Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ. ފުނަދޫ

ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

ށ. ފުނަދޫގައި ފެނަކަ އޮފީސް ހިންގުމަށް 2022 ވަނަ އަހަރު ކުއްޔަށް ހިފި 4000 އަކަފޫޓުގެ އިމާރާތުގެ އެގްރީމެންޓް އާނުކުރުމުންނާއި ކުލި ނުދައްކާތީ ، ތަން ހުސްކުރުމަށް މިއަހަރުގެ ކުރީކޮޅު ވަނީ ނޯޓިސް ދީފަ. ނަމަވެސް، މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ކުލި ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ރޯދަ މަހުގެ ކުރިން ފައިސާ ލިބޭނެ ކަމުގެ އިޝާރާތެއް ކުރިން ލިބުނު ނަމަވެސް އެކަން އެހެން ހިނގާފަ އެއް ނުވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 07:35
ށ.ފުނަދޫ ފެނަކަ އިމާރާތް

ށ.ފުނަދޫ ފެނަކަ އިމާރާތް | ސޯޝަލް މީޑިއާ

ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް ދުވަސް ވެފައިވާ ކަމާއި، ތަން ހުސްކުރުމުގެ ނޯޓިސް ދީގެން ވެސް އެ އިމާރާތް ހުސްކޮށްފައި ނުވާކަން ހާމަވެއްޖެ އެވެ.

ށ.ފުނަދޫ ރަސްފަން ގައި ފެނަކަ އިމާރާތް ޤާއިމްކޮށްފައިވާ އިރު އެ ތަނަށް މަހު ކުލީގެ ގޮތުގައި 15،000 ރުފިޔާ އެވެ. އެހެން ކަމުން މިހާތަނަށް އައި އިރު އެތަނަށް ފެނަކައިން ދައްކަން ޖެހޭ ކުލީގެ ތެރެއިން، ނުދައްކާ 225،000 އަށް ވުރެ ގިނަ ރުފިޔާ އެބަ ވެ އެވެ.

އެ އިމާރާތުގެ ވެރިފަރާތް އަބްދުއްރައޫފް އަލީ ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ އެ ތަނުން ލިބެން ޖެހޭ ކުލީގެ ފައިސާ ހޯދުމަށް އޭނާ ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް މަސައްކަތް ކޮށްގެން ވެސް ފައިސާ ނުލިބުމުން އެ ޝަކުވާ އާއި ކަންބޮޑުވުންތައް މީސްމިޑީއާގައި ވެސް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ރޯދައިގެ ކުރިން ކުލީގެ ފައިސާ ދައްކާ ޚަލާސް ކުރާނެ ކަމަށް މި ހިނގާ ފެބްރުއަރީ މަހު ފެނަކައިން ބުނި ނަމަވެސް ފަހުން ރައޫފް ގުޅުމުން ފޯނުވެސް ނުނަގާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"15 މަސް ދުވަސް ވީ މި ތަނަށް ލިބެން ޖެހޭ އެއްވެސް ފައިސާ އެއް ނުލިބޭ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް." ރައުފް ވަނީ ބުނެފަ އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ކުލި ނުދެއްކުމުގެ އިތުރުން އެ ތަނުގެ އެގްރީމެންޓް ގެ މުއްދަތު ވެސް ވަނީ މިހާރު ހަމަވެފަ އެވެ. 2024 ވަނަ އަހަރު އެ ތަނުގެ ކުލީގެ އެއްބަސްވުން ހަމަވެފައިވާ ކަމަށާއި އެގްރީމެންޓް އާ ނުކުރެވި ވަނީ ށ.ފުނަދޫ ފެނަކަ އޮފީހުގެ އިހުމާލުން ކަމަށް ވެސް ރައުފް ވަނީ ބުނެފަ އެވެ.

ރައުފް ބުނި ގޮތުގައި އެގްރިމެންޓް ހަމަވެފައި ވަނީ 2024 ޑިސެމްބަރ 31ގަ އެވެ. އޭގެ ފަހުން އެގްރީމެންޓް އާ ނުކޮށްގެން އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ނަމަވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

" ފެނަކައިގެ އެކި ފަންތީގެ މީހުންނާއި މި ވާހަކަ ވެސް ހިއްސާ ކުރިން. މި ކޮޅުން އެގްރީމެންޓް ހެދުމުގެ މަސައްކަތް ކުރާ މީހުންނާއި ވެސް ވާހަކަ ދެއްކިން. މި ކޮޅުން ބުނި ބަލަނީ އޭ. " ރައޫފް ބުނެފަ ވަނީ އެވެ.

ކުލި ނުދައްކާތީ ތަން ބޭނުން ނުވާ ނަމަ އެ ތަން ހުސްކުރުމަށް ދެ ފަހަރެއްގެ މަތިން އަންގާފައިވާނެ ކަމަށް ވެސް ރައޫފު ބުނެފަ އެވެ. އެގޮތުން މި އަހަރު ކުރީކޮޅު ވެސް އެ ތަން ހުސްކުރުމަށް ނޯޓިސް ދީފައިވާނެ ކަމަށާއި އެ ކަމަށް ވެސް ފެނަކައިން އިޖާބަ ދީފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ރއުފް ވަނީ މިއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަން ފާހަގަކޮށްފަ އެވެ.

ފެނަކަ ހިންގުމަށް މި ގެ ކުއްޔަށް ދީފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ ތަނަކީ 4000 އަކަފޫޓުގެ ތަނެކެވެ.

ށ. ފުނަދޫފެނަކަރަސްލާންއަބްދުލް ރައުފް އަލީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

19 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

18 ފެބުރުއަރީ 2026
ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

ގާދިއްފުށީ ފެނަކަ އަދި އެމްޓީސީސީ އިން އިންތިޚާބަށް ނުފޫޒު ފޯރުވަން ވަޒީފާގެ ބިރު ދައްކާ އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ މުވައްޒަފުންގެ ލިސްޓާ އެކު އޭސީސީ އަށް މައްސަލަ ވައްދައިފި

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު