Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިލެކްޝަން

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ހއ. ބާރަށަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވައި، މި ސަރުކާރުން ރަށްރަށް ބާކީކޮށްލާފައިވާ ކަމަށް ވިދާޅުވި. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރަށްރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވޭކަން ފާހަގަކުރައްވައި، އިންތިޚާބުތައް އެއްކޮށްލުމާ މެދު ނަގާ ވޯޓުގައި "ނޫނެކޭ" ބުނުމަށް ޝާހިދު ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ. މި ދަތުރުފުޅުގައި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ޓީމަށް މަރުހަބާ ކިޔާފަ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2026 | ހުކުރު 12:06
އެމްޑީޕީގެ ކެމްޕެއިން ޓީމުން ބާރަށަށް ކުރި ޒިޔާރަތުގެ ތެރެއިން

އެމްޑީޕީގެ ކެމްޕެއިން ޓީމުން ބާރަށަށް ކުރި ޒިޔާރަތުގެ ތެރެއިން | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދު ހއ. ބާރަށަށް ޒިޔާރަތް ކުރެއްވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ހުކުރު ދުވަހު މެންދުރު އެމްޑީޕީގެ ކެމްޕެއިން ޓީމު ބާރަށަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ޓީމަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. 

Advertisement - newsAdvertisement

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ހުކުރު ދުވަހު ހއ އަތޮޅަށް ކުރާ މިދަތުރުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމުން ބާރަށް ކުރެއްވި މި ޒިޔާރަތުގައި ކެނޑިޑޭޓުންނާއި ވަނީ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިސަރުކާރުން މިރަށްރަށް ވަރަށް ބޮޑަށް ބާކީ ކޮށްލާފައިވާ ކަމަށާއި، މި ހާލަތު ބަދަލުކުރެވޭނެ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ބިލިއަނުން ބަޖެޓު ފާސް ކުރާއިރު ރަށްރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވޭކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓުގައި އެކަމަށް ނޫނެކޭ ބުނުމަށް ވެސް ޝަހިދު ވަނީ ގޮވާލައްވާފަ އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީބާރަށްލޯކަލް ކައުންސިލް އިންތިޚާބު 2026އަޙްމަދު ދީދީހއ. އަތޮޅު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

20 ފެބުރުއަރީ 2026
މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

މިސަރުކާރުގައި ރައްޔިތުންނަށް ދަތިވެ، މިއަދު ބޭހެއް، ގޭހެއް އަދި ލޭ ވެސް ނުލިބޭ: މެންބަރު ނާޒިލް

20 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

ދެ އިންތިޚާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމަނިކުފާނުގެ އަތުން ދާ ހަރަދު ބޮޑުވާތީ: ފައްޔާޒު

20 ފެބުރުއަރީ 2026
ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު