Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނު-އީރާން

ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

18 ފެބުރުއަރީ 2026 | ބުދަ 12:35

ޖަރުމަނުވިލާތުން އީރާނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ބަޔާންތަކާ ގުޅިގެން، ތެހެރާންގައި ހުންނަވާ ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި. މި ބައްދަލުވުމުގައި، އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ޖަރުމަނުން ހިމާޔަތްދޭ ކަމަށް ބުނެ އެ ގައުމުން ވަނީ ރަސްމީކޮށް އިހުތިޖާޖުކޮށްފައި. އަދި ޖަރުމަނުގެ މިފަދަ އަމަލުތަކަކީ އދ. ގެ ޗާޓަރާ ޚިލާފު ކަންތައްތަކެއް ކަމަށް ފާހަގަކޮށް، އީރާނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 12:35
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އެ ގައުމުގެ ފޮރިން މިނިސްޓްރީ (ޚާރިޖީ ވުޒާރާ) ހިންގާ އިމާރާތުގެ މަންޒަރެއް.

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އެ ގައުމުގެ ފޮރިން މިނިސްޓްރީ (ޚާރިޖީ ވުޒާރާ) ހިންގާ އިމާރާތުގެ މަންޒަރެއް. | ޕްރެސްޓީވީ

ޖަރުމަނުވިލާތުގެ ކަމާބެހޭ ފަރާތްތަކުން އީރާނާ ދެކޮޅަށް ވިދިވިދިގެން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ގުޅިގެން، ތެހެރާންގައި ހުންނަވާ ޖަރުމަނުގެ ސަފީރު އީރާނުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.

އަންގާރަ ދުވަހު ޖަރުމަނުގެ ސަފީރު އެކްސެލް ޑިޓްމަން، ފޮރިން މިނިސްޓްރީއަށް ހާޒިރުކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފޯ ވެސްޓަން ޔޫރަޕް، އަލީރިޒާ ޔޫސުފީއެވެ. މި ބައްދަލުވުމުގައި، ޖަރުމަނުގެ އަމަލުތަކާ މެދު އިސްލާމީ ޖުމްހޫރިއްޔާ އިން ހަރުކަށި ހުތިޖާޖު ކުރާ ކަން ރަސްމީކޮށް އޭނާ އަށް ވަނީ އަންގާފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ސަފީރު ހާޒިރުކުރަން ޖެހުނީ ޖަރުމަނުވިލާތުގައި އީރާނާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ޖަރުމަނުގެ އޮފިޝަލުން އީރާނާ ދެކޮޅަށް ނެރެމުންދާ ފަނާކުރަނިވި ބަޔާންތަކާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ޔޫސުފީ ވަނީ، ތެހެރާނާ ދެކޮޅަށް ހަރަކާތްތެރިވާ ހަރުކަށި އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ޖަރުމަނުން ހިމާޔަތްދީ، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޖަރުމަނުގެ މިފަދަ ނިންމުންތަކާއި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާއި އދ. ގެ ޗާޓަރާ ޚިލާފު ކަންތައްތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ބާލިންއިން ޒިންމާ އުފުލަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޖަރުމަނުގެ ސަފީރު ވަނީ ތެހެރާނުގެ މި އިހުތިޖާޖު ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކަށް ރައްދުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާ އިން އީރާނާ ދެކޮޅަށް ބަހުގެ ހަމަލާތަކާއި އަސްކަރީ ފިއްތުންތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގައި، ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ އީރާނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ވަރުގަދަކުރަމުންނެވެ.

މީގެ ކުރިން ޖެނުއަރީ މަހުގެ ފަހުކޮޅުވެސް ސަފީރު ޑިޓްމަން ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އެފަހަރު އޭނާ ހާޒިރުކުރީ، އީރާނު ސަރުކާރުގެ "ދުވަސްތައް ގުނެމުންދާ" ކަމަށް ވިދާޅުވެ ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މާރޒް މިފަދަ މޭރުމަކުން ވާހަކަދެއްކެވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެމުންދާ ބަހުގެ ހަމަލާތައް ވަރުގަދަކޮށް، އީރާނު ވަށައިގެންވާ ސަރަހައްދުތަކަށް އަސްކަރީ ބާރުތައް ޖަމާކުރަމުންދިޔަ ދަނޑިވަޅެއްގަ އެވެ. އެއީ އީރާނުގެ އިގްތިސާދީ ހާލަތާ ގުޅިގެން ކުރި މުޒާހަރާތައް، ހަމަނުޖެހުމަކަށް ބަދަލުކޮށްލުމަށް އެމެރިކާ އާއި އިޒްރޭލުގެ އެހީތެރިކަމާއެކު މަސައްކަތްކުރި ފަރާތްތަކާ އީރާނު ސަރުކާރުން ކުރިމަތިލާން ޖެހުނު ދުވަސްވަރެވެ.

އީރާން-ޖަރުމަންއެކްސެލް ޑިޓްމަންއަލީރިޒާ ޔޫސުފީފްރީޑްރިކް މާރޒްއީރާން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

17 ފެބުރުއަރީ 2026
އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ
16 ފެބުރުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

16 ފެބުރުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި
16 ފެބުރުއަރީ 2026

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ
14 ފެބުރުއަރީ 2026

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
12 ފެބުރުއަރީ 2026

ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް

12 ފެބުރުއަރީ 2026
ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް
08 ފެބުރުއަރީ 2026

އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ

08 ފެބުރުއަރީ 2026
އެމެރިކާ ދެކެ ބިރެއް ނުގަނޭ، ޔުރޭނިއަމްގެ ހައްގު ދޫކޮށެއް ނުލާނަން: އަރާގްޗީ
05 ފެބުރުއަރީ 2026

އީރާނުން އަމިއްލަ އަށް އުފައްދާ ބެލިސްޓިކް މިސައިލްތައް އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުމާ އެކު ދިފާއީ ބާރު ކުރިއަށް ވުރެ ވަރުގަދަވެއްޖެ: އެންމެ އިސް ޖެނެރަލް

05 ފެބުރުއަރީ 2026
އީރާނުން އަމިއްލަ އަށް އުފައްދާ ބެލިސްޓިކް މިސައިލްތައް އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުމާ އެކު ދިފާއީ ބާރު ކުރިއަށް ވުރެ ވަރުގަދަވެއްޖެ: އެންމެ އިސް ޖެނެރަލް
05 ފެބުރުއަރީ 2026

ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި

05 ފެބުރުއަރީ 2026
ޖަރުމަނުގެ ޗާންސެލަރު މާޒް ސައުދީ އަށް ވަޑައިގެން، ވަލީ އަހުދު މުޙައްމަދާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2026

ތެހެރާނުގެ ބޮޑު މޯލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް

04 ފެބުރުއަރީ 2026
ތެހެރާނުގެ ބޮޑު މޯލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް
04 ފެބުރުއަރީ 2026

އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އީރާން އާއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށްދޭ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް