Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ-އެމެރިކާ

ސައޫދީ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ވޮޝިންގޓަންގައި އެމެރިކާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައިފި

ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވި.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 09:53
ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވޮޝިންޓަންގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަވަނީ

ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވޮޝިންޓަންގައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަވަނީ | ސައުދީ ފޮރިން މިނިސްޓްރީ

ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިމެނޭ ގޮތަށް އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބުދަ ދުވަހު ބައްދަލުކުރައްވައިފި އެވެ.

މީގެ އިތުރުން، އެމެރިކާގެ ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު ބްރަޔަން މާސްޓް އާ އެކު ވެސް ސައޫދީ ޚާރިޖީ ވަޒީރު ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފަ އެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ރޫބިއޯ އަދި އަމީރު ފައިސަލްގެ ބައްދަލުވުމުގައި ވޮޝިންގޓަނާއި ރިޔާޟް އާ ދެމެދު އޮތް ތާރީޚީ އަދި އިސްތިރާޖީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުންތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

"ބަދަލުވަމުންދާ މަސްރަހާއި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި،" ކަމަށް ސައޫދީ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޕްރިންސިޕަލް ޑެޕިއުޓީ ސްޕޯކްސްޕާސަން ޓޮމީ ޕިގޮޓް ވިދާޅުވީ، މި ބައްދަލުވުމަކީ ނޮވެމްބަރު މަހު އެމެރިކާގެ ރައީސް ޓްރަމްޕާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބޭއްވެވި ބައްދަލުވުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ކުރިއެރުވުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

"މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ޚާއްސަކޮށް ޣައްޒާ، ޔަމަން، ސޫދާން އަދި ސީރިއާގެ މައްސަލަތަކުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން ޚާރިޖީ ވަޒީރާއި ސައޫދީ ވަޒީރު މަޝްވަރާ ކުރެއްވި،" ޕިގޮޓް އިތުރަށް ވިދާޅުވިއެވެ.

ޕްރިންސް ފައިސަލް ބިން ފަރުޙާންސައުދީ-އެެމެރިކާ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

31 ޑިސެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސައުދީ އަރަބިއްޔާ އިން ބައިވަރު އެފް-35 ފައިޓަރ ޖެޓް ގަންނަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

15 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސަޢޫދީ އަދި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓުން ރިޔާޟްއި މަޝްވަރާ ކުރައްވައިފި

ސަޢޫދީ އަދި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓުން ރިޔާޟްއި މަޝްވަރާ ކުރައްވައިފި

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު