Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވަޓްސްއެޕް

ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

ރަޝިޔާ ގައި ވަޓްސްއެޕް ބޭނުންކުރާ 100 މިލިއަނަށްވުރެ ގިނަ މީހުން، ސަރުކާރުން ފާރަވެރިވާ "ސްޓޭޓް-އޯންޑް" އެޕަކަށް ބަދަލުކުރުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށް މެޓާ ކުންފުނިން ވަނީ ބުނެފައި. މިގޮތުން 2026 ވަނަ އަހަރާ ހަމައަށް ވަޓްސްއެޕް މުޅިން ބްލޮކްކޮށް، ސަރުކާރުގެ "މެކްސް" އެޕްލިކޭޝަން ބޭނުންކުރުން މަޖުބޫރުކުރުމަށް ރަޝިޔާއިން ދަނީ ރާވަމުން. ނަމަވެސް މިއީ ރައްޔިތުންގެ މުއާމަލާތްތަކުގެ ސިއްރު ހިފެހެއްޓުމާއި އަމިއްލަ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއް ކަމަށް ބުނެ ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 16:59
ސްމާޓްފޯނެއްގެ ސްކްރީނުން މެސެޖިންގ އެޕްލިކޭޝަން، ވަޓްސްއެޕްގެ ލޯގޯ.

ސްމާޓްފޯނެއްގެ ސްކްރީނުން މެސެޖިންގ އެޕްލިކޭޝަން، ވަޓްސްއެޕްގެ ލޯގޯ. | ގެޓީ އިމޭޖަސް

ރަޝިޔާ ސަރުކާރުން މެސެޖިންގ އެޕްތަކަށް އަޅާފައިވާ ހުރަސްތައް އިތުރަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުގައި ވަޓްސްއެޕް "މުޅިން ބްލޮކްކޮށްލުމަށް" ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެޓާ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕުން ބުނި ގޮތުގައި، ރަޝިޔާ ސަރުކާރުގެ މި ނިންމުމުގެ ބޭނުމަކީ އެ ގައުމުގައި ވަޓްސްއެޕް ބޭނުންކުރާ 100 މިލިއަނަށްވުރެ ގިނަ މީހުން، ސަރުކާރުން ފާރަވެރިވާ "ސްޓޭޓް-އޯންޑް ސަވައިލަންސް އެޕް" އަކަށް ބަދަލުކުރުމެވެ.

މި ފިޔަވަޅު އަޅާފައިވަނީ ސަލާމަތީ ރައްކާތެރިކަން ކުޑަކަމަށް ބުނެ، ރަޝިޔާގެ ރެގިއުލޭޓަރުން ޓެލެގްރާމް ބޭނުންކުރުން އިތުރަށް ހަނިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަންދާޒާކުރެވޭ ގޮތުގައި ރަޝިޔާގައި ވަޓްސްއެޕާ އެއްވަރަށް ޓެލެގްރާމް ބޭނުންކުރާ މީހުން އުޅެ އެވެ.

ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 100 މިލިއަނަށްވުރެ ގިނަ މީހުން އަމިއްލަ އަދި ރައްކާތެރި މުއާމަލާތްތަކުން އެކަހެރިކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ރަޝިޔާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކުޑަވެގެންދާނެ ކަމަށެވެ.

އަދި ބޭނުންކުރާ ފަރާތްތަކަށް މުއާމަލާތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ރަޝިޔާގެ މުވާސަލާތީ ރެގިއުލޭޓަރު "ރޮސްކޮމްނަޑްޒޯ" އިން ވަނީ އެ ގައުމުގެ ގާނޫނުތަކަށް ތަބާވުމަށް ވަޓްސްއެޕަށް ތަކުރާރުކޮށް އިންޒާރު ދީފަ އެވެ.

ރަޝިޔާ ސަރުކާރުގެ މީޑިއާ އެޖެންސީ "ޓާސް" އިން މިއަހަރުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި ވަޓްސްއެޕް އެ ގައުމުގައި ދާއިމީކޮށް ބްލޮކްކުރާނެ ކަމަށް ބެލެވެ އެވެ.

ރަޝިޔާގެ އޮފިޝަލެއް ކަމަށްވާ އެންޑްރޫ ސްވިންޓްސޯވްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޓާ އަކީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ގޮތުގައި ރަޝިޔާއިން ކަނޑައަޅާފައިވާތީ، މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަކީ "ބުއްދިވެރި" ކަމެކެވެ.

2022 ވަނަ އަހަރު މެޓާ އަކީ ހަރުކަށި ފިކުރުގެ ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅި ފަހުން، އެ ކުންފުނީގެ އިންސްޓަގްރާމް އަދި ފޭސްބުކް ވަނީ ރަޝިޔާގައި ބްލޮކްކޮށްފަ އެވެ. މިހާރު އެ ގައުމުގައި މި އެޕްތައް ބޭނުންކުރެވެނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) މެދުވެރިކޮށް އެކަންޏެވެ.

ރަޝިޔާގެ ރައްޔިތުން، ސަރުކާރުން އުފައްދާފައިވާ "މެކްސް" ކިޔާ މުވާސަލާތީ ޕްލެޓްފޯމަކަށް ބަދަލުކުރުމަށް މޮސްކޯ އިން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މި އެޕްލިކޭޝަނަކީ ޗައިނާގެ "ވީޗެޓް" އާ އެއްފަދަ އެޕެކެވެ. މިއީ މެސެޖުކުރުމާއި ސަރުކާރުގެ ޚިދުމަތްތައް އެއްކޮށްލާފައިވާ "ސުޕަރ އެޕް" އެއް ނަމަވެސް، މީގައި އެންކްރިޕްޝަން ނުވަތަ މުއާމަލާތްތައް ސިއްރުކޮށްދޭ ނިޒާމެއް ނުހުރެއެވެ.

ރަޝިޔާއިން ބުނަމުންދަނީ ވަޓްސްއެޕާއި ޓެލެގްރާމުންވެސް، ގާނޫނުގައި ލާޒިމްކުރާ ގޮތަށް ރަޝިޔާގެ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އެ ގައުމުގައި ރައްކާކުރުމަށް އިންކާރުކުރަމުންދާ ކަމަށެވެ.

2025 ވަނަ އަހަރުން ފެށިގެން، އެ ގައުމުގައި ވިއްކާ ހުރިހާ އާ ޑިވައިސްތަކެއްގައި "މެކްސް" އެޕްލިކޭޝަން އަޅާފައި ހުރުން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ސަރުކާރު މުވައްޒަފުންނާއި، މުދައްރިސުންނާއި ދަރިވަރުން މި ޕްލެޓްފޯމް ބޭނުންކުރުން ވަނީ ލާޒިމްކޮށްފަ އެވެ.

ޓެލެގްރާމްގެ ޗީފް އެގްޒެކެޓިވް، ރަޝިޔާއަށް އުފަން ވިޔަފާވެރިޔާ ޕަވެލް ޑޫރޯވް ވިދާޅުވީ، ސަރުކާރުން ޓެލެގްރާމަށް ހުރަސްއަޅަނީ ރައްޔިތުންނަށް ފާރަވެރިވުމަށާއި ސިޔާސީ ގޮތުން މައުލޫމާތު ސެންސަރުކުރުމަށްޓަކައި، ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަން ބޭނުންކުރުމަށް މަޖުބޫރުކުރުމުގެ ގޮތުން ކަމަށެވެ.

އީރާނުންވެސް ޓެލެގްރާމް މަނާކޮށް، ސަރުކާރުން ހިންގާ އެޕަކަށް ރައްޔިތުން ބަދަލުކުރުމަށް މިފަދަ އުކުޅެއް ބޭނުންކުރި ނަމަވެސް، އެ ގައުމުގެ ރައްޔިތުން އެކަމުން ރެކިގަންނާނެ ގޮތްތައް ހޯދާފައިވާ ކަމަށް އޭނާ އިންޓަނެޓްގައި ލިޔުއްވާފައިވެ އެވެ.

"ރައްޔިތުންގެ މިނިވަންކަން ހަނިކުރުމަކީ ދުވަހަކުވެސް އޭގެ ރަނގަޅު ހައްލެއް ނޫން،" ޑޫރޯވް ވިދާޅުވިއެވެ.

މަސްދަރު: ބީބީސީ

ރަޝިޔާވަޓްސްއެޕްޓެލެގްރާމްޕަވެލް ޑޫރޯވްމެކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

08 ފެބުރުއަރީ 2026
ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި

ރަޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ ނައިބަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލައިފި

06 ފެބުރުއަރީ 2026
ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

ދުނިޔެ އޮތީ ނުރައްކާތެރި ހާލަތެއްގައި، ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުމެއް ނޫން: މެޑްވެޑޭވް

02 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު