Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެފްޑީއޭ

ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.

ބޯފެނާއި ލުއިބުއިންތައް ބަންދުކުރާ، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި އަޅައިގެން ވިއްކުމަކީ ސިއްހީ ނުރައްކަލެއް އޮތް ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ބުނެފަ. މިފަދަ ފުޅިތައް ތަކުރާރުކޮށް ބޭނުންކުރުމުން އޭގެ އަސަރު ކާބޯތަކެއްޗަށް ކޮށް، އިންސާނުންގެ ހަށިގަނޑަށް ގެއްލުންވުމުގެ ފުރުސަތު އޮތުމާއެކު، އެ އަމަލު ހުއްޓާލުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ. އެހެންކަމުން ކުރުނބާ ފެނާއި އެކި ބާވަތުގެ ބުއިންތައް މިފަދަ ފުޅިތަކުގައި ބަންދުކޮށްގެން ވިޔަފާރި ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ފެބުރުއަރީ 2026 | ހޯމަ 05:05
ސިންގަލް ޔޫޒް ޕްލާސްޓިކް ފުޅީގައި ކުރުނބާ ފެން ވިއްކަނީ

ސިންގަލް ޔޫޒް ޕްލާސްޓިކް ފުޅީގައި ކުރުނބާ ފެން ވިއްކަނީ | ސޯޝަލް މީޑިއާ

ސިންގަލް ޔޫޒް ނުވަތަ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެމްޑީއޭ) އިން ބުނެފި އެވެ. 

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯ ފެނާއި، ލުއި ބުއިންތައް ހުސް ކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ވިއްކަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ފުޅިތަކަކީ އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާގޮތަށް ވަކިވައްތަރެއްގެ ޕްލާސްޓިކަކުން ތައްޔާރު ކޮށްފައި ހުންނަ ފުޅިތަކެއް ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ. އަދި މިއީ ހަމައެކަނި ވަކިކަހަލަ އުފެއްދުންތަކަކަށް ބޭނުން ކުރެވޭ ޕްލާސްޓިކް ގެ ބާވަތެއް ކަމަށާއި ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް މި ފުޅީގައި ބަންދު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

މިއީ މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި އޭގެ ޒަރީއާ އިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ. 

އެހެން ކަމުން ބޯ ފެނާއި ލުއިބުއިން ހުސްކުރި މިދަފަ ފުޅިތައް، ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އެ އޮތޯރިޓީ އިން ވަނީ އެދިފަ އެވެ. އެމްއެފްޑީއޭ އިން ބުނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ނަންބަރު 3034213 އާއި 7603204 އަށް ގުޅުމުން ލިބޭނެ ކަމަށެވެ. 

އެމްއެފްޑީއޭ އިން މިހެން ބުނެފައިވާ އިރު، ބާޒާރުގެ އިތުރުން ފިހާރަތަކުގައި ކުރުނބާ ފެނާ، ފަނި ފަދަ ބުއިންތައް ބަންދުކޮށް، ވިއްކަމުން ދަނީ މިފަދަ ފުޅިތަކުގައި ކަން ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން ވެސް ބައެއް ކަހަލަ އިތުރު ބުއިންތައް ވެސް މިފަދަ ފުޅިތަކުގައި ވިއްކުމަކީ އާންމު ކަމެކެވެ. 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްކާބޯތަކެތީގެ ރައްކާތެރިކަން

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2026

ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި

08 ފެބުރުއަރީ 2026
ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި
28 ޖެނުއަރީ 2026

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި

28 ޖެނުއަރީ 2026
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި
19 ޖެނުއަރީ 2026

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

19 ޖެނުއަރީ 2026
ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ
18 ޖެނުއަރީ 2026

ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ

18 ޖެނުއަރީ 2026
ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ
03 ޑިސެމްބަރު 2025

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު