Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙުމަދު ނިމާލް

ފިލްމީ ތަރި ނިމާލް ނިޔާވެއްޖެ

26 ފެބުރުއަރީ 2026 | ބުރާސްފަތި 03:06

އުމުރުން 62 އަހަރުގެ ނިމާލް ނިޔާވެފައި ވަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ގެންދަނިކޮށް. ނިމާލް އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅު ސްޓްރޯކެއް ޖެހިގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ފެބުރުއަރީ 2026 | ބުރާސްފަތި 03:06
ފިލްމު ޑައިރެކްޓަރު ނިމާލް

ފިލްމު ޑައިރެކްޓަރު ނިމާލް | ސޯޝަލް މީޑިއާ

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަޙުމަދު ނިމާލް ނިޔާވެއްޖެ އެވެ. 

އުމުރުން 62 އަހަރުގެ ނިމާލް ނިޔާވެފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. ނިމާލް އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅު ސްޓްރޯކެއް ޖެހިގެންނެވެ. 

Advertisement - newsAdvertisement

އެންމެ ފުރަތަމަ ނިމާލް ފިލްމީ ދާއިރާ އަށް ނިކުމެފައި ވަނީ 1984 ވަނަ އަހަރު އެވެ. އާންމުންނަށް އެންމެ ފުރަތަމަ ނިމާލް ފެނިގެން ގޮސްފައި ވަނީ ދިވެހި ފިލްމު "ނުފޫޒު" އިންނެވެ. އޭގެ ފަހުން 1993 ވަނަ އަހަރުގެ ތެރޭގައި ނިމާލް ވަނީ ފިލްމެއް ޑައިރެކްޓު ކޮށްފަ އެވެ. އެއީ ދިވެހި ފިލްމު "ސިޓީ" އެވެ. 

ނިމާލް ޑައިރެކްޓްކުރި ބައެއް އެހެން ފިލްމުތަކުގެ ތެރޭގައި ޝައްކު، ސަބަބު، އުދާސް، ޒަލްޒަލާ 1، ޒަލްޒަލާ 2، ހިލިހިލާ، ހުޅެވި ހަނދު، ދަރިންނަށްޓަކައި، ހަނދުކޭތަ، ހަމަހިމޭން، ހިޔަނި، ވާލޯބި އެގޭނަމަ، އިރު އޮއްސުމުން ފަދަ ފިލްމުތައް ހިމެނެ އެވެ. 

ނިމާލް އެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޔޫސުފް، ކަނބުލޮ، ސިޓީ،  ވީރާނާ، ނިއުމާ، އަދި ނުފޫޒް ފަދަ ފިލްމުތަަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.

ދިވެހިންގެ ތެރޭގައި ނިމާލް އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ ސަޅިބައިސަ ފަދަ ޑްރާމާތަކުންނެވެ. އެ ޑްރާމާތަކުގައި ނިމާލް ކުޅުނު ރޯލްތަށް ބެލުންތެރިންގެ މެދުގައި މަގްބޫލުވެގެން ދިއަ އެވެ. ހާއްސަކޮށް ބިރުކުޑަ އަލީ، މުއްސަނދި އަލީ ނާޒުކު އަލީ އިޝްގީ އަލީ އަކީ ވެސް ނިމާލް ތަމްސީލުކުރި ކެރެކްޓާތަކެވެ.

ފިލްމީ ދާއިރާ އަށް ގިނަ ޚިދުމަތް ތަކެއް ކޮށްދެއްވާފައިވާ ނިމާލް އަކީ، އެ ދާއިރާގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. 1991 ވަނަ އަހަރު ނިމާލް އަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވެސް ދެއްވައިފަ އެވެ. ނިމާލް ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާގެ ގިނަ ފަރާތް ތަކުން އަންނަނީ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

އަޙުމަދު ނިމާލް (ފިލްމު ޑައިރެކްޓަރު)

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
13 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ

13 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
07 މާރިޗު 2017

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި
01 މާރިޗު 2017

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!
02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް