Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ

ޗައިނާގެ ފަޓާސް ފިހާރަ އެއްގައި ބާރުގަދަ ގޮވުންތަކެއް ހިނގާ، 12 މީހުން މަރުވެއްޖެ

ޗައިނާގެ ލޫނާ ނިއު އިޔާ ފާހަގަކުރުމަށް ގިނަ އަދަދަކަށް ފަޓާސް ބޭނުންކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އިތުރުވެފައި. ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް ސިޓީތަކުގައި ފަޓާސް މަނާކުރި ނަމަވެސް، މިއީ އެ ގައުމުގެ ސަގާފަތާ ގުޅިފައިވާ ކަމަކަށްވާތީ މި މައްސަލައިގައި އާންމުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުރި. މިދިޔަ އަހަރުގެ ޖޫން މަހުވެސް ފަޓާސް ކާރުޚާނާއެއް ގޮވައި ގިނަ ބަޔަކު މަރުވެފައިވާތީ، މިފަދަ ތަންތަނުގެ ރައްކާތެރިކަމާމެދު ވަނީ ސުވާލު އުފެދިފައި.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 13:04
ޗައިނާގެ ލިއާއޮނިންގް ޕްރޮވިންސްގެ ޝެންޔަންގްގައި، ޗައިނާގެ އައު އަހަރު ނުވަތަ ލޫނާ ނިއު އިޔާ ބަންދަށްފަހު ފިހާރައެއް އަލުން ހުޅުވުމުގެ މުނާސަބަތުގައި ބަޑިބޭހުގެ ތަކެތި ގޮއްވަމުންދާއިރު އެތަކެތީގެ އަޑުގަދަކަމުން، އެ ސަރަހައްދުގައި ތިބި ބައެއް މީހުން ކަންފަތުގައި އަތްއަޅައިގެން - ފެބްރުއަރީ 10، 2019.

ޗައިނާގެ ލިއާއޮނިންގް ޕްރޮވިންސްގެ ޝެންޔަންގްގައި، ޗައިނާގެ އައު އަހަރު ނުވަތަ ލޫނާ ނިއު އިޔާ ބަންދަށްފަހު ފިހާރައެއް އަލުން ހުޅުވުމުގެ މުނާސަބަތުގައި ބަޑިބޭހުގެ ތަކެތި ގޮއްވަމުންދާއިރު އެތަކެތީގެ އަޑުގަދަކަމުން، އެ ސަރަހައްދުގައި ތިބި ބައެއް މީހުން ކަންފަތުގައި އަތްއަޅައިގެން - ފެބްރުއަރީ 10، 2019. | ރޮއިޓާސް

ޗައިނާގެ ހޫބޭ ޕްރޮވިންސްގައި ހުންނަ ފަޓާސް ވިއްކާ ފިހާރައެއްގައި ބުދަ ދުވަހު ބާރުގަދަ ގޮވުންތަކެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 12 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ، ސީސީޓީވީން ރިޕޯޓްކޮށްފި އެވެ. މި ހާދިސާގައި އެ ފިހާރައިގެ 50 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ އަނދައި ހުލިވެފަ އެވެ.

ސީސީޓީވީގެ ރިޕޯޓުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މެދުތެރޭ ޗައިނާގެ ޝިއަންޔަންގް ސިޓީގައި ހުންނަ، ނަން ހާމަކޮށްފައިނުވާ ފަޓާސް ވިއްކާ ފިހާރައެއްގަ އެވެ. މި ގޮވުން ގޮވަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޗައިނާގައި ފަޓާހާއި ގުޅުންހުރި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ފެށުނު ޗައިނާގެ އައު އަހަރު ނުވަތަ ލޫނާ ނިއު އިޔާ ފަދަ މުނާސަބަތުތަކާ ގުޅިގެން އެ ގައުމުގައި ވަރަށް ގިނައިން އަދި އެއްވެސް އުސޫލެއް ނެތް ގޮތަކަށް ފަޓާސް ބޭނުންކުރެ އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް، ހޫބޭ އާ އަވަށްޓެރި ހޫނާން ޕްރޮވިންސްގައި ހުންނަ ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ނުވަ މީހުން މަރުވެ، 26 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.

ސަލާމަތީ ސަބަބުތަކަށާއި ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޗައިނާގެ ބައެއް ސިޓީތަކުގައި ފަޓާސް ބޭނުންކުރުން މަނާކޮށްފައިވީ ނަމަވެސް، މިއީ އެ ގައުމުގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ސަބަބަކީ ނުބައި ރޫހުތައް ފައްސާލުމުގެ ގޮތުން ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ފަޓާހަކީ، ޗައިނާގެ އައު އަހަރުގެ ފާހަގަކުރުންތަކުގެ ވަރަށް މުހިންމު ބަޔަކަށް ވާތީއެވެ.

މަސްދަރު: ރޮއިޓާސް

ޗައިނާހޫބޭ ޕްރޮވިންސްޝިއަންޔަންގް ސިޓީހޫނާން ޕްރޮވިންސްލޫނާ ނިއު އިޔާބަޑިބޭހުގެ ސާމާނު

ކޮމެންޓް

އިތުރަށް ކިޔާލަން

މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން އާރުޑީސީ އަށް 230 ހެވީ މެޝިނަރީ ގެންނަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން އާރުޑީސީ އަށް 230 ހެވީ މެޝިނަރީ ގެންނަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

06 ފެބުރުއަރީ 2026
އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

އީރާން، ޗައިނާ، ރަޝިޔާ ގުޅިގެން އިންޑިއާ ކަނޑުގައި އަސްކަރީ ތަމްރީން ތަކެއް

01 ފެބުރުއަރީ 2026
މިޔަންމާ ގައި ސްކޭމް ސެންޓަރުތައް ހިންގި އާއިލާއެއްގެ 11 މެންބަރަކަށް ޗައިނާ އިން މަރުގެ އަދަބު ދީފި

މިޔަންމާ ގައި ސްކޭމް ސެންޓަރުތައް ހިންގި އާއިލާއެއްގެ 11 މެންބަރަކަށް ޗައިނާ އިން މަރުގެ އަދަބު ދީފި

29 ޖެނުއަރީ 2026
ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

25 ޖެނުއަރީ 2026
2025 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 5 އިންސައްތަ ކުރިއަރައިފި؛ މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން އެންމެ ދަށްވި އެއް އަހަރު

2025 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 5 އިންސައްތަ ކުރިއަރައިފި؛ މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން އެންމެ ދަށްވި އެއް އަހަރު

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު