރާތަކަށް ވަނުން މަނާކޮށްފައި،" ކަމަށެވެ.

އެ ޕޯސްޓާއެކު އާންމުކުރި ވީޑިއޯގައި އޭނާ ވިދާޅުވީ، "އަޅުގަނޑު ބޯޓަށް އަރައިގެން ޗާގޯސްއަށް ދިޔަ ނުދިނުމަށްޓަކައި، އިނގިރޭސި ސަރުކާރުން ދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކުރުމަށް ޕްރެޝަރު ކުރަމުން،" ކަމަށެވެ. ފޮރިން އޮފީހުގެ މިނިސްޓަރު ހާމިޝް ފަލްކޮނާ ވަނީ މިއީ "ދަތުރުފަތުރުގެ އިރުޝާދުތަކަށް ފާޅުގައި އަމަލުނުކުރުމުގެ އަމަލެއް" ގޮތުގައި ސިފަކުރައްވާފައެވެ.

ހައުސް އޮފް ކޮމަންސްގައި ފަރާޖަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑު އޭނާއަށް ހަނދާންކޮށްދޭން ބޭނުންވަނީ، ލިންކަންޝަޔާގައި ހުންނަ އާރްއޭއެފް ވެޑިންގޓަން ފަދަ ނާޒުކު އަސްކަރީ މަރުކަޒަކަށް ސެލްފީ ސްޓިކެއް ހިފައިގެން އޭނާ ދިޔަ ނަމަވެސް، އެތަނުންވެސް އޭނާ ފޮނުވާލާނެކަން،" ކަމަށެވެ.

ޗާގޯސްނައިޖެލް ފަރާޖްއައިސީޖޭއިނގިރޭސިވިލާތު-މޮރިޝަސްރިފޯމް ޔޫކޭހާމިޝް ފަލްކޮނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

23 ފެބުރުއަރީ 2026
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި

22 ފެބުރުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

20 ފެބުރުއަރީ 2026
އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

20 ފެބުރުއަރީ 2026
ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި

ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު