Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުކާލާ ތެޔޮ ބޭނުން ކުރާ މައްސަލަ

އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ވަނީ ސަމާލު ކަމަށް އައިސްފައި، ފިޔަވަޅު އަޅާނަން

ރިސޯޓުތަކުން އުކާލާ ތެޔޮ ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރުމަކީ މަނާ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 08:45
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް

ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް

ރިސޯޓު ފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ، ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރު ކުރުމަށް ރިސޯޓު ފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުން ކުރަމުންދާ ކަމާއި، ވިއްކާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. މިކަން މިގޮތަށް ކުރުމަކީ މަނާ ކަމެއް ކަަމަށާއި، އަދި އާއްމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމަށް ބަޔާންކޮށް 14 ފެބުރުވަރީ 2018 ގައި ނޫސްބަޔާނަކުން އަންގާފައިވާ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ގާނޫނު ގައި ބަޔާން ކުރާ ''ކާބޯތަކެތީ ގައި ހުންނަން ޖެހޭ އާއްމު ޝަރުތުތައް'' މިފަދަ ތެލުގައި ފުރިހަމަ ނުވާނެކަން ފާހަގަކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ ރިސޯޓު ފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތިން ތަޣައްޔަރު ވެފައިވާ ތެޔޮ ކަމުގައި ވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.

އެހެންކަމުން މި ގޮތަށް ކާބޯތަކެތި ތައްޔާރު ކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ.

އެ އޮތޯރިޓީން ބުނީ މިފަދަ ތަކެތި ވިއްކާ އަދި ބޭނުން ކުރާ ފަރާތްކާއި މެދު ގާނޫނުގައިވާ ގޮތަށް ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިސޯޓު ފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިން ނަމަވެސް މިހާތަނަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރި މަސައްކަތެއް އިތުރު ތަފްސީލެއް އެ އޮތޯރިޓީން ދީފައި ނުވެ އެވެ. މި މައްސަލަ ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މި ވިޔަފާރީ ގައި ގިނަ އަދަދެއްގެ ބިދޭސީން ޝާމިލުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީކާބޯތަކެތީގެ ރައްކާތެރިކަންއާއްމު ސިއްހަތު

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި
24 ނޮވެމްބަރު 2025

ކުޑަ ކުދިންނަށް ދޭ ފޯމިއުލާ އަކުން ޖަރާސީމު ފެނިގެން އެ ފޯމިއުލާ ވިއްކުން މަނާކޮށްފި

24 ނޮވެމްބަރު 2025
ކުޑަ ކުދިންނަށް ދޭ ފޯމިއުލާ އަކުން ޖަރާސީމު ފެނިގެން އެ ފޯމިއުލާ ވިއްކުން މަނާކޮށްފި
20 ނޮވެމްބަރު 2025

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި

20 ނޮވެމްބަރު 2025
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި
17 ޖުލައި 2025

ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ

17 ޖުލައި 2025
ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ
03 ޖުލައި 2025

ބޭސް ނުލިބުން ހައްލުވާނެކަމަށް ކުރެވުނު އުއްމީދު ފެނަށް

03 ޖުލައި 2025
ބޭސް ނުލިބުން ހައްލުވާނެކަމަށް ކުރެވުނު އުއްމީދު ފެނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު