Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ނުފޫޒުން ވަޒީފާއިން ކަނޑާލުން

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

ދިއްގަރު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ސޯދިގު ވަޒީފާއިން ވަކިކުރީ ސިޔާސީ ފިކުރު ތަފާތުވުމުން ކަމަށް އޭނާ ތުހުމަތުކުރޭ. އޭނާ ބުނި ގޮތުގައި އެކި ބަހަނާތަކުގައި ސަސްޕެންޑް ކުރުމަށްފަހު، އާއިލާއާ ދުރު ރަށަކަށް ވަޒީފާ ބަދަލުކޮށް، އެންމެ ފަހުން ވަޒީފާއިން ވަކިކުރީ މަޖިލިސް މެންބަރު އަހުމަދު ނާޒިމްގެ ނުފޫޒުން. މި ފިޔަވަޅަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރި ކަމެއް ކަމަށް ވެސް ސޯދިގު ވަނީ ބުނެފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 18:27
ސިޔާސީ ނުފޫޒުން ދިއްގަރު ފެނަކަ ސްޓޭޝަން މެނޭޖަރު ވަނީ ވަޒީފާއިން ކަނޑާލާފައި.

ސިޔާސީ ނުފޫޒުން ދިއްގަރު ފެނަކަ ސްޓޭޝަން މެނޭޖަރު ވަނީ ވަޒީފާއިން ކަނޑާލާފައި. | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދިއްގަރު ޕީއެންސީ ކެންޑިޑޭޓުންނަށް ގޮނޑި ކަށަވަރު ކުރުމަށް މެންބަރު އަހުމަދު ނާޒިމުގެ ނުފޫޒުން ދިއްގަރު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު މުހައްމަދު ސޯދިގު ވަޒީފާ ބަދަލު ކުރުމަށްފަހު ބަދަލު ކުރި ރަށަށް ދެވޭނެ ގޮތެއް ހަމަނުޖައްސާ ވަޒީފައިން ވަކިކޮށްފި އެވެ. 

ވަޒީފާއިން ކަނޑާލި މައްސަލައިގައި ސޯދިގު ވިދާޅުވީ ވަޒީފާއިން ކަނޑާލައިފައި ވަނީ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ އޭނާއަކީ ފެށުނީއްސުރެ އެމްޑީޕީގެ މެންބަރެއް ކަމަށާއި، ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށިގެން އައި ހިސާބުން ސަސްޕެންޑް ކުރި ކަމަށެވެ. އެގޮތުން އޭނާ ސަސްޕެންޑް ކުރީ މިދިޔަ އޮގަސްޓް ހިސާބުގައި ކަމަށާއި، ސަސްޕެންޑް ކުރީ ވާނުވާ ނޭނގޭ މައްސަލައެއްގައި ކަމަށެވެ. އަދި އެއިރު ސަސްޕެންޑް ކުރީ 30 ދުވަހަށް ކަމަށާއި، އެ ދުވަސްވަރު ވެސް އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ސަސްޕެންޑް ކުރިތާ 25 ދުވަސް ފަހުން އެނގުނީ، ސަސްޕެންޑުކުރީ ހޮޅިއެއް ފަޅާލި ކަމުގެ ތުހުމަތުގައި ކަމަށް ސޯދިގު ވިދާޅުވި އެވެ. 

އިތުރަށް ސޯދިގު ވިދާޅުވީ ސަސްޕެންޑް ކުރުމަށްފަހު ފަހުން ބަޔާންތަކެއް ވެސް ނެގި ކަމަށެވެ. އަދި ބަޔާން ދީ އެއްބާރުލުން ދީފައިވާނެ ކަމަށާއި، ނަމަވެސް ސަސްޕެންޝަނުގެ މުއްދަތު އިތުރުކުރަމުން ގޮސް 74 ދުވަސް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓި ކަމަށެވެ. 

ދެން ކުންފުނީގެ ގަވާއިދު ބުނާ ގޮތުން 60 ދުވަހަށްވުރެ އިތުރަށް ސަސްޕެންޑް ނުކުރެވޭނެ. އެހެންނަމަވެސް އެބޭފުޅުން 74 ދުވަސް ވަންދެން ސަސްޕެންޑް ކުރީ. ދެން އެވާހަކަ ވެސް ދެންނެވިން ކުންފުނީގެ ގަވާއިދުގައި އޮންނަނީ މިހެންނޭ، އެއާ ހިލާފަށް ނޫންތޯއޭ ސަސްޕެންޝަން އިތުރުކުރައްވަނީ. ދެން އެހެންނަމަވެސް 74 ދުވަހުގެ ސަސްޕެންޝަނަށްފަހު ވަޒީފާއަށް ނުކުމެ އޭގެ ފަހުން އަނގަބަހުން އެންގީ މިހާރު މައްސަލަ ނިމުނީއޭ. ދެން އަޅުގަނޑު ދެންނެވިން މައްސަލަ ނިމުނީ ކިހިނެއްތޯ؟ އެންމެ ކުޑަމިނުން އަޅުގަނޑު އެނގިލަން ބޭނުންވެއޭ. ބުނީމަ ބުނީ ދެން އެކަން އެ ނިމުނީއޭ ދެން މިކަން ކުރިއަށް ނުދާނޭ. ކުރިއަށްދާށޭ. 
މުހައްމަދު ސޯދިގު 

ސޯދިގު ވިދާޅުވީ މައްސަލަ ނިމުނުކަމަށް އެންގި ނަމަވެސް، އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އޮޕަރޭޝަންގެ އެއްވެސް މަސައްކަތަކަށް މީގެ ފަހުން ހަވާލުވެގެން ވެސް އަދި ކޮށްގެން ވެސް ނުވާނެ ކަމަށް އެންގި ކަމަށެވެ. އޭނާ ވިދާޅުވީ އޮފީހަށް ނުކުންނަން ޖެހޭތޯ ސުވާލު ކުރުމުން ސޮއިކުރަން ދާންޖެހޭނެކަމަށް ބުނި ކަމަށެވެ. އަދި ސޮއިކުރުމުން ނިމުނީތޯ ސުވާލު ކުރުމުން، އިތުރު މަސައްކަތެއް ނެތިއްޖެއްޔާ ނިމުނީ ކަމަށް ވެރިން އެންގި ކަމަށް ސޯދިގު ވިދާޅުވި އެވެ. 

ދެން އެހެން ހުރެފައި މިދިޔަ ޖެނުއަރީ މަހުގެ 22 ހިސާބުގައި އަޅުގަނޑަށް އަންނަނީ ގއ. ކޮނޑޭ ބްރާންޗަށް ބަދަލުކޮށްފައިވާ ކަމަށް ލިޔުމުން. ދެން 25 ޖެނުއަރީ ގައި އެކޮޅަށް ނުކުތުމަށް. ދެން އަޅުގަނޑު ވާނެ ލިޔުމުން އެ ސިޓީ އަށް ޖަވާބު ދީފައި، އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އާއިލާއާއި ދުރުގައި މަސައްކަތް ކުރުމަށް ވަރަށް ދަތި ކަމާއި، މިވަގުތު އަޅުގަނޑު އެކަމަށް އިއުތިރާޒު ކުރާ ކަމަށް. ދެން އޭގެ 12 ދުވަސް ފަހުން އަޅުގަނޑަށް އަންނަނީ ސިޓީއެއް އެ ނިންމުން ބަދަލުކުރެވެން ނެތް ކަމަށް. އަދި ފެބްރުއަރީ 4 ވަނަ ދުވަހު އެކޮޅަށް ވަޒީފާއަށް ނުކުތުމަށް. ނުނުކުމެއްޖެ ނަމަ ސޯދިގަށް ފިޔަވަޅު އަޅާނެ ކަމަށް. ދެން އެ ލިޔުމުގައި އޮންނަ ގޮތުން ދަތުރާއި ހުރުމާއި ކެއުމާއި ހުރިހާ ކަމަކީ ކުންފުނިން ހަމަޖައްސާނެ ކަންތައް ކަމުގައި ލިޔުމުގައި އޮވޭ. އެހެންނަމަވެސް މިވަގުތާ ހަމައަށްވެސް، ވަޒީފާއިން ވަކިކުރި ޗިޓު ދިނުމާ ހަމައަށް ވެސް ކުންފުންޏަކުން އަޅުގަނޑުގެ ދަތުރު ހަމަޖައްސާފައި އަޅުގަނޑަކަށް އެއްވެސް އަޕްޑޭޓެއް ދީފައި ނުވޭ. 
މުހައްމަދު ސޯދިގު 

ސޯދިގު ވިދާޅުވީ މިކަމަކީ ސިޔާސީ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މިއީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ. 

އޭނާ ވިދާޅުވީ މިކަމުގައި ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ ނުފޫޒު އޮވެގެން މެންބަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ފެނަކައިން ކުރާ ކަމެއް ކަމަށެވެ. 

މ. ދިއްގަރުއަހުމަދު ނާޒިމް ފެނަކަމުހައްމަދު ސާދިގްޕީއެންސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

23 ފެބުރުއަރީ 2026
ޕީއެންސީ އިން އިހަވަންދޫ ރައްޔިތުންނަށް ދިނީ އަނިޔާ: އަދުނާން އަބްދުﷲ (ކުރީގެ ބޮޑު ކަތީބު)

ޕީއެންސީ އިން އިހަވަންދޫ ރައްޔިތުންނަށް ދިނީ އަނިޔާ: އަދުނާން އަބްދުﷲ (ކުރީގެ ބޮޑު ކަތީބު)

22 ފެބުރުއަރީ 2026
ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

21 ފެބުރުއަރީ 2026
އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

އަނެއްކާވެސް އެއްކަލަ ފަތިވަރު. އެއްކަލަ ގައުމަށްޓަކައި ދީނަށްޓަކައި

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު