Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޮޅިވަރަންފަރު ކަނު އަނދިރީގައި

ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި

ހދ. ނޮޅިވަރަންފަރުގެ މައި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑި، ތިން ސަރަހައްދަކަށް ބަހާލައިގެން ކަރަންޓު ދޭން ފަށައިފި. ރަށުގެ ކައުންސިލުން ބުނި ގޮތުގައި މިހާރު ކަރަންޓު ދެމުންދަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ކޮންމެ ސަރަހައްދަކަށް 30 މިނެޓަށް. މައްސަލަ ދިމާވެގެން އުޅެނީ ރައީސް މުއިއްޒުގެ ސަރުކާރުން އެރަށަށް ފޮނުވި 1 އަހަރު ދުވަސް ނުވާ ޖަނަރޭޓަރަށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 20:53
ނޮޅިވަރަންފަރު ފެނަކައިގައި ކަރަންޓްދޭން ބޭނުންކުރާ މައި ޖަނަރޭޓަރު ހަލާކުވެ ރަށުން ވަނީ ކަރަންޓު ކެނޑިފައި.

ނޮޅިވަރަންފަރު ފެނަކައިގައި ކަރަންޓްދޭން ބޭނުންކުރާ މައި ޖަނަރޭޓަރު ހަލާކުވެ ރަށުން ވަނީ ކަރަންޓު ކެނޑިފައި. | ފެނަކަ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހދ. ނޮޅިވަރަންފަރަށް މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު މައްސަލަ ޖެހި މުޅި ރަށުން ކަރަންޓް ކެނޑިއްޖެ އެވެ. 

އެންމެ ފުރަތަމަ ނޮޅިވަރަންފަރުން ކަރަންޓު ކެނޑުނީ އަންގާރަ ދުވަހުގެ ހެނދުނު އެވެ. މިކަމާއި ގުޅޭ ގޮތުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ ފުރަތަމަ ކަރަންޓް ކެނޑުނީ ޕެނަލްގައި ޑީސީ މޮޑިއުލްއެއް ހަލާކުވެގެން ކަމަށެވެ. އެއީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށާއި، ނަމަވެސް ޕެނަލްގެ މަރާމާތެއް ކޮށްފައި މެންދުރެއް ހާއިރު މުޅި ރަށަށް ކަރަންޓު ދެވުނު ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރުގެ ޑައިނަމޯ އަށް މައްސަލަ ދިމާވެ މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފަ އެވެ. މި ޖަނަރޭޓަރަކީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެރަށަށް ފޮނުވި ޖަނަރޭޓަރެކެވެ. ނަދީމް ވިދާޅުވީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ހަލާކު ވެގެން މިހާރު ކަރަންޓު ދެމުންދަނީ 400 ކިލޯ ވޮޓްގެ ޖަނަރޭޓަރުން ކަމަށެވެ. ނަދީމް ވިދާޅުވީ މުޅި ރަށަށް ކަރަންޓް ދެވޭނީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު މަރާމާތުކޮށްގެން ކަމަށާއި، އެނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ. 

އަދި 400 ކިލޯ ވޮޓްގެ ޖަނަރޭޓުން ރަށުގެ 3 ސަރަހައްދަކަށް ބަހާލައިގެން ކަރަންޓު ދެމުންދާ ކަމަށާއި، ކޮންމެ ސަރަހައްދަކަށް ކަރަންޓު ދެމުންދަނީ 30 މިނުޓަށް ކަމަށެވެ. އަދި 30 މިނެޓް ފަހުން އެއް ސަރަހައްދުން ކަރަންޓު ކަނޑާފައި ޖެހިގެން ހުރި ސަރަހައްދަށް ކަރަންޓް ދެމުންދާ ކަމަށެވެ. 

ނޮޅިވަރަންފަރު ފެނަކައިގައި 3 ޖަނަރޭޓަރެއް ހުރެ އެވެ. އެއީ މިހާރު މައްސަލަ ދިމާވެގެން އުޅޭ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރުގެ އިތުރުން 600 އަދި 400 ގެ ޖަނަރޭޓަރެކެވެ. ނަމަވެސް 600 ކިލޯ ވޮޓްގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. ނަދީމް ވިދާޅުވީ 400 ކިލޯ ވޮޓްގެ ޖަނަރޭޓަރު ހިންގާފައި ހުންނަ ހުރިހާ ވަގުތަކު ސިއްހީ މަރުކަޒަށް ކަރަންޓް ދީފައިވާނެ ކަމަށެވެ. 

ނަދީމް ވިދާޅުވީ އާބާދީ އަށް އައިސްފައިވާ ބަދަލާއެކު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް ނަޮޅިވަރަންފަރު ފެނަކައިގައި ބެކަޕް ޖަނަރޭޓަރެއް ނެތް ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާނަމަ ބޭނުންވަނީ 1 މެގަ ވޮޓްގެ 2 ޖަނަރޭޓަރު ކަމަށާއި، މިދިޔަ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް އެދިގެން އެކަމަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. 

ނަދީމް ވަނީ މި ވަގުތު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަރަންޓް ދީފައި ހުންނަ ވަގުތުގައި ވީހާވެސް ލޯޑް މަދުން ބޭނުން ކުރުމަށް ވަނީ އެދިފަ އެވެ. އަދި ފެނަކައާއީ ކައުންސިލްގެ ނަމުގައި ރައްޔިތުންގެ ކިބައިން ވަނީ މައާފަށް އެދިފަ އެވެ. 

ހދ. ނޮޅިވަރަންފަރުފެނަކަކަރަންޓް ކެނޑުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

24 ފެބުރުއަރީ 2026
މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

23 ފެބުރުއަރީ 2026
ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

23 ފެބުރުއަރީ 2026
ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

ކެނދިކުޅުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޮޑު ޕްރޮޖެކްޓުގައި އިނީ ގުދަނަކާއި ފާހާނާއެއް

19 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު