Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީއައިއޭގެ ސީލިންގ އިން ބައެއް ވެއްޓުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި އަލަށް ހުޅުވި ޓާމިނަލުގެ ސީލިންގ އިން ބައެއް ވެއްޓި، އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، އެއަރޕޯޓުގެ އިންތިޒާމްތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ. މި ކަންކަމާ ގުޅޭގޮތުން އެއަރޕޯޓް ހިންގާ ކުންފުނީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 16 ފެބުރުއަރީ 2026 | ހޯމަ 08:35
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީލިން އިން ވެއްޓުނު ބައިގެ ބައެއް ފޮޓޯތައް.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީލިން އިން ވެއްޓުނު ބައިގެ ބައެއް ފޮޓޯތައް. | ސޯޝަލް މީޑިއާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި އަލަށް ހުޅުވި ޓާމިނަލުގެ ސީލިންގ އިން ބައެއް ވެއްޓި، އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް, ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅެވެ. އެހެންކަމުން މިހާ އަވަހަށް މިފަދަ ކަމެއް ދިމާވުމުން އާއްމުން ދަނީ އެކަމާއި މެދު ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބައެއް އާއްމުން ވަނީ އެފަދަ ކަމެއް ހިނގުމުން އެކަން ހައްލު ކުރެވުނުކަން ނުވަތަ ނޫންކަން، ސާފުކޮށް ހާމަކޮށްދިނުމަކީ އާއްމުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަކާ ވީއައިއޭ އިން ކުރަން ޖެހޭނެ ކަމެއް ކަމަށް ބުނެފަ އެވެ.

މީސްމީޑިއާގައި ވަނީ އެ ތަނުގެ ސީލިން އިން ބައެއް ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯ އެއް ވައިރަލް ވެފަ އެވެ. ރާއްޖެޓީވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. ސީލިންގ އިން ވެއްޓުނު ބައިން ޖެހި ފަތުރުވެރިއަކަށް އަނިޔާވި ކަމަށް އަޑު ފެތުރުނު ނަމަވެސް، މި ހާދިސާގައި މީހާކަށް އަނިޔާވެފައި ނުވާ ކަމަށް ރާއްޖެ ޓީވީ އަށް މައުލޫމާތު ދިން މީހުން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ސީލިންގ އިން ބައެއް ވެއްޓުނު އިރު އެތަނުގައި ފަތުރުވެރިން ތިބިކަމަށް މައުލޫމާތު ލިބިފައި ވެ އެވެ. ސީލިން އިން ބައެއް ވެއްޓުނު ސަރަހައްދަނީ ޓީއެމްއޭ ކައުންޓަރާއި ދިމާލުގައި ހުރި ތަނެކެވެ. އަދި މިހާރު އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.

އެއާޕޯޓް އާ ޓަރމިނަލްގެ މަސައްކަތުގެ ފެންވަރާއި އިންތިޒާމްތަކާއި މެދު އެތައް ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. މީސްމީޑިއާގައި އެއާޕޯޓްގެ އިންތިޒާމްތަކާއި މެދު ވާހަކަ ދެއްކި އާއްމު މީހަކު ވަނީ އެތަނުގައި ބަހައްޓާފައިވާ ބޯފެން ޑިސްޕެންސަރތަކުގައި ފިލްޓަރ އެއްވެސް މިންވަރަކަށް ބަދަލު ނުކުރާ ކަމަށް ފާހަގަކޮށްފަ އެވެ. އާ ޓަރމިނަލް ހުޅުވީއްސުރެ ފިލްޓަރ ބަދަލު ނުކޮށް، އެ ތަނުން ލިބޭ ފެން ރީނދޫ ކުލައިގައި ހުންނަން ފެށި ފަހުން މިހާރު ފެން ކަނޑާލާފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ މިހާރު އެއާޕޯޓުގައި ފެން ބޯނެ ގޮތެއް ނެތް ކަމަށެވެ. 

މިކަމާއި ގުޅޭ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ބަހެއް ހޯދުމަށް މި ނޫހުން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް މިކަމާއި ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޓީއެމްއޭވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލްރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2026

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

06 ފެބުރުއަރީ 2026
އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު
06 ފެބުރުއަރީ 2026

އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟

06 ފެބުރުއަރީ 2026
އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟
26 ޖެނުއަރީ 2026

އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ

26 ޖެނުއަރީ 2026
އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ
15 ޖެނުއަރީ 2026

އެއަރޕޯޓުން ޑޮލަރު ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

15 ޖެނުއަރީ 2026
އެއަރޕޯޓުން ޑޮލަރު ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
03 ޖެނުއަރީ 2026

އާ ޓަރމިނަލް ސީޕްލޭން ޗެކިންގ ކައުންޓަރ ހަދައިގެން ރިސޯޓް ރެޕުންނަށް ލިބުނު މޮޅެއް ނެތް!

03 ޖެނުއަރީ 2026
އާ ޓަރމިނަލް ސީޕްލޭން ޗެކިންގ ކައުންޓަރ ހަދައިގެން ރިސޯޓް ރެޕުންނަށް ލިބުނު މޮޅެއް ނެތް!
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
16 ޖުލައި 2025

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު
16 ޖުލައި 2025

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް
21 ޑިސެމްބަރު 2024

ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

21 ޑިސެމްބަރު 2024
ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ
24 ނޮވެމްބަރު 2024

ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި

24 ނޮވެމްބަރު 2024
ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު