Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޕުޓިންގެ ޚިޔާލު ބަދަލު ކުރުމަށް، ޔޫކްރެއިން އަށް ބައިނަލްއަޤުވާމީ ސިފައިން ފޮނުވަން ޖެހޭ: އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން

ލޯރާ ކުއެންސްބާގްގެ ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮރިސް ޖޮންސަން ވިދާޅުވީ، ހަނގުރާމަ ނިންމުމަށް ފަހު ސިފައިން ފޮނުވުމުގެ ޕްލޭނެއް އޮތް ނަމަ، އެކަން މިހާރު ކުރިއަށް ނުގެންދިޔުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2026 | އާދީއްތަ 06:44
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން | ގެޓީ އިމޭޖަސް

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ޚިޔާލު ބަދަލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ޔޫކްރެއިން އަށް ބައިނަލްއަޤުވާމީ ސިފައިން ފޮނުވަން ޖެހޭ ކަމަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެ އެވެ. 

ލޯރާ ކުއެންސްބާގްގެ ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮރިސް ޖޮންސަން ވިދާޅުވީ، ހަނގުރާމަ ނިންމުމަށް ފަހު ސިފައިން ފޮނުވުމުގެ ޕްލޭނެއް އޮތް ނަމަ، އެކަން މިހާރު ކުރިއަށް ނުގެންދިޔުމުގެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެގޮތުން އޭނާ ވަނީ ސުލްޙަވެރި ސަރަހައްދު ތަކަށް، ހަނގުރާމަ ނޫން ދައުރެއްގައި ސިފައިން ފޮނުވުމަށް ގޮވާލައްވައިފަ އެވެ. 

އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ހަނގުރާމަ ނިންމުމުގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ޙާލަތެއްގައި، ޔޫކްރެއިންގެ ސުލްޙަ ހިމާޔަތް ކުރުމަށް ބައިނަލްއަޤުވާމީ ސިފައިން ފޮނުވުމުގެ މަސައްކަތެވެ. އެކަމަށްޓަކައި އެކި އެކި ޤައުމު ތަކުގެ އެއްބާރުލުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޮރިސް ޖޮންސަން ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ނާންނައިރު ވެސް އެކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ. 

ހަނގުރާމަ އަށް ހަތަރު އަހަރު ފުރުން ކައިވެރިވެފައިވާއިރު، ބޮރިސް ޖޮންސަން ވިދާޅުވީ ޕުޓިންގެ އުދުވާނީ އަމަލުތަކާއި، 2014 ވަނަ އަހަރު ކްރިމިއާ ހިފުމަށް ފަހު، ހުޅަނގުގެ ޤައުމު ތަކުން ބޮޑު ސަމާލު ކަމެއް ދީފައި ނުވާތީ މި ހަނގުރާމަ ހުއްޓުވިދާނެ ކަމަށެވެ. 

އިނގިރޭސިވިލާތުގެ ކުރީގެ އަސްކަރީ އިސްވެރިޔާ އެޑްމިރަލް ސާ ޓޯނީ ރަޑަކިން ވިދާޅުވީ، ޔޫކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ހުޅަނގުގެ ޤައުމުތައް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެދިވަޑައިގެންފައިވާ ހަތިޔާރު ފޯރުކޮށްދިނުމަށް އެތައް މަސް ތަކެއް ހޭދަވެފައިވާ ކަމަށެވެ. 

މީގެ އިތުރުން ބޮރިސް ޖޮންސަން ވިދާޅުވީ، މި ލަސްވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާ ކަމަށެވެ. ޔޫކްރެއިން އަށް ބޭނުންވާ ހަތިޔާރު ދިނުމުގައި ދެމިގެންދާ ލަސްކަމަކީ ބޭކާރު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، ފަހުން ހަތިޔާރު ފޯރުކޮށްދީފައިވާ ކަމަށް ވެސް ބޮރިސް ޖޮންސަން ވިދާޅުވެފައިވެ އެވެ. 

އެ އިންޓަވިޔުގައި ބޮރިސް ޖޮންސަން ވިދާޅުވީ، ޔޫކްރެއިން އަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަކީ ހުޅަނގުގެ ޤައުމު ތަކުގެ އެންމެ މުހިންމު އަމާޒު ކަމަށެވެ. ހަމަ އެއާ އެކު، އެކަން ރަޝިޔާގެ ރައީސް ޕުޓިން އަށް ވަރަށް ރަނގަޅަށް ފެންނަން ޖެހޭނެ ކަމަށާއި، އެހެން ނޫން ނަމަ ޕުޓިން ޔޫކްރެއިންގެ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ވެސް ބޮރިސް ޖޮންސަން ވިދާޅުވެފައިވެ އެވެ. 

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ ވިދާޅުވީ، ހަނގުރާމަ ނިންމުމަށް ފަހު ޔޫކްރެއިން އަށް އިނގިރޭސިވިލާތުގެ ސިފައިން ފޮނުވާނެ ކަމަށެވެ. އަދި މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައި މި ހަނގުރާމަ ނިމެން ޖެހޭ ކަމަށް ވެސް ޑިފެންސް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ. 

އެއާ އެކު، އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ، އެންމެ މަތީ ފެންވަރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އެކަމުގައި އިނގިރޭސިވިލާތް ކުރިއަށް ދާނެ ކަމަށެވެ. 

މަސްދަރު: ބީބީސީ

ޔުކްރެއިންބޮރިސް ޖޯންސަންބްރިޓެންރަޝިޔާ-ޔޫކްރެއިންރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއިނގިރޭސިވިލާތްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2026

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި

22 ފެބުރުއަރީ 2026
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި
21 ފެބުރުއަރީ 2026

އެންޑްރޫގެ މައްސަލައިގައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޤާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް

21 ފެބުރުއަރީ 2026
އެންޑްރޫގެ މައްސަލައިގައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޤާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް
18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
15 ފެބުރުއަރީ 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ

15 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ޖެނީވާގައި ކުރިއަށް ގެންދަން ތައްޔާރު ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު