Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ދުންފަތުގެ އިސްތިއުމާލު ކުރާ ކުޑަކުދިންގެ އަދަދު ކަންބޮޑުވާން ޖެހޭ ހިސާބުގައި!

14.9 އިންސައްތަ ކުދިން ޝީޝާ ބޭނުން ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 7 ޖޫން 2023 | ބުދަ 04:27
ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ އިތުރުވެފައި

ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ އިތުރުވެފައި

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން އިންސާނާއަށް އެކި ގޮތްގޮތުން ގެއްލުންވާ ކަމެއްކަން ނޭނގޭ މީހަކު ނުހުންނާނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެކަން ކުރަނީ އެއިން ލިބޭ ގެއްލުން ވަރަށް ފުރިހަމައަށް އެނގިތިބެއެވެ. މި ނޭދެވޭ އާދަ ދިވެހިންގެ ތެރޭގައި އިތުރުވެ، މިއަދު ކުޑަކުދިންގެ ތެރޭގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފައެވެ.

2020-2021 ވަނަ އަހަރު ރާއްޖޭގައި ހެދި ސްޓެޕް ސަރވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ކޮންމެވެސް ބާވަތެއްގެ ދުންފަތް ބޭނުން ކުރާ މީހެކެވެ. އެއީ މުޅި އާބާދީގެ 25.7 އިންސައްތައެވެ. ރާއްޖޭގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ސިނގިރޭޓާއި އީ-ސިނގިރޭޓު ނުވަތަ ވޭޕް އާއި ޝީޝާ އާއި ގުޑުގުޑާ ހިމެނެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާގޮތުގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ އާބާދީގެ ބޮޑު އިންސައްތައެއް ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އެ އުމުރުފުރައިގެ އާބާދީގެ 45.7 އިންސަތަ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރާއިރު އެންމެ ގިނައީ ވޭޕް ބޭނުން ކުރާ ކުދިންނެވެ. ކުޑަކުދިންގެ ތެރޭގައި ވޭޕް ބޭނުންކުރުން އިތުރުވެފައިވަނީ އެ ތަކެއްޗަކީ ސިނގިރޭޓަށްވުރެ ރައްކާތެރި އެއްޗެއް ކަމަށް ގަބޫލުކުރާތީއެވެ. އަދި ޒަމާނަށް ފެތުމަށް ނުވަތަ "ކޫލް ކްރައުޑް" ގެ ތެރޭގައި ހިމެނުމަށް ވޭޕް ބޭނުން ކުރުމަކީ ފެޝަނަކަށް ވެފައިވާ ކަމެކެވެ.

އީ ސިނގިރޭޓު ނުވަތަ ވޭޕަކީ ސިނގިރޭޓަށްވުރެ ރައްކާތެރި އެއްޗެއް ކަމަށް ދައްކައިގެން ރާއްޖޭގައި އެތަކެތި އިޝްތިހާރުވެސް ކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އާއްމުންގެ މެދުގައި ސައްޙަނޫން މައުލޫމާތު ފެތުރި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ވޭޕަކީ ވެސް ނިކޮޓިން އާއި ސިއްޙަތަށް ގެއްލުންދޭ އެހެނިހެން ނުރައްކާތެރި މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ވޭޕަކީ އެއްވެސް ގޮތަކަށް ސިނގިރޭޓަށްވުރެ ރައްކާތެރި އެއްޗެއް ނޫނެވެ.

ވޭޕުގެ އިތުރުން ދެވަނައަށް އެންމެ ގިނައިން ކުޑަކުދިންގެ ބޭނުން ކުރާ ދުންފަތް އެކުލެވޭ ބާވަތަކީ ޝީޝާއެވެ. ޝީޝާއަކީ ވެސް ވޭޕާއެއްގޮތަށް "ފެޝަނަކަށް" ވެފައިވާ ކަމެކެވެ. ކޮފީތަކާއި ރައްޓެހިންގެ އެއްވުންތަކުގައި ޝީޝާއެއް ނެތްނަމަ އެ އެއްވުމެއް ފުރިހަމައެއް ނުވެއެވެ. ސަރވޭތަކުން ދައްކާގޮތުގައި ރާއްޖޭގެ 13 އަހަރާއި 15 އަހަރާ ދެމެދުގެ އާބާދީގެ 3.1 އިންސައްތަ ކުދިން ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުންކުރާއިރު އޭގެ ތެރެއުން 14.9 އިންސައްތަ ކުދިން އެތަކެތި ބޭނުންކުރަން ފަށާފައިވަނީ 10 އަހަރު ފުރުމުގެ ކުރިންނެވެ. މިއީ ބެލެނިވެރިންނާއި މުޅި މުޖުތަމައުވެސް ކަންބޮޑުވާން ޖެހޭކަމެކެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުމުން ސިއްހީ ތަފާތު މައްސަލަތައް ދިމާވާއިރު މިއީ ހިތުގެ ބަލިތަކާއި ސްޓްރޯކާއި ކެންސަރު އަދި ފުއްޕާމޭގެ ބަލިތައް ދިމާވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި ޅަ އުމުރުފުރާގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ މާބޮޑެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ކުޑަކުދިންގެ އަދަދު އިތުރުވުމަކީ ނުރައްކަލުގެ ރަނގަބީލެކެވެ. މިކަން ހައްލު ކުރުމަށް ގޭތެރެއިންނާއި ސްކޫލުން އަދި މުޖުތަމައުގެ ތެރެއިން ވެސް މަސައްކަތް ކުރަން ޖެހެއެވެ. ކުޑަކުދިންނަށް ދުންފަތުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅޭ ސައްޙަ މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. އަދި ކުދިންނަކީ މައިންބަފައިންނާއި އެކުދިންގެ ކައިރީގައި އުޅޭ ބޮޑެތި މީހުން ކުރާ ކަންކަން ނަކަލު ކުރާ ބައެއްކަން ދެކިގެން އެ ކުދިންނަށް ނަމޫނާ ދައްކަން ޖެހެއެވެ.

ދުންފަތާއި މަސްތުވާތަކެތި ފަދަ ނުރައްކާތެރި ވަބާތަކުން ކުރިއަށް އޮތް ޖީލު ސަލާމަތް ކުރެވޭނީ އެންމެ އެކުގައި މަސައްކަތް ކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮޅިތަކުގެ އަދަދު ކަނޑަނޭޅި ވިޔަފާރިވެރިން މަގުމަތިވެފައި!

ގޮޅިތަކުގެ އަދަދު ކަނޑަނޭޅި ވިޔަފާރިވެރިން މަގުމަތިވެފައި!

26 އޮކްޓޯބަރު 2019
ދުންފަތުގެ ސަބަބުން ހިތްހަމަޖެހޭ ކަމަށް ޤަބޫލުކުރެވުނަސް އެއީ ކުށްހީއެއް !

ދުންފަތުގެ ސަބަބުން ހިތްހަމަޖެހޭ ކަމަށް ޤަބޫލުކުރެވުނަސް އެއީ ކުށްހީއެއް !

31 މެއި 2019
ބޮޑެތި ކުށްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް މަތީގައި، ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް!

ބޮޑެތި ކުށްކުރާ ބިދޭސީންގެ އަދަދު އިންތިހާއަށް މަތީގައި، ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް!

25 މެއި 2019
އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

10 މެއި 2018

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު