Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ރަޝިޔާ

ރަޝިޔާގެ ފޮރިން މިނިސްޓަރު ލަވްރޮވްގެ ފޯނު ކޯލެއް، ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އަށް

14 ފެބުރުއަރީ 2026 | ހޮނިހިރު 06:09

ސައުދީގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ފޯނު ކޯލުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް. އަދި ދެ ޤައުމުގެ ދެމެދުގައި، ފައިދާ ހުރި ދާއިރާ ތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2026 | ހޮނިހިރު 06:09
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް ސައުދު އަދި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް ސައުދު އަދި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް. | ރޮއިޓާސް

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިޞަލް ބިން ފަރުޙާން އަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. 

މި މަޝްވަރާ ކުރައްވާފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. ސައުދީގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ފޯނު ކޯލުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި، ފައިދާ ހުރި ދާއިރާ ތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ ފޯނު ކޯލުގައި ވަނީ ދެ ޤައުމާ ހަމައަށް އައިސްފައިވާ މައްސަލަ ތަކާއި، ބައިނަލްއަޤުވާމީ މަސްރަހުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައި އެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ މަޝްވަރާ ހިމެނޭ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. 

ސައުދީ އަރަބިއްޔާ އާއި، ރަޝިޔާ އަކީ ބައިނަލްއަޤުވާމީ ދާއިރާގައި މުހިންމު ދައުރެއް އަދާ ކުރާ ދެ ޤައުމެވެ. އަދި ދެ ޤައުމަކީ ވެސް އޮޕެކް ޕްލަސް ޖަމާއަތުގެ މުހިންމު ބައިވެރިންނެވެ. ދެ ޤައުމުގެ ދެ މެދުގައި ތެލާއި، ގޭހުގެ ވިޔަފާރީ އާއި، އިޤްތީޞާދީ ގުޅުން ވަރުގަދަ ކުރުމުގައި ގިނަ މަޝްވަރާ ތަކެއް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ހަމަ އެހެންމެ، ސައުދީ އަރަބިއްޔާ އާއި، ރަޝިޔާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް ފަހަކަށް އައިސް ގިނަ މަސައްކަތް ތަކެއް ކުރެވެމުން އަންނައިރު، ދެ ޤައުމުގެ ވެރިންނާއި، އިސްވެރިން ވަރަށް ގިނައިން ބައްދަލު ވެސް ކުރައްވައި، މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދެ އެވެ. 

މެދު އިރުމަތީގެ ސިޔާސީ ޙާލަތާއި، ބައިނަލްއަަޤުވާމީ ދާއިރާގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާ އާއި، ރަޝިޔާއާ ދެމެދު މަޝްވަރާ ކުރުމަކީ ދާއިމީ ގޮތެއްގައި ކުރެވެމުން  އަންނަ ކަމެކެވެ. މި ދެ ޤައުމުގެ ފޮރިން މިނިސްޓަރުން ވަނީ ވަކި ވަކި ބައިނަލްއަޤުވާމީ މައްްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް މަޝްވަރާ ކުރައްވައިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ޕްރިންސް ފައިސަލް ބިން ފަރުޙާންސަރްގޭ ލަވްރޯވްރަޝިޔާސައުދީ އަރަބިއްޔާ-ރަޝިޔާއޮޕެކް ޕްލަސް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

12 ފެބުރުއަރީ 2026
ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި
08 ފެބުރުއަރީ 2026

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

08 ފެބުރުއަރީ 2026
އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި
06 ފެބުރުއަރީ 2026

ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި

06 ފެބުރުއަރީ 2026
ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި
02 ފެބުރުއަރީ 2026

ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

02 ފެބުރުއަރީ 2026
ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް
01 ފެބުރުއަރީ 2026

އެޕްސްޓީން އާ މެސެޖުތަކެއް ބަދަލުކުރިކަން ފަޅާ އެރުމާ އެކު ސްލޮވާކިއާގެ ރައީސް ގެ މުޝީރު މަގާމުން އިސްތިއުފާ ދެއްވައިފި

01 ފެބުރުއަރީ 2026
އެޕްސްޓީން އާ މެސެޖުތަކެއް ބަދަލުކުރިކަން ފަޅާ އެރުމާ އެކު ސްލޮވާކިއާގެ ރައީސް ގެ މުޝީރު މަގާމުން އިސްތިއުފާ ދެއްވައިފި
01 ފެބުރުއަރީ 2026

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް
29 ޖެނުއަރީ 2026

ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

29 ޖެނުއަރީ 2026
ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި
26 ޖެނުއަރީ 2026

ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން

26 ޖެނުއަރީ 2026
ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން
08 ޖެނުއަރީ 2026

ސައޫދީ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ވޮޝިންގޓަންގައި އެމެރިކާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައިފި

08 ޖެނުއަރީ 2026
 ސައޫދީ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ވޮޝިންގޓަންގައި އެމެރިކާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައިފި
07 ޖެނުއަރީ 2026

ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި

07 ޖެނުއަރީ 2026
ވެނެޒުއޭލާ އާ ގުޅުން އޮތް ކަމަށް ބުނާ ރަޝިޔާގެ ދިދަ ނެގި ތެޔޮ ޓޭންކަރު އެމެރިކާ ސިފައިން ހިފައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް