Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަހު 10އެއްގެ އޯޓީ

ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ދޭ އޯޓީ މަދުވުމުން މުވައްޒަފުންގެ ކަންބޮޑުވުން

ރަމަޟާން މަހުގެ ފަހު 10 އެއްގައި ސަރުކާރު ބަންދުވި ނަމަވެސް، ސްޓެލްކޯގެ ބައެއް މުވައްޒަފުން ޝިފްޓް ޑިއުޓީ އަދާކުރަން ޖެހޭތީ އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ. މި ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވެންސެއް ދޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާއިރު، މުވައްޒަފުން އެދެނީ މަސައްކަތުގެ ހުރިހާ ވަގުތަކީ ވެސް އޯޓީގެ ގޮތުގައި ގުނުމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 20 ފެބުރުއަރީ 2026 | ހުކުރު 17:31
ސްޓެލްކޯ ނަން ބޯޑު

ސްޓެލްކޯ ނަން ބޯޑު | ރާއްޖެއެމްވީ

ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް އޯޓީ ދޭ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ ރަމަޟާން މަހު ފަހު 10އެއްގައި ސަރުކާރު ބަންދު ކުރި ނަމަވެސް ސްޓެލްކޯގެ ބައެއް މުވައްޒަފުން އާންމުކޮށް ވަޒީފާ އަދާ ކުރާ ފަދައިން ޝިފްޓް ޑިއުޓީ އަދާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ފަހު 10އެއްގައި ޝިފްޓް ޑިއުޓީ އަދާކުރާ މުވައްޒަފުން ވަޒީފާ އަށް ނުކުންނަ ވަގުތު ގުނަންވާނީ، މުޅިން ވެސް އިތުރު ވަގުތުގެ ގޮތުގައި ކަމަށް މުވައްޒަފުން ބުނެ އެވެ. ނަމަވެސް މިހާރު އޮތް ގޮތުން މުވައްޒަފުންނަށް އޯޓީ ދޭނީ، ފަހު 10 އެއް ފިޔަވާ، މުވައްޒަފުން އާއްމުކޮށް ރޯދަ މަހު ވަޒީފާފާ އަދާ ކުރާ ވަގުތުގެ އިތުރަށް މުވައްޒަފު ވަޒީފާގައި ހޭދަކުރާ ވަގުތުގައި ކަމަށް އަންގާފައިވާ ކަމަށް މި ނޫހާއި ވާހަކަދެއްކި މުވައްޒަފުން ވަނީ ބުނެފަ އެވެ.

މިއީ ޝިފްޓް ޑިއުޓީ އަދާ ކުރާ މުވައްޒަފުންނާއި އެހެން މުވައްޒަފުންނާއި ދެމެދު ތަފާތުކުރުން ކަމަށް މުވައްޒަފުން ވަނީ ބުނެފަ އެވެ. އަދި ފަހު 10އެއްގައި ސަރުކާރު ބަންދު ކަަމަށް ނިންމުމަށް ފަހު، ޚިދުމަތް ދިނުމަށް ނުކުންނަ މުވައްޒަފުންނަށް އެ މުވައްޒަފުން ޑިއުޓީ އަށް ނުކުންނަ ވަގުތު ފުރިހަމައަށް އޯޓީ ދޭން ވާނެ ކަމަށް ގަބޫލުކުރާ ކަމަށް އެ މުވައްޒަފުން ދަނީ ބުނަމުންނެވެ.

ސްޓެލްކޯ އިން ވަނީ މުވައްޒަފުންނަށް އޯޓީ ދިނުމުގައި އަމަލު ކުރަނީ ކުރިން ވެސް ރަމަޟާން މަހުގައި އަމަލުކުރި އުސޫލުން ކަަމަށާއި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ބުނެފަ އެވެ.ރޯދަމަހުގެ ފަހު 10 ގައި މަސައްކަތައް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް ހާޒިރީ އެލެވެންސްއެއް ދޭނެ ކަމަށް ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

ރަމަޟާން މަހުގެ ފަހު 10ގައި ސަރުކާރު އޮފީސްތައް ބަންދު ވި ނަމަވެސް، ސަރުކާރު މުއައްސަސާތަކުންނާއި އޮފީސްތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސްޓެލްކޯރަމަޟާން 1447ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

18 ފެބްރުއަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

17 ފެބުރުއަރީ 2026
18 ފެބްރުއަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
16 ފެބުރުއަރީ 2026

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި އަލަށް ހުޅުވި ޓާމިނަލުގެ ސީލިންގ އިން ބައެއް ވެއްޓި، އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ

16 ފެބުރުއަރީ 2026
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި އަލަށް ހުޅުވި ޓާމިނަލުގެ ސީލިންގ އިން ބައެއް ވެއްޓި، އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ
14 ފެބުރުއަރީ 2026

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026
އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!
14 ފެބުރުއަރީ 2026

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ
06 ފެބުރުއަރީ 2026

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

06 ފެބުރުއަރީ 2026
އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު
06 ފެބުރުއަރީ 2026

އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟

06 ފެބުރުއަރީ 2026
އަނެއްކާ އަނެއް ވައުދު! މިފަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ތެރެއަށް ވަންނަންވީ؟
26 ޖެނުއަރީ 2026

އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ

26 ޖެނުއަރީ 2026
އުވަ ދޯންޏެއް ކޮނޑަށް ލައިގެން ރަށްރަށަށް ދިޔަޔަސް، މާލޭ އަވަށްތަކުގެ މީހުން އެއްކުރިޔަސް މުއިއްޒަށް ދެވަނަ ދައުރެއް ލިބޭނެ އެއްގޮތެއް ވެސް ނެތް: ބޮންޑާ
11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު