Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. ހުސެއިން ރަޝީދު

ކޯޓުގެ ހުރުމަތް ކަނޑަނީއޭ ބުންޏަސް، އިންސާފު ނުލިބޭ ވާހަކަ ދައްކާނަން: ޑރ. ހުސެއިން

އިސްލާމީ އަސްލަކާ ހިލާފުނުވާ ކޮންމެ ވާހަކައެއް ދެއްކޭނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2017 | ހޮނިހިރު 02:09
ޑރ. ހުސެއިން ރަޝީދު

ޑރ. ހުސެއިން ރަޝީދު

ކޯޓުތަކުން ނެރޭ ހުކުމްތަކަށް ފާޑު ކިޔުމުން ކޯޓުގެ ހުރުމަތް ކަނޑަނީ ކަމަށް ބައެއް ފަރާތްތަކުން ބުނަނީ ބިރުދައްކަން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ބަހުގެ ހަމަލާތަކެއް ޝަރުއީ ދާއިރާއަށް ރައްދު ކުރައްވައިފި އެވެ.

ހުކުރު ދުވަހުގެ ރޭ މ.ކުނޫޒުގައި ބޭއްވި ޑިމޮކްރަސީ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މިނިވަން ކަމާއެކު އިސްލާމީ އަސްލަކާ ހިލާފުނުވާނެ ގޮތަށް ހިޔާލުފާޅު ކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިންސާފު ނުލިބޭ ވާހަކަ ދެއްކުމާއެކު އެއީ ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅަނީ ކަމަށް ބުންޏަސް އެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށެވެ.

"އަޅުގަނޑު ފަނޑިޔާރުގެއަށް ގޮސްގެން އަޅުގަނޑަށް އިންސާފު ނުލިބުނީމަ އަޅުގަނޑު އެ ވާހަކަ ދައްކާނަން. ދެން ފަނޑިޔާރު އަޅުގަނޑަށް ބިރު ދައްކަން އެ ވާހަކަ ދައްކާނެ ކަމެއް ނެތް،" ހުސެއިން ވިދާޅުވި އެވެ.

ޝަރީއަތް ކުރެވެން ޖެހޭނެ ގޮތްތަކާއި އިޖްރާއަތްތައް ސާފުކޮން ބަޔާން ކޮށްފައިވާއިރު، ހުކުމް އީމެއިލްގެ ޒަރިއްޔާއިން ފޮނުވާލާ ހިސާބަށް ޝަރުއީ ދާއިރާގެ ހާލަތު ދިއުމުން އެ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.

" އަޅުގަނޑުމެން ރައްޔިތުން އެބަ ދެން މި މީހުންނަށް ( ފަނޑިޔާރުންނަށް) މުސާރަ. މި މުސާރަ ނަގައިގެން ރައްޔިތުންނަށް އަދުލު އިންސާފު ލިބިދިނުން ނޫން ކޮންކަމެއްތޯ މި މީހުން ކުރަން އޮންނާނީ. އަދުލު އިންސާފުގެ ބާރުން ކުރަން ޖެހޭ ކަމެއް ނޫން ސަރުކާރުން ބުނާހާ ކަމެއް ކުރުމަކީ. ހަމަ އޮޅިގެން އެ އުޅުއްވަނީ ވަރަށް ބޮޑަށް. ބިރު ގަންނުނަވަން އެބަ ކިޔާ ކޯޓުގެ ހުރުމަތް ކަނޑަނިއްޔޭ،" އޭނާ ވިދާޅުވި އެވެ.

ޝަރުއީ ކޯޓު ތަކުން ނެރޭ ހުކުމްތަކަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނެރޭ ހުކުމެއް ކަމަށް ބުނުމުގެ އިތުރަށް އެއީ އިންސާނުންގެ ބުއްދިއަށް ވެސް ގަބޫލު ކުރެވޭ ފަދަ ހުކުމްތަކަށް ވާން ޖެހޭނެ ކަމަށާއި މިހާރު ޝަރުއީ ދާއިރާގައި ކަން ހިނގަނީ ގާނޫނުގައި އޮތް ގޮތާ އިދިކޮޅަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރޭ ގަނޑުދަންވަރު ފަނޑިޔާރަކު އެކަނި އެތާ ކޮޓަރީގައި އިނދެގެންނޭ ބުނެފަ ވައްތަރެއްގެ ހުކުމެއް ނެރުނީމަ ކާކުތޯ ގަބޫލު ކުރާނީ އެ ވާހަކަ. ދެން އަނެއްކާ އޭތި އީމެއިލުން ފޮނުވީމަ އެއީކީ ހުކުމްކުރާ ގޮތެއް ނޫނެއް ނޫންތޯ، ދެން މި ފެންވަރަށް ކަންތައް ދިޔައީމަ ކާކުތޯ ގަބޫލު ކުރާނީ. މިހާރު ކޯޓުތަކުން އެބަ ކުރޭ އީމެއިލް އިން ކުރާ ކަހަލަ ޝަރީއަތް،" ޑރ. ހުސެއިން ވިދާޅުވި އެވެ.

ޑރ. ހުސެއިން މި މޭރުމުން ވާހަކަ ދެއްކެވިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގައި ހުންނަވަނިކޮށް ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް އެ ހުކުމް އިއްވީ ރޭގަނޑުގެ ދަންވުމާ ކައިރިވެފައި ހުއްޓާ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު