Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރައީސް ޓްރަމްޕް

ރައީސް ޓްރަމްޕްގެ އައި ފޯނުގައި އެންމެ އެޕެއް!!!

އެޕަލް އެޕް ސްޓޯރ ގައި ދެ މިލިއަނަށް ވުރެ ގިނަ އެޕް ހުރޭ

ރާއްޖެ އެމްވީ | 27 މެއި 2017 | ހޮނިހިރު 23:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޯނުގައި ވަނީ އެންމެ އެޕެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޯނުގައި ވަނީ އެންމެ އެޕެއް

އައިފޯނު ގެންގުޅޭ މިހުންނަށް އެޕަލް އެފް ސްޓޯރ ގައި އެތައް އެތައް ބާވަތެއްގެ އެޕްތައް ހުންނަކަން އެނގޭނެއެވެ. އެޕަލް އެޕް ސްޓޯރ ގައި ދެ މިލިއަނަށް ވުރެ ގިނަ އެޕް ހުރެއެވެ. އެކަމަކު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަމަށް ބުނާ އަދި އެޕަލް ކުންފުނި އެ ގައުމަކަށް ނިސްބަތްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައި ފޯނުގައި ވަނީ ހަމަ އެންމެ އެޕެކެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ނޫހެއް ކަމަށްވާ އެކްސިއޯސްގައި ބުނެފައިވަނީ، ރައީސް ޓްރަމްޕްގެ އައިފޯނުން ހުރިހާ އެޕެއް ވަނީ ފޮހެލާފައި ކަމަށާއި އެ ފޯނުގައި ވަނީ ހަމަ އެކަނި ޓުވިޓަރ އެޕް ކަމަށެވެ.

ނަމަވެސް ހަމައެކަނި ޓްވިޓަރ ރައީސް ޓްރަމްޕްގެ ފޯނުގައި ވާ ސަބަބެއް ވައިޓް ހައުސް އޮފިޝަލުންނަކަށްވެސް އެނގިފައެއް ނެތެވެ.

ޚަބަރުތަކުގައި ރައީސް ޓްރަމްޕްގެ ސިޔާސަތުތަކާ ބެހޭ ގޮތުން އަންނަ ވާހަކަތަކަށް ޓްވިޓަރ މެދުވެރިކޮށް ހޫނު، އަވަސް ރައްދު ދެއްވުމަށް މަޝްހޫރު ރައީސް ޓްރަމްޕް، ވެރިކަމަށް ވަޑައިގެންނެވި އިރު ބޭނުންފުޅު ކުރައްވަނީ އެންޑްރޮއިޑް ފޯނެކެވެ. ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލުން ބުނެފައިވަނީ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު އައި ފޯނަކަށް ބަދަލު ކޮށްލެއްވި ކަމަށެވެ. ރައީސް ޓްރަމްޕް ކުރައްވާ ޓްވީޓް ތަކަށް ބަލާލުމުންވެސް އެއީ އައިފޯނަކުން ކުރައްވާ ޓްވީޓްކަން އެނގެއެވެ.

އާއްމު ގޮތެއްގައި އައިފޯނެއް ފުރަތަމަ ބޭނުން ކުރަން ފަށާއިރުވެސް އޭގައި އެޕްތައް ހުރެއެވެ. ނަމަވެސް ރައީސް ޓްރަމްޕް ބޭނުން ކުރައްވާ އައިފޯނު މޮޑިފައިކޮށް އޭގައި ހުރި ހުރިހާ އެޕްތަކެއް ފުހެލުމުގެ ފަހަތުގައި އެތައް ސަބަބުތަކެއް ވުމީ އެކަށީގެންވާ ކަމެކެވެ. އެއް ކަމަކީ، އެޕްތަކުގެ ޒަރީއާއިން ރައީސް ޓްރަމްޕްގެ ފޯނު ހެކް ކޮށް ފޯނުން މުހިންމު ސިއްރު މައުލޫމާތު ހެކަރުން ހޯދުމުގެ ފުރުސަތު ކުޑަކުރުމެވެ.

ރައީސް ޓްރަމްޕް ފާހަގަވެފައިވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި ފަހުންވެސް އެމަނިކުފާނުގެ ސިޔާސަތުތަކާއި ކަންކަމާ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށް ޓްވިޓަރަކީ އެންމެ ރަނގަޅު ޕްލެޓްފޯމު ކަމަށް ގަބޫލުފުޅު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެން ކަމުން ރައީސް ޓްރަމްޕްގެ ފޯނުގައި ވާ ހަމައެކަނި އެޕަކީ ޓްވިޓަރ ކަމަށް ވުމީ އެއް ގޮތަކުން ބަލާއިރު މާ ބޮޑަށް ހައިރާންވާންވީ ކަމެއްވެސް ނޫނެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
07 މާރިޗު 2017

އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

07 މާރިޗު 2017
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
08 ފެބުރުއަރީ 2017

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

08 ފެބުރުއަރީ 2017
"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު