Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެފްޑީއޭ

ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި

މި ވިހަ މާއްދާގެ ސަބަބުން މޭނުބައިކުރުމާއި ހޮޑުލުން ފަދަ ސިއްހީ މައްސަލަތައް ދިމާވެދާނެތީ، ބޭބީ ބަޔޯ އޮޕްޓިމާ 1 އަދި ކެޕްރިއާ 1 ގެ ވަކި ބެޗްތަކެއް ބޭނުންނުކުރުމަށް އެމްއެފްޑީއޭއިން އެދިފައިވޭ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބާޒާރުގައި ހުރި މި ބެޗްތަކުގެ އުފެއްދުންތައް ނައްތާލުމަށް ވެސް ވަނީ އަންގާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2026 | އާދީއްތަ 06:54
ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުން ކުރާ "ބޭބީ ބަޔޯ"

ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުން ކުރާ "ބޭބީ ބަޔޯ" | ވައި.ނޮޓްއޯގަނިކް.ކޮމް

ތުއްތު ކުދީންނަށް ކާންދިނުމަށް ތައްޔާރުކޮށްފައިވާ "ބޭބީ ބަޔޯ" ފޯމިއުލާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިއްޖެ އެވެ.

އާދިއްތަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ، ފަރަންސޭސިވިލާތުގައި އުފައްދާފައިވާ ބޭބީބައޯ މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗްތަކުން ސެރެއުލައިޑް ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. މި އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް ގައި އާއްމު ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ސެރެއުލައިޑް އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާ އެއްކަން ފާހަގަކޮށް އެމްއެފްޑީއޭއިން ބުނީ، މި މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެނަމަ މޭނުބައިކޮށް ހޮޑުލުން އަދި ބަނޑުގައި ރިިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބޭސީ ބަޔޯ އޮޕްޓިމާ އެކެއްގެ ތިން ބެޗަކާއި ބޭބީ ބަޔާގެ ކެޕްރިއާ އެކެއްގެ އެއް ބެޗް ރާއްޖެއަށް އެތެރެ ނުކުރުމާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އަންގާފަ އެވެ. 

މަނާ ކޮށްފައިވާ ބެޗްތަކަކީ

  • ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900932
  • ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 894408
  • ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900035
  • ބޭބީ ބަޔޯ ކެޕްރިއާ 1- ބެޗް 899014

ކުޑަކުދިންނަށް ދޭ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނި އެ ނުވިއްކަން އަންގާފައިވާއިރު، ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވެ އެވެ.

ބޭބީ ބަޔޯމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި

28 ޖެނުއަރީ 2026
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި
19 ޖެނުއަރީ 2026

ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ

19 ޖެނުއަރީ 2026
ހުއްދަ ނުހޯދާ ބަރުދަން ލުއިކުރާ ބޭސްފަދަ ބޭސްތައް ދަނީ ވިއްކަމުން، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: އެމްއެފްޑީއޭ
18 ޖެނުއަރީ 2026

ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ

18 ޖެނުއަރީ 2026
ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ
03 ޑިސެމްބަރު 2025

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި
24 ނޮވެމްބަރު 2025

ކުޑަ ކުދިންނަށް ދޭ ފޯމިއުލާ އަކުން ޖަރާސީމު ފެނިގެން އެ ފޯމިއުލާ ވިއްކުން މަނާކޮށްފި

24 ނޮވެމްބަރު 2025
ކުޑަ ކުދިންނަށް ދޭ ފޯމިއުލާ އަކުން ޖަރާސީމު ފެނިގެން އެ ފޯމިއުލާ ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު