Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެފްޑީއޭ

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

އެމްއެފްޑީއޭއިން ބުނީ ހުއްދަ ނުލިބި ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި ސެމަގްލޫޓައިޑް އާއި މޫނު އަލިކުރާ ބޭހެއް ކަމަށް ބުނެ އޭޒްލޭއިކް އެސިޑް އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާ ކަމަށް. މިފަދަ ބޭހަކީ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެއް ކަމަށާއި، ޑޮކްޓަރަކާ ނުލައި ބޭނުންކުރުމުން ނުރައްކާތެރި ހާލަތަކަށް ހުށަހެޅިދާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖެނުއަރީ 2026 | ހޯމަ 11:31
އައިޖީއެމްއެޗް ކައިރީގައި ހުންނަ ބޭސް ފިހާރަތައް

އައިޖީއެމްއެޗް ކައިރީގައި ހުންނަ ބޭސް ފިހާރަތައް

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ވިއްކަމުންދާ ކަމަށާއި، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ. 

ހޯމަ ދުވަހު އެމްއެފްޑީއޭ އިން ބުނީ ވިޔަފާރީގެ ގޮތުގައި ރާއްޖޭއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ ބޭހާއިބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓުކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ. 

އިމްޕޯޓު ކުރާ ހުރިހާ ބޭހަކީ ވެސް އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓު (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނިފައިވާ ބޭހަށް ވާން ޖެހޭ ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް، އެތެރެކޮށް ތަފާތު އޮންލައިންކޮށް ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކުރުމަށް ބޭނުންކުރާ ސެމަގްލޫޓައިޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އޭޒްލޭއިކް އެސިޑްއަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ކްލެއިމްކޮށް އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާ ކަމަށެވެ. 

އެމްއެފްޑީއޭއިން ބުނީ، މިފަދަ ބޭސް ތަކަކީ ކޮންމެހެން ބޭނުންކުރަން ޖެހޭ ހާލަތުގައި އެކަމެއްގެ ޚާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުން ކޮށްގެން ނުވާނެ ބޭހެއް ކަމަށެވެ. އަދި ފާމަސީތަކުން މިފަދަ ބޭސްތައް ދޫ ކުރެވޭނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީއަށް ކަމަށް އެއޮތޯރިޓީން ބުނެ އެވެ. އަދި ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދާއި ނުލައި މިފަދަ ބޭސް ބޭނުން ކުރުމުން ހީވެސް ނުކުރާފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅިދާނެ ކަމަށެވެ.

މީގެ އިތުރުން އެމްއެފްޑީއޭއިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯޓުކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަަމުގެ އިންޒާރު ވަނީ ދީފަ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީސެމަގްލޫޓައިޑްއޭޒްލޭއިކް އެސިޑް

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ

18 ޖެނުއަރީ 2026
ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ
03 ޑިސެމްބަރު 2025

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި
24 ނޮވެމްބަރު 2025

ކުޑަ ކުދިންނަށް ދޭ ފޯމިއުލާ އަކުން ޖަރާސީމު ފެނިގެން އެ ފޯމިއުލާ ވިއްކުން މަނާކޮށްފި

24 ނޮވެމްބަރު 2025
ކުޑަ ކުދިންނަށް ދޭ ފޯމިއުލާ އަކުން ޖަރާސީމު ފެނިގެން އެ ފޯމިއުލާ ވިއްކުން މަނާކޮށްފި
30 އޮކްޓޯބަރު 2025

އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި، ފިޔަވަޅު އަޅާނަން

30 އޮކްޓޯބަރު 2025
އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި، ފިޔަވަޅު އަޅާނަން
17 ޖުލައި 2025

ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ

17 ޖުލައި 2025
ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު