Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިމޮކްރެސީ ދުވަސް

"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސައެއް ބާއްވައިފި

15 ސެޕްޓެމްބަރު 2017 | ހުކުރު 14:02

މި ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 ސެޕްޓެމްބަރު 2017 | ހުކުރު 14:02
"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސައި

"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސައި

"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ހަވީރުގެ ސައެއް ބާއްވައިފިއެވެ.

ހުކުރު ދުވަހު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހާއި ގުޅުވައިގެން ހުކުރު ދުވަހު ހަވީރު 4.30 ގައި ފެށި މި ސައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާއި، ޕާޓީތަކުގެ ގިނަ އަދަދެއްގެ އާއްމު މެންބަރުން ވަނީ ބައިވެފައެވެ. އަދި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވަނީ މި އިވެންޓްގައި ބައިވެރިވެވަޑާއިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ މި ވެރިކަމުގައި ގައުމުގައި އުފެދުނު ޑިމޮކްރެސީ އޭގެ ޅަފަތުގައި އޮއްވާ ނައްތާލުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ގައުމަށް ޑިމޮކްރެސީ ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންނެވި ގުރުބާނީ އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ރައީސް ނަޝީދަކީ މިގައުމުގެ ޑިމޮކްރެސީގެ ބައްޕަކަމަށެވެ. އަދި މި ގައުމަށް ޑިމޮކްރެސީ ގެނައުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ ފަޚްރުވެރިވާފަދަ މަސައްކަތްތަކެއްކަމަށެެވެ. ޝިފާޒް ވިދާޅުވީ ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް އަސާސަކީ، އެއްވެ އުޅުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން އޮތުންކަމަށެވެ. އަދި ޑިމޮކްރެސީއެއްގައި ރައްޔިތުން އެދޭނެ އެންމެބޮޑު އެއް އެދުމަކީވެސް އެއީކަމަށް ޝިފާޒް ވިދާޅުވިއެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވީ، މިގައުމުގެ ޑިމްކްރެސީ ގާދޫކޮލުން ބޭރަށް ދާއިރު މިއަދު އެއްމެބޮޑަށް ހަދާންވަނީ، ޑިމޮކްރެސީގެ ދިފާއުގައި މިގައުމުގައި މަސައްކަތްކުރި އިސްލީޑަރުންގެ ތެރެއިން ޖަލަށްލެވިފައި ތިއްބެވި ބޭފުޅުންގެ މަތީންކަމަށެވެ. އަދި އެބޭފުޅުން ވަގުތުން މިނިވަން ކުރުމަށް މަޚްލޫފް ވަނީ މި ސަރުކާރަށް ގޮވާލާފައެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ، މިއަދު މި ގައުމުގެ އިސްލަހަށް ނުކުމެ ވަޑައިގެން ތިއެްބެވި ހަތަރު ލީޑަރުންނަކީ ޑިމޮކްރެސީގެ ޗެމްޕިއަނުންކަމަށެވެ. އަަދި ހަގީގީ ޑިމޮކްރެސީއަކީ ރައްޔިތުން ނުރުހޭ ގޮތަށް ވެރިކަންކުރީމައި، އެ ވެރިމީހާގެ އިސްތިއުފާއަށް ގޮވޭނޭގޮތް ވުންކަމަށެވެ. އަދި މި ގައުމަށް ޑިމޮކްރެސީއެއް ގެނައުމަށާއި، ގާނޫނުއސާސީއެއް ގެނައުމަށް ދިވެހިންވަރަށް ބުރަ މަސައްކަތެއް ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ޑިމޮކްރެސީ ދުވަހެއް ފާހަގަކުރަމުންދާއިރު އެ ޑިމޮކްރެސީ މިއަދު އޮތީ ވަރަށް ޚުތޫރަތްތެރި ފައްތަރެއްގައިކަމަށެވެ. ޑިމޮކްރެސީގެ މައި ތިންތަނބު އެކަށީގެންވާގޮތުގައި މަސައްކަތް ނުކުރާކަމަށެވެ. އަދި އޭގެ ތެރެއިން ދެ ތަނބު އޮތީ އަރިއަޅާލާ ވެއްޓެން ކައިރިވެފައިކަމަށެވެ. އެ ދެ ތަނބު އޮތީ ރައީސް ޔާމީންގެ ބާރުގެ ދަށުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރު އާމިނަތު ނާދިރާ ވިދާޅުވީ، މިއަދު މިގައުމުގެ ޑިމޮކްރެސީއޮތް ހާލަތު އެއްމެ ޕާޓީއެއްގެ ތެރެއިން އެ އޮތީ ފެންނާންކަމަށެވެ. ޕީޕީއެމްގެ އެތެރޭގައި ޑިމޮކްރެސީ ނެތްކަމަށާއި، އެތެރޭގައި ޖެހުނު މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ އުސޫލު ރައީސް ޔާމީނަށް ހަޖަމުނުވިކަމަށް ވިދާޅުވި އެވެ.

މި ހަރަކާތުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ މަޖިލީހުގެ މެންބަރުންނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި، ސިޔާސީ ވެރިންނާއި ޖަލުތަކުގައި ނުހައްގުން އަނިޔާ ލިބެމުންދާ ހުރިހާ ފަރާތައް ދޫކޮށްލުމަށް ގޮވާލާ ޝުއޫރު ފާޅުކޮށްފައެވެ. އެހެން ދުވަސްދުވަހާއި މުޅިން ތަފާތުކޮށް މި ސިޔާސީ ހަރަކާތަށް އެއްވެސް ވަރަކަށް ފުލުހުން ހުރަސްއަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް