Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަމަދޫ ބައި-އިލެކްޝަން

ކަމަދޫ ކައުންސިލަރު ސާޖިދު މަގާމުގެ ހުވާ ކުރައްވައިފި

އެމްޑީޕީގެ ކެނޑިޓޭޓް ސާޖިދަށް 170 ވޯޓް ލިބިފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:12
ކަމަދޫ ކައުންސިލަރު ސާޖިދު ވޯޓް ދެއްވަނީ

ކަމަދޫ ކައުންސިލަރު ސާޖިދު ވޯޓް ދެއްވަނީ

ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑިޕީގެ ކެނޑިޑޭޓް އަހުމަދު ސާޖިދު ކައުންސިލަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ސާޖިދު ކާމިޔާބު ކުރައްވާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒު އާއި ވާދަކޮށް 170 ވޯޓުން ނެވެ. ނާއިޒަށް ލިބިފައި ވަނީ 142 ވޯޓެވެ.

މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކަމަދޫ ކައުންސިލަށް އެމްޑީޕީގެ ދެ ކައުންސިލަރުން އިންތިހާބުވި އިރު، ޕީޕިއެމްގެ ކައުންސިލަރެއް ވެސް ވަނީ އިންތިހާބުވެފަ އެވެ. އޭގެ ތެެރެއިން އެމްޑީޕީ ކައުންސިލަރެއް ކަމަށްވާ އަލީ މައުސޫމް ވަނީ ކައުންސިލަރުކަމުގެ ހުވާ ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވިއިރު، އޭނާއަކީ ކައުންސިލްގެ ނާއިބު ރައީސެވެ.

ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސާޖިދު ކައުންސިލަރު ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަފާފައި ވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގަ އެވެ. އެ ރަސްމިއްޔާތަށް ފަހުން އެމްޑީޕީގެ ހަރުގެ އާއި ހިސާބަށް ސާޖިދު ގެންނަވާފައި ވަނީ ސަގާފީ ބޮޑުބެރު ޖެހުމާއެކުގަ އެވެ. އެވަގުތު އެމްޑީޕީގެ ހަރުގެ ހުރި ސަރަހައްދުގައި ވަނީ މުޅި ކަމަދޫ ރައްޔިތުންނަށް ދައުވަތު އަރުވައިގެން ކެއުމެއް ބާއްވާފަ އެވެ.

"ރާއްޖެއެމްވީ"އަށް ސާޖިދު ވިދާޅުވީ ކައުންސިލަރު ކަމުގެ މަގާމާ ހަވާލުވެ މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އާދިއްތަ ދުވަހު ކައުންސިލްގެ އޮފީހަށް ވަޑައިގަންނަވަން ފައްޓަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
26 މެއި 2017

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

26 މެއި 2017
ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި
25 މެއި 2017

ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

25 މެއި 2017
ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!
16 މެއި 2017

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

16 މެއި 2017
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
13 މެއި 2017

އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން

13 މެއި 2017
އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު