Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވީރާނާ ވަމުންދާ ވެނުޒުއޭލާ

މުސަޅު ކެއުމަށް ވެނުޒުއޭލާގެ ރައީސް ރައްޔިތުންނަށް އަންގަވައިފި

15 ސެޕްޓެމްބަރު 2017 | ހުކުރު 16:23

އަޖުމަބެލުމުގެ ގޮތުން މީހުންނަށް ހަވާލު ކުރި މުސަޅުތައް ބޭނުން ކުރީ މުޅިން އެހެން ގޮތަކަށް

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2017 | ހުކުރު 16:23
މުސަޅު ކެއުމަށް ވެނުޒުއޭލާގެ ރައްޔިތުންވަނީ އާދަވެފައެއް ނޫން

މުސަޅު ކެއުމަށް ވެނުޒުއޭލާގެ ރައްޔިތުންވަނީ އާދަވެފައެއް ނޫން

ދާޚިލީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވެފައިވާ ވެނުޒުއޭލާގެ ކާބޯތަކެތީގެ ދަތިކަން ހައްލު ކުރުމަށް މުސަޅު ކެއުމަށް އެ ގައުމުގެ ރައްޔިތުންނަށް ރައީސް މަދޫރޯ ގޮވާލައްވައިފިއެވެ.

ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ފޯރާފައި ވުމުގެ ސަބަބުން ވެނުޒުއޭލާގައި ކާޑުބަލި އާއްމުވެފައިވާ ކަން ފާހަގަ ކުރެވިފައިވެއެވެ.

ވެނުޒުއޭލާގެ ރައީސް ވިދާޅުވީ، ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ހޯދުމަށް ކެއުމުގައި ބޭނުން ކުރުމަށް ރައްޔިތުން މުސަޅު ގެންގުޅެން ފަށަން ޖެހޭ ކަމަށެވެ.

ރައީސް މަދޫރޯގެ މި ގޮވާލެއްވުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ އެއީ ބޮޑު ޖޯކެއް ކަމަށެވެ.

ރައީސް މަދޫރޯ މިކަން ހާމަކުރެއްވީ، އެ ގައުމުގެ ރަސްމީ ޓީވީ މެދުވެރިކުރައްވާ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މަދޫރޯ ވިދާޅުވީ މުސަޅު އާލާކުރުމުގެ ޕްލޭނެއް ސަރުކާރުން އެކުލަވާލާ މިހާރު ފާސްކޮށްފައިވާ ކަމަށެވެ. މި ޕްލޭންގެ ތަފްސީލް ދެއްވަމުން މަދޫރޯ ވިދާޅުވީ، އަޖުމަ ބެލުމުގެ ގޮތުން ޅަ މުސަޅު 15 ކޮމިއުނިޓީއަކަށް މިނިސްޓްރީ އޮފް އާބަން އެގްރިކަލްޗަރ އިން މިހާރު ދީފައިވާ ކަމަށެވެ.

ނަމަވެސް، މުސަޅު މަހަކީ ވެނުޒުއޭލާގެ ރައްޔިތުންނަށް ކެއުމަށް ފަރިތަވެފައި ނުވާ ބާވަތެއް ކަމަށް ވުމުން، މަސްކެއުމުގެ ބޭނުމުގައި ގެންގުޅެން ދިން މުސަޅުތައް އިސާހިތަކު މީހުން ބޭނުން ކުރަން ފެށީ ލޯބިން ގެންގުޅޭ ޖަނަވާރުގެ ގޮތުގައި ކަމަށް ވެނުޒުއޭލާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ހަވާލު ކުރި މުސަޅުތަކަށް އިސާހިތަކު މީހުން ނަންދީ އަދި ކައިރީގައި އެނދުގައި ނިންދަވަން ފެށިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުގެ ޕްލޭން ކާމިޔާބު ކުރުމަށް މަޝްރޫއުގެ ކުރީކޮޅު ކުރިމަތިވި ގޮންޖެހުމެއް ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.

ދުނިޔޭގެ ތެލުގެ އެންމެ ބޮޑު ރިޒާވް ލިބިފައިވާ ވެނުޒުއޭލާއަކީ ގައުމަށް ބޭނުންވާ ހުރިހާ އެއްޗެއް އިމްޕޯޓް ކުރާ ގައުމެކެވެ. ނަމަވެސް ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން ގައުމުގެ ރިޒާވް ދަށަށް ދިޔައެވެ. ވެނުޒުއޭލާގެ އިގްތިސާދީ ހާލާތު އިތުރަށް ގޯސްވުމުގެ ފަހަތުގައި ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާއި ސަރުކާރުން ޑޮލަރު ކޮންޓްރޯލް ކުރުން ހިމެނެއެވެ.

ވެނިޒުއޭލާގައި ޒަރޫރީ ބޭނުންތަކަށް ވިއްކާތަކެތީގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. އޭގެ ސަބަބުން ކުދި އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ، ބަންދުކުރަން ވަނީ ޖެހިފައެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ރައީސް ޓްރަމްޕްގެ އައި ފޯނުގައި އެންމެ އެޕެއް!!!

27 މެއި 2017
ރައީސް ޓްރަމްޕްގެ އައި ފޯނުގައި އެންމެ އެޕެއް!!!
22 މެއި 2017

2020ގައި އެމެރިކާގެ ރައީސްކަމަށް ދަ ރޮކް!

22 މެއި 2017
2020ގައި އެމެރިކާގެ ރައީސްކަމަށް ދަ ރޮކް!
28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
08 ފެބުރުއަރީ 2017

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

08 ފެބުރުއަރީ 2017
"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
24 ޖެނުއަރީ 2017

ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން

24 ޖެނުއަރީ 2017
ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް