Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަލްމާން ހާން

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

ސަލްމާން މިހާރު ވަނީ ޓުއާއެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 އެޕްރީލު 2017 | ބުދަ 13:35
ސަލްމާން ހާން

ސަލްމާން ހާން

ހޮލީވުޑްއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ސަލްމާން ހާން ބުނެފިއެވެ.

މިވަގުތު "ދަބަންގް ޓުއާ" ގައި އުޅެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މަސައްކަތް ކުރަން ގޭން ބޭރަށް ވެސް ދާ ހިތް ނުވާ ކަމަށެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްޅާ އާއި ދީޕިކާ ޕަދުކޯން ފަދަ ތަރިން ހޮލީވުޑް ފިލްމުތައް މިހާރު ދަނީ ކުޅެމުންނެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ސަލްމާން އޭނާގެ ފޭނުނާ ބައްދަލުކޮށް، ބާއްވަމުންދާ މިޝޯތަކުގެ ތެރެއިން މިފަހަރު ޝޯ ދީފައި ވަނީ އޮސްޓަރޭލިޔާ އަދި ނިއުޒިލޭންޑްގައެވެ.

ސަލްމާންގެ "ދަބަންގް ޓުއާ"ގައި ބައިވެރިވަނީ އޭނާގެ އިތުރުން ބިޕާޝާ ބާސޫ އާއި ޖެކްލީން ފެނާންޑިސް، ސޮނާކްޝީ ސިންހާ، ޕްރަބޫ ދޭވާ، ބާދްޝާހް، ޑެއިޒީ ޝާހް އަދި ތަމަންނާ ބާޓިއާ އެވެ.

ފިލްމީ މަސައްކަތުގައި، ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ ކުޑަ އީދު ދުވަހު ރިލީޒްކުރާ "ޓިއުބުލައިޓް" އިންނެވެ. ސަލްމާން ޓްވިޓާގައި ޝެއާކޮށްފައިވާ ޕޯސްޓަރުގައި އޭނާވަނީ ޓުއާގެ ފުލް ޝެޑިއުލް ލިއެފައެވެ. އަދި މި ޕޯސްޓަރުގެ ކެޕްޝަނަކަށް "ގެޓް ރެޑީ ފޯ ދަބަނގް ޓުއާ" މިހެން ލިޔެފައި ވެއެވެ.

"ދަ ޗޮކްލެޓް ރޫމް" ކިޔާ އިންޓަނޭޝަނަލް އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމް ކުރާ މި ޝޯއަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ޓައިގާ ޒިންދާ ހޭ" ގެ މަސައްކަތް ކެޓުރީނާ ކައިފާ އެކު ކުރިޔަށް ގެންދަމުންނެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން

15 މާރިޗު 2017
އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން
10 މާރިޗު 2017

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް
06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
02 މާރިޗު 2017

ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

02 މާރިޗު 2017
ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު