Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކާބޯތަކެތި

ހަލާލް ސެޓިފިކޭޝަން ލެބް: ބޮޑު ސިނާޢަތަކަށް މިކަން ބަދަލުކުރެވިދާނެ!

މިފަދަ ލެބެއް ޤާއިމް ކުރެވިއްޖެ ނަމަ ރާއްޖޭގެ އުފެއްދުންތައް ބޭރުކުރުމަށް ހިތްވަރަކަށް ވެގެންދާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 8 މާރިޗު 2020 | އާދީއްތަ 02:10
ކާބޯތަކެތި ޓެސްޓް ކުރާ ލެބޯޓްރީއެއް

ކާބޯތަކެތި ޓެސްޓް ކުރާ ލެބޯޓްރީއެއް

ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ. ގާތްގަނޑަކަށް ދެ ބިލިއަނެއްހާ މުސްލިމުން ދުނިޔޭގައި މިވަގުތު ތިބި އިރު ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއެވެ.

ދެން ހުރި އަރަބި ގައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކަކީ އާބާދީގައި ކޮންމެވެސް ވަރަކަށް ނުވަތަ ގިނައިން އެހެން ދީންތަކުގެ މީސްމީހުން ދިރިއުޅޭ ޤައުމުތަކެވެ. އެހެން ކަމުން އެޤައުމު ތަކުގެ ބާޒާރުގައި ހުންނަ ކާބޯތަކެތި ގަތުމުގައި އެއީ މުސްލިމުން ކެއުމަށް އެކަށީގެންވާ ހަލާލު ތަކެތިތޯ މުސްލިމުން ބަލައެވެ. އަދި ފިހާރައެއްގައި ހުންނަ ކާބޯތަކެއްޗަކީ ހަލާލު ތަކެތިކަން ކަށަވަރުކޮށްދޭ ސަރޓިފައިޑް ލޯގޯ ހުރިތޯ ބަލައެވެ.

ޙަލާލް ސަރޓިފައި ކުރުން ނުވަތަ ކާބޯތަކެއްޗަކީ ހަލާލު ތަކެތި ތޯ ޓެސްޓްކޮށް، އެކަން ކަށަވަރުކޮށްދިނުމަކީ މިހާރު ދުނިޔޭގައި ބޮޑު އިންޑަސްޓްރީއެކެވެ.

ހަލާލު ލެބޯޓްރީތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިންގަމުންދާއިރު، އިސްލާމީ ޤައުމުތަކަކީ މިކަމުގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކެވެ. މިއީ ރާއްޖެ ފަދަ ޤައުމަކަށް ފަށައިގަނެ، ކުރިއަރުވާ ލީޑް ކުރެވިދާނެ ދާއިރާއެކެވެ.

ރާއްޖޭގައި އުފައްދާ އެކިއެކި ބާވަތްތަކަށްވެސް ހަލާލު ސަރޓިފިކޭޝަން ރާއްޖެއިން ބޭރުން ހޯދަން ޖެހޭއިރު ރާއްޖެއަކީ މިދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ނުވެވޭންވީ ސަބަބެއް ނެތެވެ. އެކަން މިއަދުގެ ސަރުކާރަށް ވަނީ ވިސްނިފައެވެ. ހަލާލް ސައިންސް ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތަށް ބައިނަލްއަޤްވާމީ އެހީ ހޯއްދެވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު އެވަނީ އެ މަސައްކަތް ފައްޓަވާފައެވެ.

އެމަނިކުފާނު މިހާރު ބްރޫނާއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ހާރިޖިއްޔާ ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރާއި ހޮނިހިރު ދުވަހު ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފަދަ ލެބެއް ޤާއިމް ކުރެވިއްޖެ ނަމަ ރާއްޖޭގެ އުފެއްދުންތައް ބޭރުކުރުމަށް ރާއްޖެއިން ސަރޓިފައި ކުރެވި، އިތުރު އުފެއްދުންތައް އަރަބި އިސްލާމީ ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް އިތުރު ހިއްވަރަކަށް މިކަން ވެގެންދާނެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންގޮސް، މަސްވެރިކަމުގެ އިތުރު ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު މިފަދަ ލެބެއްގެ މުހިއްމުކަން އިތުރުވެގެންދާނެއެވެ.

އަދި މީގެ އިތުރުން މިސަރަހައްދުގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގެ ލެބުން ޓެސްޓްކޮށް، ހަލާލް ތަތްގަނޑުޖަހާ އުފެއްދުންތައް ވިއްކަން ފެށުމުގެ ފުރުސަރު އޮންނާނެއެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވެފައި ރާއްޖޭގައި ޤާއިމްކުރެވޭ ލެބްގެ ފެންވަރު ރަނގަޅު ކުރެވިއްޖެނަމަ ރާއްޖޭގެ ލެބަށް އޮންނަ ޔަޤީންކަމާއި އިތުބާރާއި ޑިމާންޑް ބޮޑުވެގެންދާނެއެވެ.

ބްރޫނާއި ފަދަ ޤައުމަކުން އެހީ ހޯދައިގެން ޤާއިމްކުރާ މިފަދަ ލެބެއް ރާއްޖޭގައި ހުޅުވިގެން ދިޔުން ވެގެންދާނީ ރާއްޖޭގެ އިޤްތިސާދަށް އޭގެ ނަފާ ކުރާނެ ކަމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު