Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގދ.ނަޑެއްލާ

މާލެއިން ނަޑެއްލާއަށް ގެންދިޔަ 26 ޓަނުގެ ފެނުގައި މައްސަލަތަކެއް، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި

މާލެއިން ގދ. ނަޑެއްލާއަށް ގެންދިޔަ 26 ޓަނުގެ ފެނުގައި ނުބައި ރަހައެއް ހުންނާތީ، އެކަން ތަހުގީގު ކުރުމަށް ފެނުގެ ސާމްޕަލްތައް މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން. މި މައްސަލައާ ގުޅިގެން ރަށު ކައުންސިލުން ބުނީ ފެނުގެ ރަހަ ބަދަލުވެފައިވާ ކަން އެނގުނީ އެ ފެން ތާންގީތަކަށް އަޅައި ފެން ބޭނުންކުރަން ފެށި ފަހުން ކަމަށާއި، ރޯދަމަހަށް ވުމާއެކު ސާފު ބޯފެން ނުލިބޭތީ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށް. އެހެންކަމުން މި މައްސަލަ އަވަހަށް ހައްލުކޮށްދިނުމަށް ރަށުގެ ރައްޔިތުން ދަނީ އެދެމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 11:11
1121 އާބާދީއެއް އޮންނަ ގދ. ނަޑެއްލާ.

1121 އާބާދީއެއް އޮންނަ ގދ. ނަޑެއްލާ. | ގދ. ނަޑެއްލާ ކައުންސިލް

މާލެއިން ގދ. ނަޑެއްލާ އަށް ގެންދިޔަ ފެނުގައި ނުބައި ރަހެއް ލާ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ. 

ރާއްޖެއެމްވީ. އަށް މައުލޫމާތު ދިން އާއްމުގެ މީހަކު ބުނީ، މިހާރު ގޭބިސީތަކަށް ދޫކުރާ ފެނުގައި ރަހައެއް ހުންނަ ކަމަށާއި، އެކަން މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއީ ކިހިނެއް ދިމާވާ މައްސަލައެއްތޯ ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ. 

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން އެރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު އަންޝާއު ވިދާޅުވީ މާލެއިން 26 ޓަނުގެ ފެން ގެނެސްފައިވާ ކަމަށާއި، ފެން ތާންގިތަކަށް އަޅައި، ރެޕިއުޓް ކުރިފަހުން ފެނުގައި ރަހައެއް ހުންނަ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފެން ދޫކުރި ނަމަވެސް ސާމްޕަލްތައް ނަގާފައިވާ ކަމަށާއި، ބުރާސްފަތި ދުވަހު މާލެއަށް ފޮނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށެވެ.

1121 އާބާދީއެއް އޮންނަ ނަޑެއްލާގައި ފެނުގެ މައްސަލަ ކުރިމަތިވެފައިވާތީ، ރަށުގެ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އަދި ރަމަޟާން މަހަށްވުމާއެކު، ރައްކާތެރި ސާފު ބޯފެން އަވަހަށް ބޭނުންވާ ކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. 

ގދ.ނަޑެއްލާމުޙައްމަދު އަންޝާއުފެނަކަ

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!

ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!

25 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި

ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި

24 ފެބުރުއަރީ 2026
ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

24 ފެބުރުއަރީ 2026
މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު